އެސްއީޒެޑު ޓައުންޝިޕްތަކުގައި ދަނޑުވެރިކަން ކޮށްގެން ބޮޑު މަންފާއެއް ލިބޭ ގޮތަށް އޮތް ބައި ބަދަލުކޮށްފި

އެސްއީޒެޑު ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރަމުން އަންނަ ދިގުފަރުފަޅު: ޕްރޮޖެކްޓު އައިލާގެ ނަން ދީފައިވާ މި ޕްރޮޖެކްޓަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަން ޖެހޭނެ --- ފޮޓޯ: ކޮޕާނިކަސް ސެޓެލައިޓް

އެސްއީޒެޑު ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރަމުން އަންނަ ދިގުފަރުފަޅު: ޕްރޮޖެކްޓު އައިލާގެ ނަން ދީފައިވާ މި ޕްރޮޖެކްޓަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަން ޖެހޭނެ --- ފޮޓޯ: ކޮޕާނިކަސް ސެޓެލައިޓް

ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ޓައުންޝިޕްތައް ތަރައްގީކުރަން ބޭނުންވާ ތަންތަނުގައި ރާއްޖެއަށް ބޭނުންވާ ދެ ބާވަތެއްގެ އުފެއްދުންތަކުގެ އިމްޕޯޓުގެ 50 ޕަސެންޓު އުފައްދަން ޖެހޭ ގޮތަށް އޮތް ބައި ބަދަލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި ގެޒެޓުކޮށްފައިވާ އާ އުސޫލުގައި އޮތް ގޮތުން ދަނޑުވެރިކަމުން ބޮޑު މަންފާއެއް ލިބޭ ގޮތަށް އޮތް ބައި ބަދަލުކޮށް، ސީދާ ކަނޑައެޅިފައިވާ ވަކި ކަމެއް ހާސިލުނުވިޔަސް ދަނޑުވެރިކަމުގެ ބައި ފުރިހަމަވީ ކަމަށް އެސްއީޒެޑު ބޯޑު އޮފް އިންވެސްޓްމަންޓްސްއަށް ކަނޑައެޅޭ ގޮތަށް ވަނީ ފަހިވެފަ އެވެ.

ފުރަތަމަ ގެޒެޓުކުރި އުސޫލުގައި އޮތީ، މިފަދަ ޓައުންޝިޕެއްގައި ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީތަކާއި އެކުއަކަލްޗާ މެދުވެރިކޮށް، އެސްއީޒެޑު އިންވެސްޓްމަންޓު ބޯޑުން ކަނޑައަޅާ މަދުވެގެން މުހިންމު ދެ ބާވަތެއްގެ ނުވަތަ އުފެއްދުމެއްގެ ގައުމީ އިމްޕޯޓުގެ 50 ޕަސެންޓު ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

Advertisement

ނަމަވެސް އާ އުސޫލުގައި އޮތީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި، އިމްޕޯޓްކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ބަރޯސާވާ މިންވަރު ކުޑަވާ ގޮތަށް، ސަރުކާރާ އެއްބަސްވެވޭ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ ބައި ފުރިހަމަވީ ކަމަށް ކަނޑައެޅޭ ގޮތަށެވެ.

އެސްއީޒެޑުގެ ދަށުން ޓައުންޝިޕެއް ނޫނީ މީހުން ދިރިއުޅެން ހާއްސަކޮށްގެން ތަރައްގީކުރާ ތަންތަނަށް މަދު ވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަން ޖެހެ އެވެ. މިއީ މުއްސަނދި މަހުޖަނުން، އެ މީހުންގެ އާއިލާތަކާ އެކީ ރާއްޖޭގައި ދިރިއުޅެން ޝައުގުވެރި ކުރަން ހުޅުވާލާފައިވާ އިންވެސްޓުމަންޓު ފުރުސަތެކެވެ.

މިފަދަ ޓައުންޝިޕްތަކުގައި މައިގަނޑު ގޮތެއްގައި ހުންނަން ޖެހެނީ ރިއަލް އެސްޓޭޓެވެ. އޭގެ އިތުރުން މަތީ ފަންތީގެ ރިސޯޓާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މަތީ ފަންތީގެ ސިއްހީ ހިދުމަތްތަކާއި ތައުލީމީ ވަސީލަތްތަކައި އެހެނިހެން އުމްރާނީ ވަސީލަތްތައް އެ ތަނުގައި ތަރައްގީކުރަން ޖެހެ އެވެ.

މިހާތަނަށް ޓައުންޝިޕެއް ތަރައްގީކުރުމުގެ ހުއްދަ ދީފައި ވަނީ ނ. ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރަމުން އަންނަ "ޕްރޮޖެކްޓް އައީލާ" އަށެވެ. މިއީ ބޮޑު ބައި އިރުގެ ހަކަތައިން އުފައްދާ ގޮތަށް ހިންގާ ލަގްޒަރީ ވިލާތަކާއި އެހެނިހެން ވަސީލަތްތައް ހިމެނޭ ޓައުންޝިޕެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.

ޕްރޮޖެކްޓު އައިލާ ޓައުންޝިޕުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުއަކަލްޗާ އަދި އެޑްވާންސް އެގްރިކަލްޗާގެ މަސައްކަތްތައް ހިނގާނެ ކަަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެސްއީޒެޑުގެ ދަށުން ހިންގާ ޓައުންޝިޕް ޕްރޮޖެކްޓުގެ އިތުރުން މިހާތަނަށް އެސްއީޒެޑު އިންވެސްޓްމަންޓު ބޯޑުން ހުއްދަ ދިން އަނެއް މަޝްރޫއަކީ "ޕްރޮޖެކްޓު ސޯލާ ސިޓީ" އެވެ. މިއީ ފްލޯޓިން ސޯލާ ޕެނަލްތަކުން ކަރަންޓު އުފައްދާ ގޮތަށް، ރިއަލް އެސްޓޭޓާއި ސިނާއީ މަސައްކަތުގެ ބަޔެއް ހިމެނޭ ގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ.

ކުޑަ ބަނޑޮސް އިރުމަތިން އޮންނަ ފަޅުގައި ގާއިމުކުރާ މި ސޯލާ ނިޒާމު ގްރޭޓާ މާލޭ ސަރަހައްދުގެ ގްރިޑާ ގުޅާލާ، އެ ނިޒާމުން އުފައްދާ ކަރަންޓު މާލެ އާއި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox