މުސާރައިގެ މައްސަލައެއްގައި އެންޓޮނީގެ ބެޓިސް ޑީލަށް ހުއްޓުމެއް

Aug 30, 2025, 3:18 AM
މުސާރައިގެ މައްސަލައެއްގައި އެންޓޮނީގެ ބެޓިސް ޑީލަށް ހުއްޓުމެއް

މެންޗެސްޓާ (އޮގަސްޓް 30) - ބްރެޒިލްގެ ފޯވާޑް، އެންޓޮނީ، މެންޗެސްޓާ ޔުނައިޓެޑުން ރެއާލް ބެޓިސް އަށް ބަދަލުވުމަށް ކުރެވުނު މަޝްވަރާތަކުގައި މުސާރައާ ގުޅޭ ކަމެއް ނުނިމިގެން އެ ޑީލަށް ހުއްޓުމެއް އަތުވެއްޖެ އެވެ.

އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑަށް އެ ކްލަބްގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބަދަލުވި، އެންޓޮނީ، 25، އެ ކްލަބާ ގުޅުނީ 110 މިލިއަން ޑޮލަރަށެވެ. މީގެ ތިން އަހަރު ކުރިން، ބޮޑު އަގުގައި، ޔުނައިޓެޑާ ގުޅުމަށް އެ ލެވަލްގެ ކުޅުމެއް ނުދެއްކޭތީ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ، އެންޓޮނީ ޖެނުއަރީ ޓްރާންސްފާގައި ލޯން ޑީލެއްގައި ބެޓިސް އަށް ބަދަލުވެ، ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެހެންވެ، މި ފަހަރުގެ ޓްރާންސްފާގައި ގިނަ ޓީމުތަކެއްގެ އޮފާ ދޫކޮށްލާފައި އެންޓޮނީ މަޑުކޮށްގެން ހުރީ ބެޓިސް އަށް ދެވޭނެ ގޮތެއް ހޯދުމަށެވެ.

ބެޓިސް އިން ޔުނައިޓެޑާ އެކު، އެންޓޮނީގެ ޓްރާންސްފާ ކަންތަކުގައި އެއްބަސްވުމަކަށް އައިސްފައިވަނިކޮށް ކުރިމަތިވީ އެެހެން މައްސަލައެކެވެ. ޔުނައިޓެޑާއި އެންޓޮނީގެ މެދުގައި ހެދިފައި އޮތް ކޮންޓްރެކްޓްގައިވާ ގޮތުން، އޭނާ ދޫކޮށްލާނަމަ، ކޮންޓްރެކްޓްގެ ބާކީ މުއްދަތަށްވާ މުސާރައިގެ ތެރެއިން ދެ ފަރާތަށް އެއްބަސްވެވޭ އަދަދެއް ދޭން ޖެހެ އެވެ.

އެކަމަކު، ޔުނައިޓެޑްގެ މާލީ ހާލަތު އޮތްގޮތުން، ކުޑަ އަގެއްގައި، އެންޓޮނީ، ބެޓިސް އަށް ދޫކޮށްލަން އެއްބަސްވީ މުސާރައިގެ އެ ބައި، ނުދޭ ގޮތަށެވެ. އެކަމަކު، އެންޓޮނީގެ ފަރާތުން އަންނަނީ، މި ބައި، ބެޓިސް ނޫނީ ޔުނައިޓެޑްގެ ފަރާތުން ލިބެންޖެހޭ ކަމަށް ބުނަމުންނެވެ. އެހެންވެ، އެ ޑީލަށް ވަނީ ހުއްޓުމެއް އަތުވެފަ އެވެ.

ބެޓިސް އިން ބަޔާނެއް ނެރެ ބުނެފައިވަނީ، އެ ކްލަބުން އެންޓޮނީ ގެންނަން ކުރި އޮފާ މި ވަގުތަށް އަނބުރާ ގެނެސްފައިވާ ކަމަށެވެ.

މިދިޔަ ސީޒަނުގައި، ބެޓިސް އިން ޔުއެފާ ކޮންފަރެެންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު، މޮޅު ކުޅުމެއް ދެއްކި އެންޓޮނީ ވަނީ ބެޓިސް އަށް ކުޅެދިން 25 މެޗުން އަށް ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެންޓޮނީ ވެސް ބެޓިސްގައި މަޑުކުރަން ބޭނުންވާއިރު، އޭނާ ދާއިމީ ކޮންޓްރެކްޓެއްގައި ބެޓިސް އަށް ބަދަލުވާން ޔުނައިޓެޑުން ފުރަތަމަ ކީ އަގު އުޅެނީ، 50-65 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެކަމަކު، މިހާރު، ޝަރުތުތަކެއް ކަނޑައަޅައި، އެ އަގު، 30 މިލިއަން ޑޮލަރަށް ކުޑަކުރަން ވެސް ޔުނައިޓެޑުން ތައްޔާރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox