ކުޅުންތެރިން ވިއްކައިގެން ޗެލްސީން 340 މިލިއަން ޑޮލަރު ހޯދައިފި

Aug 21, 2025, 6:32 AM
ރެނާޓޯ ވެއިގާ: ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުވި ވެއިގާ އެއް އަހަރަށް ފަހު ވިޔަރެއާލަށް ވިއްކާލަން ވަނީ ނިންމައިފައި.--

ރެނާޓޯ ވެއިގާ: ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުވި ވެއިގާ އެއް އަހަރަށް ފަހު ވިޔަރެއާލަށް ވިއްކާލަން ވަނީ ނިންމައިފައި.--

ލަންޑަން (އޮގަސްޓް 21) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ކުޅުންތެރިން ވިއްކައިގެން 340 މިލިއަން ޑޮލަރު ހޯދައިފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ޗެލްސީން ވަނީ 11 ކުޅުންތެރިން ވިއްކައިގެން 340 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އަދި، މިހާތަނަށް ނުވަ ކުޅުންތެރިން ގަންނަން، 375 މިލިއަން ޑޮލަރު ޗެލްސީން ވަނީ ހަރަދުކޮށްފަ އެވެ. ޗެލްސީން އަންނަ މަހު އެއް ވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން، އިތުރު ކުޅުންތެރިން ގަންނާނެ ކަމަށް ބެލެވެ އެވެ.

ޗެލްސީން އެންމެ ފަހުން ވިއްކާލަން އެއްބަސްވީ ޕޯޗުގީސް ޑިފެންޑަރު، ރެނާޓޯ ވެއިގާ، 30 މިލިއަން ޑޮލަރަށް ވިޔަރެއާލަށެވެ. އެއީ މީގެ އަހަރެއް ކުރިން ސްވިޒަލެންޑްގެ ބާސެލް އަށް 15 މިލިއަން ޑޮލަރު ދީފައި ގަތް ކުޅުންތެރިއެކެވެ. ވެއިގާ، ޗެލްސީ އަށް ސޮއިކުރީ ހަތް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މިދިޔަ ސީޒަނުގެ ފަހު ބައި އޭނާ ހޭދަކުރީ، ލޯނަކަށް އިޓަލީގެ ޔުވެންޓަސްގަ އެެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން އެންމެ ބޮޑު އަގުގައި ވިއްކާލީ އާސެނަަލަށް އިނގިރޭސި ފޯވާޑް ނޯނީ މަޑުއޭކޭ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޗެލްސީ ދޫކޮށް މަޑުއޭކޭ އާސެނަލަށް ބަދަލުވީ 70 މިލިއަން ޑޮލަރުގެ ޑީލެއްގަ އެެވެ.

ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އަތުން، 2022 ވަނަ އަހަރު ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕުން ހެދި އެވެ. އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތީ، އެ ކްލަބްގެ ދަރަނި ހަލާސްކުރާގޮތަށް، 5.2 ބިލިއަން ޑޮލަރަށެވެ. އެ ޑީލަށް ބަލާއިރު، ކްލިއާލޭކް ކެޕިޓަލް އިން ޗެލްސީގެ 61.5 ޕަސެންޓް ހިއްސާ ގަތެވެ. ބާކީ 38.5 ޕަސެންޓް ހިއްސާ އަކީ ޓޮޑް ބޯލީ އާއި ހަންސްޖޯގް ވައިސް އަދި މާކް ވޯލްޓާ އަށް އެއްވަރަށް ބަހާލައިފައިވާ ހިއްސާތަކެކެވެ. އެއީ، ގާތްގަނޑަކަށް، ކޮންމެ މައިނޯރިޓީ ހިއްސާދާރަކަށް 13 ޕަސެންޓް ވަރެެވެ.

ޗެލްސީން މި ދިޔަ ތިން އަހަރު ތެރޭ ކުޅުންތެރިން ގަންނަން ކުރި އިންވެސްޓް، 1.5 ބިލިއަން ޑޮލަރަށް ވުރެން އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox