މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލާ ޕެޓިޝަނުގައި މިހާރު ނޫހުގެ އެޑިޓަރު ހަމްދޫން ސޮއިކުރަނީ: ފުންނާބު އުސް ތަޖުރިބާކާރު ނޫސްވެރިން ހިމެނޭހެން ގިނަ ނޫސްވެރިން އަންނަނީ މި ޕެޓިޝަނުގައި ސޮއިކުރަމުން -- ފޮޓޯ: އެމްޖޭއޭ

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލާ ޕެޓިޝަނުގައި މިހާރު ނޫހުގެ އެޑިޓަރު ހަމްދޫން ސޮއިކުރަނީ: ފުންނާބު އުސް ތަޖުރިބާކާރު ނޫސްވެރިން ހިމެނޭހެން ގިނަ ނޫސްވެރިން އަންނަނީ މި ޕެޓިޝަނުގައި ސޮއިކުރަމުން -- ފޮޓޯ: އެމްޖޭއޭ

މީޑިއާތަކުގެ ހުއްދަ ބާތިލުކޮށް، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަކަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބިލު ބޭރުކޮށްލަން ގޮވާލައި ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ތައްޔާރުކުރަމުން އަންނަ މީޑިއާ ކޮންޓްރޯލް ބިލް ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނުގައި މިހާތަނަށް ގިނައިން ސޮއިކުރީ ނޫސްވެރިންނެވެ.

އޭގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ، ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުންނާއި ނޫސްވެރިން ހިމެނެ އެވެ. އަދި ކުރި އާއި މިހާރުގެ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ މެންބަރުން ހިމެނެ އެވެ.

މި ޕެޓިޝަނަށް ސޮއި ހޯދުމުގައި އިސްކޮށް އުޅޭ "ދައުރު" ގެ ނޫސްވެރިޔާ އަދި އެމްއެމްސީގެ މެންބަރު މުޒައްޔިނު ނާޒިމު އަދަދު އަށް ބުނީ މިހާތަނަށް ޕެޓިޝަނުގައި ސޮއިކުރީ ހުސް ނޫސްވެރިން ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އާންމުންގެ ސޮއި ހޯދަން ވެސް ހުޅުވާލާނެ ކަމަށް މުޒައްޔިން ބުންޏެވެ. މި ޕެޓިޝަނު ހުޅުވާލާނީ ޑިޖިޓަލް ޕެޓިޝަނެއްގެ ގޮތުގަ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގެ ގޮތުގައި ލޭބަލްވެފައިވާ މި ބިލަކީ މިނިވަން މެންބަރު، ތުޅާދޫ ދާއިރާގެ އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅި ބިލެކެވެ. މިއީ އޭނާ މި ފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރެވެ.

ކުރިން ފަހަރު ހުށަހެޅި ބިލު ބޭރުކޮށްލަން ސަރުކާރު ހިންގާ އަދި ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ ޕީއެންސީ މެންބަރުން ތާއީދުކުރި ނަމަވެސް، މި ފަހަރު ބިލު ހުށަހެޅުމުން ބޭއްވި އިބްތިދާއީ ބަހުސްގައި ސަރުކާރު ގިނަ މެންބަރުން ވަނީ މި ބިލަށް ތާއީދުކޮށް ވާހަކަދައްކައިފަ އެވެ. މި ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

އެފަހުން ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މީޑިއާގެ މިނިވަންކަމަކީ ވަކި އިމެއްގެ ތެރޭގައި އޮންނަން ޖެހޭ އެއްޗެއް ކަމަށް ވިދާޅުވެ، މި ބިލުގައި ހުރި ކަންކަމަށް ތާއީދުކުރައްވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މިރޭ އެމަނިކުފާނު ވަނީ ކުޑަކޮށް ރާގު ބަދަލުކުރައްވާ، ބައެއް ބަދަލުތައް ގެންނަން އަަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ބިލާ ނޫސްވެރިން ދެކޮޅު ހަދާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރަށް ފަސޭހައިން ނުފޫޒު ފޯރުވޭ ގޮތަށް އޮތް ކޮމިޝަނެއް އުފެއްދުމުން ފެށިގެން އެ ކޮމިޝަނުން ނޫސްތަކާއި ނޫސްވެރިންނަށް އަޅަން ހިމަނާފައިވާ ފިޔަވަޅުތަކުގެ ހަރުކަށިކަން ހިމެނެ އެވެ.

މި ބިލާ މެދު ދިވެހި ނޫސްވެރިންގެ އިތުރުން، ބޭރުގެ ނޫސްވެރިންގެ ޖަމިއްޔާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބިލު ފާސްކޮށްފި ނަމަ މީޑިއާގެ މިނިވަންކަން ގިންތިކުރާ ލިސްޓުގައި އަނެއްކާ ވެސް ފަހަތަށް ސޮއްސާލާނެ އެވެ. އެންމެ ފަހުން ނެރުނު ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ލައްވާލީ 180 ގައުމުގެ ތެރެއިން 106 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox