އެންޓޮނީ ހޯދޭނެ ގޮތެއް އޮތްތޯ ބެޓިސް އިން އަންނަނީ ބަލަމުން

Aug 20, 2025, 12:50 AM
އެންޓޮނީ ހޯދޭނެ ގޮތެއް އޮތްތޯ ބެޓިސް އިން އަންނަނީ ބަލަމުން

މެޑްރިޑް (އޮގަސްޓް 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ބްރެޒިލްގެ ވިންގް، އެންޓޮނީ، ގެނެވޭތޯ ކުރާ މަސައްކަތުގައި އަދިވެސް ރެއާލް ބެޓިސް އިން ދުލެއް ނުދޭ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން، ބޮޑު އަގުގައި، ޔުނައިޓެޑާ ގުޅުމަށް އެ ލެވަލްގެ ކުޅުމެއް ނުދެއްކޭތީ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ، އެންޓޮނީ ޖެނުއަރީ ޓްރާންސްފާގައި ލޯން ޑީލެއްގައި ބެޓިސް އަށް ބަދަލުވެ، ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ.

އެ ގޮތުން، ބެޓިސް އިން ޔުއެފާ ކޮންފަރެެންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު، މޮޅު ކުޅުމެއް ދެއްކި އެންޓޮނީ ވަނީ ބެޓިސް އަށް ކުޅެދިން 25 މެޗުން އަށް ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެންޓޮނީ ވެސް ބެޓިސްގައި މަޑުކުރަން ބޭނުންވާއިރު، އޭނާ ދާއިމީ ކޮންޓްރެކްޓެއްގައި ބެޓިސް އަށް ބަދަލުވާން ޔުނައިޓެޑުން ކިޔާ އަގު އުޅެނީ، 50-65 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެކަމަކު، މި އަގު ދޭން ބެޓިސްގެ މާލީ ހާލަތު ތަންނުދޭތީ އެ ކްލަބުން އަންނަނީ ޔުނައިޓެޑަށް ޕްރޮޕޯސަލްތަކެއް ހުށަހަޅަމުންނެވެ.

ބެޓިސްގެ ޗީފް މަނޫ ފަޖާޑޯ ބުނީ، އަދިވެސް އެ ކްލަބުން އަންނަނީ އެންޓޮނީ ގެނެވޭތޯ މަޝްވަރާތަކެއް އެކި ފަރާތްތަކާ ކުރަމުން ކަމަށެވެ. ޔުނައިޓެޑުން އެދޭ ގޮތަށް އެ ޑީލް ގެންދެވެން ބެޓިސް އަށް ނެތް ކަމުގައި ވިޔަސް، އެންޓޮނީގެ ހޮވުމަކީ، ބެޓިސް ކަމަށްވާތީވެ، މި ޑީލް ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތެވެ.

ބެޓިސް އިން ވަނީ ކޯ އޯނަޝިޕް ޑީލެއް ވެސް އެންޓޮނީ ގެންދަން ހުށަހަޅައިފަ އެވެ. އެއީ، ބެޓިސް އަށް ލޯން ފީ އަކަށް އެންޓޮނީ ކުޅޭއިރު، އޭނާގެ މުސާރަ ބެޓިސް އިން ދޭ ގޮތަށް، އެހެން ނަމަވެސް، ޔުނައިޓެޑުން ބޭނުންނަމަ، އެންޓޮނީ ވަކި އަގެއްގައި ވިއްކާލެވޭއިރު، ލިބޭ ޓްރާންސްފާ ފީ އިން ވަކި ޕަސެންޓެއް ބެޓިސް އަށް ވެސް ލިބޭ ގޮތަށް އޮންނަ އެއްބަސްވުމެއް ހެދުމަށެެވެ. އެކަމަކު، މި ޑީލަށް ޔުނައިޓެޑުން ރުހޭނެ ކަމަށް ނުބެލެވެ އެވެ.

ފާއިތުވި ދޮޅު މަހެއްހާ ދުވަސްތެރޭ، އެންޓޮނީ ހޯދަން ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާއި އިޓާލިއަން ލީގުގެ ޓީމުތަކުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެންޓޮނީ އޭގެއިން އެއްވެސް ހުށަހެޅުމެއް ބަލައިގަންނަން ބޭނުމެއް ނުވެ އެވެ. އެންޓޮނީގެ ފޯކަސް ހުރީ ޓީމު ބަދަލުކުރާނަމަ، ބެޓިސް އަށް ސޮއިކުރުމަށެވެ.

މިހާރު އޮތްގޮތުން، ޔުނައިޓެޑުން އެހެން ކްލަބަކަށް އެންޓޮނީ ވިއްކައިނުލެވޭނަމަ، އޭނާ އަލުން ބެޓިސް އަށް ލޯނަކަށް ފީއެއް ދޭ ގޮތަށް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑަށް އެ ކްލަބްގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބަދަލުވި، އެންޓޮނީ އެ ކްލަބާ ގުޅުނީ 110 މިލިއަން ޑޮލަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox