ފަލަސްތީނުގެ ރައީސްއަށް ވިސާ ދިނުމަށް އެމެރިކާއިން ދެކޮޅު ހަދައިފި

ފަލަސްތީނުގެ ރައީސްއަށް ވިސާ ދިނުމަށް އެމެރިކާއިން ދެކޮޅު ހަދައިފި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި އެ ގައުމުގެ ސަރުކާރުގެ އިސް ވެރިންނަށް ވިސާ ދިނުމަށް އެމެރިކާއިން ދެކޮޅު ހަދައިފި އެވެ.

އެމެރިކާއިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި 80 އެއްހާ އިސް ފަލަސްތީނު އޮފިޝަލުންނަށް ވިސާ ދިނުމަށް އިންކާރުކޮށްފައި ވުމުގެ ސަބަބުން އެ ފަރާތްތަކަށް އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ.

އޯގަސްޓް 29 ވަނަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއުލާނުކުރި މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ލީޑަރުންގެ ފަރާތުން އަދި ދުނިޔޭގެ އެހެން ގައުމު ތަކުގެ ލީޑަރުންގެ ފާޑުކިޔުން ވެސް ދަނީ އެމެރިކާ އަށް އަމާޒުވަމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ގައުމީ ސަލާމަތާ ގުޅޭ ކަންކަމަށް ރިއާޔަތްކޮށެވެ.

"ހުރިހާ އެޕްލިކޭޝަންތަކެއް ދިރާސާކުރުމަށްފަހު، ފަލަސްތީނުގެ ރައީސް އައްބާސް ހިމެނޭ ގޮތަށް ވިސާ އަށް އެދިފައިވާ ބައެއް ފަރާތްތަކަކީ މިހާރުގެ ސަލާމަތީ އުސޫލުތަކުގެ ދަށުން އެމެރިކާއަށް ވަނުމުގެ ޝަރުތުތައް ފުރިހަމަވާ ބައެއް ނޫން،" ތަރުޖަމާނު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައީސް އަދި ސަރުކާރުގެ އިސް އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދިނުމަށް އިންކާރުކޮށް, އެމެރިކާ އަށް އެރުން މަނާކޮށްފައި އޮތް ނަމަވެސް، ނިއުޔޯކުގައި މަސައްކަތްކުރާ ފަލަސްތީނު މިޝަންގެ މުވައްޒަފުންނަށް ޖަލްސާތަކުގައި ބައިވެރިވުމުގެ ހުއްދަ ލިބޭނެ އެވެ. ފަލަސްތީނުގެ ލީޑަޝިޕުން މި ނިންމުމާ ދެކޮޅު ހަދައި، އަދި މިއީ ސިޔާސީ ގޮތުން ކަންކަން ގޯސްކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ތުހުމަތު ކުރެ އެވެ.

ރާމަﷲގައި ހުންނަ އައްބާސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ފިޔަވަޅަކީ އދ.ގެ ހެޑްކުއާޓާސް އެގްރީމަންޓާ ހިލާފަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އެ އެގްރީމަންޓްގެ ދަށުން ހޯސްޓް ގައުމުގެ ހައިސިއްޔަތުން ޖަލްސާގެ ބައިވެރިންނަށް އެ ގައުމަށް ވަނުމުގެ ހުއްދަ ދޭންޖެހެއެވެ.

"މިއީ ދުނިޔޭގެ މުހިންމު މަޝްވަރާތަކުގައި ފަލަސްތީނުގެ ބައިވެރިވުމަށް ހުރަސްއެޅުމަށް ކުރިން ދުވަހަކު ވެސް ނޭޅި ފިޔަވަޅެއް. އެމެރިކާގެ އިދާރާއިން މި ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް އަޅުގަނޑުމެން ގޮވާލަން" ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނީ މާހިރުން ބުނާ ގޮތުގައި ފަލަސްތީނަކީ އޮބްޒާވަ ސްޓޭޓެއްގެ ހައިސިއްޔަތު ލިބިފައިވާ ގައުމަކަށް ވެފައި، އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި އައްބާސް މުހިންމު ތަގުރީރެއް ދެއްވުމަށް ހަމަޖެހިފައިވާތީ، އެމެރިކާގެ މި ނިންމުމަކީ 1947 ގެ އ.ދގެ ހެޑްކުއާޓަސް އެގްރީމަންޓްގެ ދަށުން އެ ގައުމުގެ ޒިންމާތަކާ ފުށުއަރާ ކަމެކެވެ. ނަމަވެސް، އެމެރިކާ އިން ބުނަނީ ގައުމީ ސަލާމަތާ ގުޅޭ ގާނޫނުތަކަކީ އެފަދަ އެއްބަސްވުންތަކަށްވުރެ އިސްކަން ދޭންޖެހޭ ކަންކަން ކަމަށެވެ.

މި ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަރުކަށި ރައްދުތައްކެއް ދީފައި ވެ އެވެ. ޔޫރަފިއަން ޔޫނިއަން އިން ވަނީ އެމެރިކާގެ މި ނިންމުމާމެދު އަލުން ވިސްނުމަށް އެގައުމަށް ގޮވާލާފަ އެވެ. އޮސްޓްރޭލިއާ، ކެނެޑާ އަދި ޔުނައިޓެޑް ކިންގްޑަމުން އިން ވަނީ ކުރިއަށް އޮތް އާންމު މަޖިލީހުގައި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މަސައްކަތްކުރާނެކަން އިޝާރާތްކޮށްފައިވެއެވެ. އެހެންނަމަވެސް، އިސްރާއީލުން ވަނީ އެމެރިކާގެ މި ނިންމުމަށް މަރުހަބާ ކިޔައި، އެމެރިކާއިން އެޅި މި ފިޔަވަޅަށް ތައުރީފުކޮށްފަ އެވެ.

ފަލަސްތީނުގެ ރައީސް އެމެރިކާ އަށް އެރުމުގެ ހުއްދަ ނުދީ, އެކަމަށް އިންކާރުކޮށްފައި މި ވަނީ ގައްޒާގައި އަނިޔާވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ވަނީ އެ ސަރަހައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހަރުކަށިކޮށްފަ އެވެ. އަދި ގައްޒާ ސިޓީއަކީ ހަނގުރާމައިގެ ސަރަހައްދެއްގެ ގޮތުގައި މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox