ރެއާލުން ފަހަތުން އަރައި މަޔޯކާ އަތުން މޮޅުވެއްޖެ

Aug 31, 2025, 12:14 AM
ރެއާލުން ފަހަތުން އަރައި މަޔޯކާ އަތުން މޮޅުވެއްޖެ

މެޑްރިޑް (އޮގަސްޓް 31) - ސްޕެނިޝް ލީގުގައި ރޭ މަޔޯކާ އިން ގޯލެއް ޖަހާފައިވަނިކޮށް ރެއާލް މެޑްރިޑުން ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެ އެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗަށް އެ ޓީމުން ނެރުނު ފުރަތަަމަ އެގާރައިގައި ޓްރެންޓް އަލެކްސަންޑާ އާނޯލްޑަށް ވަނީ ފުރުސަތު ދީފަ އެވެ. ރެއާލުން ކުޅުނު ދެ ވަނަ މެޗުގައި އާނޯލްޑް ބެންޗުގައި އިންނަން ޖެހުނުއިރު، އޭނާ އަށް ވަނީ އިންގްލެންޑް ގައުމީ ޓީމުގެ ޖާގަ ކުރިއަށް އޮތް މެޗުތަކުގެ ސްކޮޑުން ގެއްލިފަ އެވެ.

މަޔޯކާ އިން ރޭގެ މެޗުގައި ލީޑުނެގީ، 18 ވަނަ މިނިޓްގައި ވޭދާތު މުރީގީ ޖެހި ގޯލުންނެވެ. މިއީ، ޕަބްލޯ ޓޯރޭ ނެގި ކޯނަރަކުން މުރީގީ ޖެހި ގޯލެކެވެ. އޭގެ ކުރިން، ރެއާލްގެ ކީލިއަން އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ރެއާލުން މެޗުގައި ނަތީޖާ އަނބުރާލީ ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، މެޗުގެ 37 ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރީ، ޑީން ހައުސަން ދިން ބޯޅައަކުން އާޑާ ގުލެއާ ޖެހި ގޯލުންނެވެ. އަދި، އޭގެ މިނިޓެއް ފަހުން، ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާގެ ފެންވަރު ދައްކާލައި އޭނާ ޖެހި ގޯލުން ރެއާލުން ނަތީޖާ އަނބުރާލި އެވެ.

އެމްބާޕޭ ޖެހި އިތުރު ގޯލެއް ވެސް އޮފްސައިޑް ކަމަށް ނިންމި މި މެޗުގައި، ގުލެއާ ޖެހި ގޯލެއް ވަނީ ހޭންޑްބޯލް ވި ކަމަށް (އަތުގައި ޖެހުނު ކަމަށް) ބަލައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކެންސަލް ކޮށްފަ އެވެ.

ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ ފުރަތަމަ ތިން މެޗުން މޮޅުވެގެން ފުރިހަމަކޮށް ފެށުމަކީ ރެއާލުން ދާން ބޭނުންވާ މިސްރާބުން ދިއުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox