ބާސެލޯނާގެ މެޗު މިއާމީގައި ކުޅުމާ މެދު ރެއާލްގެ ރަައީސް ޕެރޭޒް ދެކޮޅު

Aug 13, 2025, 12:58 AM
ބާސެލޯނާގެ މެޗު މިއާމީގައި ކުޅުމާ މެދު ރެއާލްގެ ރަައީސް ޕެރޭޒް ދެކޮޅު

މެޑްރިޑް (އޮގަސްޓް 13) - ސްޕެނިޝް ލީގުގެ ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު އެމެރިކާގެ މިއާމީގައި ކުޅޭ ގޮތަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުއްދަދިނުމާ ދެކޮޅަށް ރެއާލް މެޑްރިޑުން ބަޔާނެއް ނެރެފި އެވެ.

ޑިސެމްބަރު މަހު، ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު އެމެރިކާގައި ކުޅެފިނަމަ، އެ ވެގެންދާނީ ޔޫރަޕްގެ ލީގެއްގެ މެޗެއް އެެމެރިކާގައި ހޯސްޓްކުރާނެ ފުރަތަމަ ފަހަރަށެވެ. ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މި މެޗު އެމެރިކާގެ މިއާމީގައި ކުޅެން ރުހުން ދީފައިވީނަމަވެސް، މެޗު ކުޅެވޭނެކަން ހުރިހާ ގޮތަކުން ޔަގީންވެގެންދާނީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އާއި އާއި ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަން، ޔުއެފާ އިން މި ކަމަށް އެއްބަސްވުމުންނެވެ.

އެކަމާ ދެކޮޅަށް ރެއާލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއްވެސް ގައުމެއްގެ ރަސްމީ ލީގެއްގެ މެޗެއް އެ ގައުމުން ބޭރަށް ގެންދިއުމަކީ އޭގެ ސަބަބުން ފުޓްބޯޅައިގައި އޮތް ގަބޫލުކުރުންތަކާއި އެހެނިގެން މައިގަނޑު ބޭނުންތަކަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

ރެއާލްގެ ވިސްނުމަށް، ސްޕެއިނު ފުޓްބޯޅައިގެ ސަޕޯޓަރުންގެ އެސޯސިއޭޝަނުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އަދި، މިހާރު ވެސް ސްޕެއިނުގެ އެއް މުބާރާތް ކަމަށްވާ ސުޕަ ކަޕް، ގައުމުން ބޭރުގައި ކުޅޭއިރު، އަނެއްކާ ލީގުގެ މެޗުތަކެއް ގައުމުން ބޭރަށް ގެންދިއުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމަށް ވަނީ އެ އެސޯސިއޭޝަނުން ބުނެފަ އެވެ.

އެ ގޮތުން، މި ވަގުތަށް ބަލާއިރު، ބާސެލޯނާ އާއި ވިޔަރެއާލްގެ މެޗު ހޯސްޓްކުރަން ނިންމާފައި އޮތީ، މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގަ އެވެ. އެއީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަތް މެޗު ކުޅެން ނިންމާފައި އޮތް ދަނޑެކެެވެ.

މި ވަގުތަށް ބަލާއިރު، ޑިސެމްބަރު 21 ވަނަ ދުވަހު ކުޅެން އޮތް ބާސެލޯނާގެ އެ މެޗު އަދި އޮތީ ވިޔަރެއާލް ދަނޑުގައި ކުޅޭ ގޮތަށެވެ. އެކަމަކު، ޔުއެފާ އާއި ފީފާ އިން އެއްބަސްވެއްޖެނަމަ، އެ މެޗު މިއާމީގައި ކުޅޭ ގޮތަށް ފައިނަލް ވެގެންދާނެ އެވެ.

އިޓާލިއަން ލީގުގައި އަންނަ ސީޒަނުގައި އޭސީ މިލާނުން ފެބްރުއަރީ މަހު ކޯމޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން ފުރުސަތު ދޭން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން އިން ވަނީ (އެފްއައިޖީސީން) ނިންމައިފަ އެވެ. އެކަމަކު، މި މެޗާ ގުޅޭގޮތުން ވެސް ޔުއެފާ އާއި ފީފާ އިން އަދި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox