ބޭނުންކުރެވޭ ރިޒާވަށް 10 މިލިއަން ޑޮލަރު އިތުރުވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮފީސް އިމާރާތް: ބޭނުންކުރެވޭ ރިޒާވު ހާލަތު ރަނގަޅުވީ އެޅި ފިޔަވަޅުތަކުން ކަމަށް އެމްއެމްއޭއިން ބުނޭ --- ފޮޓޯ: އަތޫފް އާތިފް/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮފީސް އިމާރާތް: ބޭނުންކުރެވޭ ރިޒާވު ހާލަތު ރަނގަޅުވީ އެޅި ފިޔަވަޅުތަކުން ކަމަށް އެމްއެމްއޭއިން ބުނޭ --- ފޮޓޯ: އަތޫފް އާތިފް/އަދަދު

މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރި އަދަދު އޭގެ ކުރީ މަހަށް ވުރެ ދަށަށް ދިޔަ ނަމަވެސް ކުރު މުއްދަތުގެ ދަރަނި އެއަށް ވުރެ ބޮޑަށް ދަށް ވުމުން ބޭނުންކުރެވޭ ރިޒާވު 10 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި އެ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 774 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ ގާތްގަނޑަކަށް 58 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.

ބޭނުންކުރެވޭ ރިޒާވު ހިސާބުކުރަނީ ޖުމްލަ ރިޒާވުން ކުރު މުއްދަތުގެ ދަަރަނި ކެނޑުމަށް ފަހު، އެތެރޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ޑޮލަރުތައް ހިމަނައިގެންނެވެ.

Advertisement

މިދިޔަ މަސް ނިމުނުއިރު ކުރު މުއްދަތުގެ ދަރަނި 688 މިލިއަން ޑޮލަރުގައި ހުރި އިރު، މަހުންމަހަށް ބަލާއިރު މި ގޮތުން ބޭރުވާން ހުރި ފައިސާ ވަނީ 86 މިލިއަން ޑޮލަރު މަދުވެފަ އެވެ. ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރީ 126 މިލިއަން ޑޮލަރެވެ. އެހެންކަމުން ބޭނުންކުރެވޭ ރިޒާވު ވަނީ 203 މިލިއަން ޑޮލަރުން 213 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ބޭންކުރެވޭ ރިޒާވުގައި ހުރި ޑޮލަރު

  • ޖެނުއަރީ - 116 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 179 މިލިއަން ޑޮލަރު
  • މާޗު - 170 މިލިއަން ޑޮލަރު
  • އޭޕްރިލް - 171 މިލިއަން ޑޮލަރު
  • މެއި - 218 މިލިއަން ޑޮލަރު
  • ޖޫން - 203 މިލިއަން ޑޮލަރު
  • ޖުލައި - 213 މިލިއަން ޑޮލަރު

ރިޒާވުގެ ހާލަތު ދުވަހުންދުވަހަށް ރަނގަޅުވަމުން އަންނައިރު، ޑޮލަރު ތާށިކަމުގެ މައްސަލައިގައި މިފަހުން ނެރުނު ނޫސް ބަޔާނެއްގައި އެމްއެމްއޭއިން ބުނީ މިކަން ހާސިލުކުރެވުނީ އެ އޮތޯރިޓީން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަަމަށެވެ.

އޭގެ ތެރޭގައި އިންޑިއާ ސަރުކާރުގެ މަދަދުވެރިކަމުގެ ދަށުން އެ ގައުމުގެ ރިޒާވު ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ހަމަޖައްސައިދިން ކަރަންސީ ސްވޮޕް ފެސިލިޓީ އާއި ޑޮލަރު ލިބޭ ވިޔަފާރިތަކަށް ލިބޭ ޑޮލަރުން ބަޔެއް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގަވާއިދާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއި ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރި އެވެ.

ޑޮލަރު މާރުކުރަން މަޖުބޫރުކުރި ފަހުން، ބޭންކުތަކަށް މާރުކުރި ޑޮލަރުގެ ތެރެއިން 247 މިލިއަން ޑޮލަރު ވަނީ އެމްއެމްއޭއަށް ވަދެފަ އެވެ.

ރިޒާވުގެ ހާލަތު ރަނގަޅު ވަމުން ދިޔަ ނަމަވެސް ލިބޭ ޑޮލަރަށް ވުރެ ބޭނުންކުރާ ޑޮލަރުގެ އަދަދު އިތުރުވުމުން، ޑޮލަރު މައްސަލައަށް އަވަސް ހައްލެއް ނެތް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޑޮލަރު ތާށިކަމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ފައިސާ ޗާޕުކުރަން ފެށި ގޮތަށް، އެ ހިނގި ތިން އަހަރުގެ ތެރޭގައި އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، ރުފިޔާގެ ސަޕްލައި ނުބައްދަލު ވަރަކަށް މަތިވުމުން ކަމަށް އެ އޮތޯރިޓީން ގަބޫލުކުރެ އެވެ.

ޑޮލަރަށް ހުރި ޑިމާންޑަށް ބަލާއިރު، އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 704 މިލިއަން ޑޮލަރު އެމްއެމްއޭއިން ވިއްކައިފި އެވެ. އެ ފައިސާގެ ތެރެއިން 212 މިލިއަން ޑޮލަރު ވިއްކީ ބޭރުގެ ދަރަނި ދައްކާށެވެ. އިތުރު 217 މިލިއަން ޑޮލަރަކީ އާންމުންނާއި ވިޔަފާރިތަކަށް ވިއްކި ޑޮލަރެވެ. އެންމެ ގިނަ އަދަދަކަށް ޑޮލަރު ވިއްކީ ތެޔޮ ގަންނަން އެސްޓީއޯއަށެވެ. އެ ކުންފުންޏަށް 274 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ ތެރެއިން ލިބުނު ޑޮލަރުތަކާއި މީރާއިން އާމްދަނީގެ ގޮތުގައި ބަލައިގަތް 880 މިިލިއަން ޑޮލަރާއެކީ، އަހަރުގެ މިހާތަނަށް ލިބުނު ޑޮލަރުގެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox