ހަވާޓްޒްގެ ކަކުލަށް އަނިޔާވެ އާސެނަލުން ތަފްސީލް ދެނެގަންނަނީ

Aug 21, 2025, 2:36 AM
ހަވާޓްޒްގެ ކަކުލަށް އަނިޔާވެ އާސެނަލުން ތަފްސީލް ދެނެގަންނަނީ

ލަންޑަން (އޮގަސްޓް 21) - އާސެނަލްގެ ޖަރުމަނު ފޯވާޑް، ކައި ހަވާޓްޒްގެ ކަކުލަށް އަނިޔާވެ، އޭގެ ތަފްސީލް ދެނެގަންނަން އިތުރު ޓެސްޓްތަކެއް ހަދަން އެ ކްލަބުން ނިންމައިފި އެވެ.

އާސެނަލުން އެމިރޭޓްސް ސްޓޭޑިއަމްގައި އިއްޔެ ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޓްރެއިނިން ސެޝަންގައި ހަވާޓްޒް ބައިވެރިއެއްނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި، ބަދަލަކަށް ކުޅެން އެރި ހަވާޓްޒް، 25، ގެ ކަކުލަށް ޓްރެއިނިން ތެރޭގައި ވަނީ އަނިޔާވެފަ އެވެ. އަދި، އާސެނަލުން ނިންމާފައިވަނީ، އެ އަނިޔާއާ ބެހޭ ކަންކަން ފުރިހަމަ އަށް ދެނެގަތުމަށެވެ.

ފައިގެ ފަަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަވާޓްޒް، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަހާ ހަމައަށް ހުރީ އަނިޔާގަ އެވެ. މި ފަހަރުގެ އަނިޔާއާ ހެދި ހަވާޓްޒް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެނަމަ، އާސެނަލުން ޓްރާންސްފާ މާކެޓްގައި، އިތުރު ފޯވާޑެއް ހޯދުުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އެއް އަހަރު ކުރިން ޗެލްސީ ދޫކޮށް، 65 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި އާސެނަލަށް ބަދަލުވި ހަވާޓްޒް މިދިޔަ ސީޒަނުގައި އަނިޔާވުމާ ހަމައަށް، ޖުމްލަކޮށް ބަލާއިރު، އާސެނަލްގެ ގިނަ މެޗުތަކެއްގައި ކުޅެފައިވެ އެވެ.

އާސެނަލަށް ބަދަލުވެ، މިހާތަނަށް ކުޅުނު 88 މެޗުން ހަވާޓްޒް ވަނީ 29 ގޯލު ޖަހައި، 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox