ކާމިޔާބު 12 އަހަރު މާޒިޔާގައި، އިރޭ ދެން ފެންނާނީ ނިއު ރޭޑިއަންޓުން

ކާމިޔާބު 12 އަހަރު މާޒިޔާގައި، އިރޭ ދެން ފެންނާނީ ނިއު ރޭޑިއަންޓުން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 2014 ވަނަ އަހަރު ފުޓްބޯޅަ ސީޒަން ފަށައި، ކުއްލިިއަކަށް އެ ޓީމުގެ ކޯޗުގެ މަގާމު ބަދަލުކުރަން ޖެހުނެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކޯޗު، އަލީ ސުޒޭން، މާޒިޔާއާ ހަވާލުވެ، އެ ޓީމާ އެކު، ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ބަރޯސާވާނެ، ޒުވާން ކުޅުންތެރިންތަކަކަށް ބެލިއިރު، ލޮލުގައި އަޅައިގަތް އެއް ކުޅުންތެރިއަކީ، ކްލަން ވެލެންސިއާ ދޫކޮށް މާޒިޔާ އަށް ބަދަލުވި މުހައްމަދު އިރުފާން (އިރޭ) އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އިރޭ، އަށް ދުވަހު ނޫސް، "ހަވީރު" އިން ދިން އަހަރުގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ، ސުޒޭންގެ ކޯޗުކަމުގައި މާޒިޔާގައި، ސީނިއާ ފުޓްބޯޅަ ކެރިއަރުގެ ވަރުގަދަ ބިންގަލެއް އެޅި ސީޒަނުގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން، ތަފާތު އެކި ކޯޗުންގެ ބެލުމުގެ ދަށުން ވެސް މާޒިޔާ އަށް ކުޅެ، ހަތަރު އަހަރު އެ ޓީމުގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި، ހުރެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފި އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ހޯދޭނެ ހުރިހާ ކާމިޔާބެއް ހޯދައިފި އެވެ.

މާޒިޔާ ދޫކޮށް ނިއު އަށް ބަދަލުވުމަށް ފަހު، އިރޭ، 31، "އަދަދު ސްޕޯޓްސް" އަށް ބުނީ، އަބަދުވެސް މާޒިޔާ އަށް އޭނާގެ ހިތުގައި އޮންނާނީ އިހުތިރާމާއި ޝުކުރު ކަމަށެވެ. ފަހުގެ ތާރީހެއްގައި، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަަބަކަށް 12 އަހަރު ކުޅުމަކީ މަދު ކުޅުންތެރިއަކަށް ކުރެވިފައިވާ ކަމެކެވެ.

"މާޒިޔާގައި 12 އަހަރު ހޭދަކުރިއިރު، ހަތަރު އަހަރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ، ފުޓްބޯޅައިގައި ހޯދޭނެ ހުރިހާ ކާމިޔާބެއް ރާއްޖޭން ލިބިއްޖެ، އެހެންވީމަ، މާޒިޔާ އަށް އަބަދުވެސް އެ ކަންކަމަށް ޝުކުރު ކުރަން، ހާއްސަކޮށް ކޮކީ (މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު) އަށް،" 2018 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ އިރޭ ބުންޏެވެ.

ނިއު ރޭޑިއަންޓްގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު އިރޭ ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ބަދަލުވި އިރޭ ބުނީ، ނިއުއާ ގުޅެން ނިންމީ ކެރިއަރަށް މި ވަގުތު ވިސްނައިފައި، އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އާ ޗެލެންޖެއް ނެގުމަށް ކަމަށެވެ.

"އުންމީދަކީ ނިއުގައި ވެސް ކާމިޔާބީތަކެއް ހޯދުން، އަަބަދު ވެސް މަސައްކަތްކުރަނީ، އެ ކުޅޭ ޓީމަކަށް މުހިންމު ކުޅުންތެރިއަކަށް ވެގެން ކުރިއަށްދެވޭތޯ،" ތ. ތިމަރަފުށްޓަށް އުފަން، އިރޭ ބުންޏެވެ.

ނިއު އަށް ބަދަލުވިއިރު، އެ ޓީމުގެ ކޯޗަކަށް ސުޒޭން ހުރުމަކީ، އިރޭ އަށް އޮތް ހިތްހަމަޖެހުމެކެވެ. އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށް، އެންމެ ގިނަ ކަންކަން ދަސްވީ ސުޒޭންގެ ފަރާތުން ކަމަށް އިރޭ ވަނީ ފާހަގަކޮށްފަ އެވެ.

ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމުގައި ކުޅުނު ކަމުގައި ވިޔަސް، އިމަޖެންސީ ހާލަތްތަކުގައި، މާޒިޔާގައި އިރޭ ވަނީ، ސެންޓްރަލް ޑިފެންޑަރަކަށް ވެސް ކުޅެފަ އެވެ. އިރޭ، މާޒިޔާ އަށް ކުޅުނުއިރު، އެ ޓީމަށް ވަނީ، ތަފާތު ނުވަ ފުލް ޓައިމް ކޯޗުން މަސައްކަތް ކޮށްފަ އެވެ. ކޮންމެ ކޯޗެއްގެ ޕްލޭނުގައި ވެސް މާޒިޔާ ޓީމުން ހޯދި ކާމިޔާބީތަކުގައި އިރޭގެ ހިއްސާ އެބައޮތެވެ.

އިރޭ ވަނީ މާޒިޔާގައި ހުރެ ފަސް ފަހަރު، ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑް، ދެ ފަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި އެއް ފަަހަރު މާލޭ ލީގާއި ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، 2015 ވަަނަ އަހަރު މާލޭގައި ކުޅުނު ޕީޕަލްސް ކަޕްގެ ރަނަަރަޕް ހޯދުމަކީ، ބައިނަލްއަގުވާމީ ލެވަލްގައި އިރޭ މާޒިޔާގައި ހުރެ ހާސިލްކުރި ކާމިޔާބީ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox