ތެދުވެރިންނާ ގާތަށް؛ ދޮގުވެރިންނާ ފެޔަށް

ތެދުވެރިންނާ ގާތަށް؛ ދޮގުވެރިންނާ ފެޔަށް

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުމުގެ ކުރިއަށް ވެސް މައްކާގައި އިތުރު އެކަލޭގެފާނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި އެފަދަ ދެވަނައެއް ނެތް "އައްޞާދިޤުލްއަމީން" އެވެ. ތެދުވެރި އަމާނާތްތެރިޔާގެ ނަމުން ލަގަބު ލިބިވަޑައިގެން ހުންނެވި މާތް ސާހިބާއެވެ. އެކަލޭގެފާނު ނަބީކަމުގެ ދައުވަތު ފާޅުކުރެއްވުމުން އެކަމާ ހަސަދަވެރިވެ ދެކޮޅުވެރިވެގަތް ކާފަރުން މާތް ނަބިއްޔާއަށް ކުރެއްވި ތުހުމަތުތަކުގެ ތެރޭގައި، ސިހުރުވެރިއެއްކަމަށް، ޅެންވެރިއެއްކަމަށް، މޮޔަވެފައިވާ މީހެއްކަމަށް، އިހުޒަމާނުގެ އެވޭލާ ވާހަކަތައް ކިޔާ މީހެއްކަމަށް ވެސް ތުހުމަތުކުރިއެވެ.

މިއެންމެހާ ތުހުމަތެއް ވެސް އަންނާންޖެހުނީ މައްކާގެ މުޝްރިކުންވެސް އެއްބަސްވާ ކަމެއް އޮވެއެވެ. ކައުއިތުރު މާތް މުޙައްމަދު ނަބީކަލޭގެފާނު އިތުރުފުޅެއް ނަހައްދަވާނެކަމެވެ. އެކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިޔާއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވެވުމުން އެކަމާ އަދާވާތްތެރިވެ ކާފަރުވެގަނެގެން އިތުރު އެކަލޭގެފާނު އަވަހާރަކުރުމަށް އެކި ރޭވުންތައް ރާވައި، ނުވިތާކަށް ހަނގުރާމަކޮށް ހެދި މުޝްރިކުން ވެސް އެކަލޭގެފާނުގެ ތެދުވެރިކަމާމެދު ސުވާލެއް ނުއުފައްދާނީ، ފަހެ ޔަގީނުން މާތް ނަބިއްޔާގެ ކިބައިގައި ތެދުވެރިކަމުގެ ސިފަފުޅު ހަމަ އެކަކަށްވެސް އިންކާރު ނުވެވޭނޭ ވަރަށް އެކަލޭގެފާނުގެ ބަސްފުޅުތަކާއި އަމަލުފުޅުތަކާއި އެންމެހާ ކަމެއްގައި ހަރުލާފައިވާލެއް ފުރިހަމަކަމުންތާއެވެ.

މުސްނަދު އިމާމް އަހުމަދުގައި ރިވާވެގެންވެއެވެ. ޔަހޫދީއަކު މިއަންނަނީއޭ ބުނެފައި ދިޔައީތީ، ހުންނެވި ތަނުގައި ތިން ދުވަސްވާންދެން މާތް ނަބިއްޔާ މަޑުކުރައްވައިގެން އެ ޔަހޫދީ މީހާއަށް އިންތިޒާރުކުރައްވަން ހުންނެވިއެވެ. އެއީ އެތަނުގައި ހުންނަވާނެކަމުގެ ޔަގީންކަން ދެއްވިފައިވާތީއެވެ. ޔަހޫދީކަލޭގެއަށް ވީގޮތަކީ ހަނދާން ނެތުނީއެވެ. ދެ ދުވަސް ފަހުން ހަނދާންވެގެން އައިއިރުވެސް މާތް ނަބިއްޔާ އެތަނުގައި ހުންނެވިކަމަށް ބުނާ ހާދިސާ ރިވާކޮށްފައިވަނީ ހުދު އެމީހާގެ ކިބައިންނެވެ. އެހާދިސާއަކީ އެއީ މާތް ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުމުގެ ކުރީގެ ހާދިސާއެކެވެ.

މައްކާގެ މުޝްރިކުންގެ ދުއްތުރާ އިންތިހާއަށް ބޮޑުވެ އަމިއްލަ ފުރާނަފުޅަށް ނުރައްކާވެގެން މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއިރު، މާތް ﷲ ރުއްސުންލެއްވި އަލީގެފާނާ އެ ހަވާލުކުރައްވަނީ އެތަކެއް މުދަލެކެވެ. އެތަކެއް ސާމާނެކެވެ. ހައްތާވެސް މައްކާގެ އެތައް ބަޔަކު އިތުރު އެކަލޭގެފާނުގެ އަތްޕުޅުގައި ރައްކާތެރިކުރަން ދީފައިވާ އަމާނާތްތަކެވެ. އެއީ ތެދުވެރި އަމާނާތްތެރިޔާވީމައެވެ.

ތެދުވެރިކަމަކީ ނަބިއްޔުންނާއި ރަސޫލުންގެ އެންމެ އަސާސީ ސިފައެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ކިބައިގައި ހުރުން ލާޒިމް އަސާސީ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މަރްޔަމް ސޫރަތުގެ ސާޅީސް އެއްވަނަ އާޔަތުގައި ސަލާމާއި ސަލަވާތްލެއްވި އިބްރާހީމްގެފާނު ސިފަކުރައްވާފައިވަނީ ހަމަކަށަވަރުން އެކަލޭގެފާނަކީ ބޮޑު ތެދުވެރިއެއް އަދި ނަބިއްޔެއްކަމަށެވެ. ހަމަ އެ ސޫރަތުގެ ފަންސާސް ހަވަނަ އާޔަތުގައި ސަލާމާއި ސަލަވާތްލެއްވި އިދްރީސްގެފާނު ހަމަ އެ އިބާރާތުން އެއީ ބޮޑު ތެދުވެރިއެއް އަދި ނަބިއްޔެއްކަމުގައި ސިފަކުރައްވާފައިވެއެވެ. ޔޫސުފް ސޫރަތުގެ ސާޅީސް ހަވަނަ އާޔަތުގައި ޔޫސުފްގެފާނުގެ ވާހަކައިގައި އެހެން މީހަކު ޔޫސުފްގެފާނާ މުހާތަބުކުރި ގޮތް ޤުރުއާނުގައި ބަޔާންކުރައްވަނީ "(އޭނާ ދެންނެވިއެވެ.) އޭ ޔޫސުފްގެފާނެވެ! އޭ ތެދުވެރިޔާއެވެ!.." މިހެންނެވެ.

ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށެވެ. ތެދުވެރިކަމަކީ އަމާނާތްތެރިކަމަކީ މިބިންމައްޗަށް މާތް ﷲ ރަސޫލުކަމާއި ނަބީކަމައިގެން ފޮނުއްވުނު ހަމަ އެންމެހާ ބޭކަލުންގެ ވެސް މަތިވެރި ސިފަފުޅެކެވެ. މަރިޔަމް ސޫރަތުގެ 54 ވަނަ އާޔަތް ވެސް ބައްލަވާލައްވާށެވެ. "ކަލޭގެފާނު މި ފޮތުން އިސްމާޢީލްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވައުދުފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ."

އަހަރެމެންގެ ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުމަށްފަހު ރޯމަނުންގެ ވެރިޔާ ހިރަޤުލްއަށްވެސް އިސްލާމްކަމުގެ ދައުވަތުދެއްވައި ފަތްކޮޅެއް ފޮނުއްވެވިއެވެ. މިކަމާ ގުޅިގެން ހިރަޤުލް އަމުރުކުރީ އެސަހަރުގައި އަރަބީންގެ ގާފިލާއެއް އުޅޭނަމަ ދަރުބާރަށް ހާޒިރުކުރުމަށެވެ. އެދަރުބާރަށް ދިޔަ މީހުންގެ ތެރޭގައި އަބޫ ސުފްޔާން ހިމެނިވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އަދި އިސްލާމްވެވަޑައެއް ނުގަންނަވައެވެ. އަބޫ ސުފްޔާނާ ހިރަޤުލް އެތައް ސުވާލެއް ކުރިއެވެ. އެގޮތުން ކުރި އެންމެ މުހިންމު އަދި އެންމެ ފުރަތަމަ އެއް ސުވާލަކީ، ނަބީކަމައިގެން ދައުވާކުރެއްވުމުގެ ކުރިޔަށް އެބޭކަލަކީ ތިޔަ ބައިމީހުންގެ މެދުގައި ދޮގުހަދާކަމަށް އެއްވެސް ވަރަކަށް އެބޭކަލަކާމެދު ތުހުމަތުކުރެވުނު ބޭކަލެއްތޯއެވެ؟ އަބޫސުފްޔާން ދެންނެވިކަމުގައި ވަނީ ނޫނެކޭ އެވެ.

ދެން ވިސްނަވާށެވެ! މާތް ﷲ އެކަލާނގެ ޝަރީއަތްތަކާއި ފޮތްތައް ބާވާލެއްވީ މި ތެދުވެރި ރަސޫލުންގެ ޒަރީއާއިންނެވެ. އިންސާނުންނަށް އިސްލާމްކަމަށް ގޮވާލައްވައި، ދީން ހަނދާންކޮށްދެއްވީ މި ތެދުވެރި ރަސޫލުންނާއި ނަބިއްޔުންގެ ޒަރީއާއިންނެވެ. އެބައިމީހުންގެ އެ ބޮޑު ދައުވާ އާދެ! ރަސޫލުކަމާއި ނަބީކަމުގެ ދައުވާ އެތައް މީސްތަކުންނެއް މުއުޖިޒާތަކާ ނުލައިވެސް ގަބޫލުކުރުމަށް މެދުވެރިވީ އެބޭކަލުންގެ ތެދުވެރިކަމުގެ ސިފައަށްޓަކައެވެ.

ވިސްނާފިކުރުކުރައްވާށެވެ! ރަސޫލުންނާއި ނަބިއްޔުންނަށްވުރެ މޮޅަށް އަދި ރަނގަޅަށް ޖަމާއަތްތައް ލީޑްކުރި އެއްވެސް ބަޔަކު ނުވަތަ މީހަކު ތާރީހުން ނުފެންނާނެއެވެ. އަދިކިއެއްތޯއެވެ! އެބޭބޭކަލުންނަކީ ގައުމުތަކާއި ޖަމާއަތްތަކަށް ފޮނުއްވުނު އެތަންތަން ލީޑްކުރައްވަން މާތް ﷲ މެދުވެރިކުރެއްވި ފަރާތްތަކެވެ. އެހެންކަމާއެކު ލީޑަޝިޕްގައި އެންމެ މުހިންމު އެންމެ އަސާސީ ސިފައަކީ ތެދުވެރިކަމެވެ. ކިއެއްތަ ލީޑަޝިޕްގައި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ރުކުނެކެވެ. އެކަން ނެތިއްޖެނަމަ ނެތުނީއެވެ.

އަދި އިތުރަށް ދަންނަވަމެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ ބޮޑެތި ވެރިންނާއި އެންމެ ގާބިލު ކޮމާންޑަރުންނާއި ލެގަސީގެ ގޮތުން އެންމެ ވަރުގަދަހާ މީހުންނަކީ އެބައިމީހުންގެ ޖަމާއަތަށް ތެދުވެރި އަމާނާތްތެރި މީހުންނެވެ. ޖަމާއަތް ލައްވައި ކުރުވާ ކޮންމެ ކަމެއް ތިމާގެ ބަހާއި އަމަލުން ފުރަތަމަ ނަމޫނާ ދެއްކެވި ލާމަސީލު ފަހުލަވާނުންނެވެ.

މާތް ﷲއަށް އީމާންވެގެން ހުރި މީހާއެވެ! މާތް ﷲ ވަނީ ތެދުވެރިންނާއެކުގައިވުމަށް، ގަދައަމުރުން އަމުރުކުރައްވާފައެވެ. ކަލެޔާއި ކަލޭގެ އާއިލާއާއި ތިމާގެ މީހުންނާއި ރަށްޓެހިން ދޮގުވެރިންނާއި ދުރަށްލާށެވެ! ތެދުވެރިންނާ އެކުވާށެވެ! ތައުބާ ސޫރަތުގެ ސަތޭކަ ނަވާރަ ވަނަ އާޔަތުގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަގުވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!"

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox