އަލް އަރާބި އާއި މާޒިޔާގެ ފަރަގަކީ ބަޖެޓާއި ތައްޔާރީތައް

Aug 12, 2025, 1:52 PM
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެނާންޑޭޒް ވާހަކަ ދައްކަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެނާންޑޭޒް ވާހަކަ ދައްކަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީގެ ތިން ވަަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ކުވެއިތުގެ އަލް އަރާބިން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 4-0 އިން ބަލިކުރި މެޗުގައި ދެ ޓީމުން ފެނުނު ތަފާތަކީ، ބަޖެޓާއި ތައްޔާރީތައް ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

ކުވެއިތުގެ ޕްރިމިއާ ލީގުގެ ރަނަރަޕް، އަލް އަރަބިން ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި، މާޒިޔާ ބަލިކުރީ، ކޮންމެ ހާފެއްގައި ދެ ގޯލު ޖަހައިގެންނެވެ. މާޒިޔާ ކޮޅަށް ފުރަތަމަ ކޮޅުގައި ގޯލު ޖަހައި، އަލް އަރާބިން ކޮންޓްރޯލް ނަގައިގެން ކުޅެ، މެޗުގައި ނަތީޖާ ނެރެ، އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ އެވެ.

މާޒިޔާ އިން މި މެޗަށް ނުކުތީ ބިދޭސީ ފަސް ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އޭގެ ތެރޭގައި ހިމެނޭ، ސްޕެއިނުގެ މިޑްފީލްޑަރު، އައިރަމް ވިއޭރާ އާއި ސާބިއާގެ ފޯވާޑް މިލްޖާން އަކީ ފުރަތަމަ ފަހަރަށް މާޒިޔާ ޖޯޒީގައި ކުޅުނު ދެ ކުޅުންތެރިންނެވެ. ގޯލްކީޕަރަކަށް ހުރި މޮންޓަނެގްރޯގެ ނެމާންޏާ ލެމަޖިޗް އާއި ގާނާގެ މިޑްފީލްޑަރު، ރޭގަން އޮބެން އަކީ މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ވެސް މާޒިޔާގެ ކުޅުންތެރިންނެވެ. އަދި، ޑިފެންޑަރު، ޕޯޗުގީސް، ލުއިސް އަލްމައިޑާ އަކީ މި އަހަރުގެ މެއި މަހު ކުޅުނު އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ އިން ފެނުނު ކުޅުންތެރިއެކެވެ.

ޗެލެންޖް ލީގަށް ތައްޔާރުވާން މާޒިޔާ އިން ރާއްޖޭން ބޭރުގައި މެޗުތަކެއް ކުޅެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. އޭގެ ބަދަލުގައި، އަލް އަރާބިން ވަނީ އަބޫ ދާބީގައި، ޓްރެއިނިން ކޭމްޕެއް ޖަހައި، ޔޫއޭއީގައި ތިން މެޗު ކުޅެފަ އެވެ. ޔޫއޭއީގައި، އެކި ވަގުތުތަކުގައި މި މެޗުތައް ކުޅުނު މައިގަނޑު ސަބަބަކީ ރާއްޖޭގެ ހޫނުމިނުގައި ކުޅެން ވެސް ހޭނުމެވެ.

މިއަދުގެ މެޗަށް ފަހު، ދެ ޓީމުގެ މައިގަނޑު ފަރަގަކީ ކޮބައިތޯ ސުވާލުކުރުމުން، މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުނީ، ތައްޔާރީތަކުގެ ފަރަގު ފެނިގެންދިޔަ ކަމަށެވެ.

"ދެ ޓީމުގެ އެންމެ ބޮޑު ފަރަގަކީ ބަޖެޓް، ދެން ތައްޔާރީތައް، އެ މީހުން ވަރަށް ރަނގަޅަށް ތައްޔާރުވެގެން މެޗުތަކެއް ކުޅެފައި އައިސް އަހަރެމެން ކައިރީގައި ކޮންޓްރޯލް ކޮށްގެން، ޕްލޭނަކަށް މަސައްކަތްކޮށް ރަނގަޅު މޮޅެއް އެ ހޯދީ، ދެން، އަހަރެމެންނަށް މި ދިމާވީ ހަމަ ނުކުޅެ ތިބެފައި، އަރައި ވަރުގަދަ ޓީމަކާ ކުޅެން ޖެހުމުގެ މައްސަލަ،" މެޗަށް ފަހު ހެނާންޑޭޒް ބުންޏެވެ.

އޭނާ ބުނީ، މާޒިޔާ ކުޅުންތެރިން މެޗު ފަށައިގެން ރަނގަޅަށް ހަމަޖެހިނުލެވެނިސް އަލް އަރާބިން ގޯލު ޖަހައި، މެޗުގައި އެ ޓީމުން ބޭނުންވާ ކަންކަން ހާސިލްކުރަން ފެށި ކަމަށެވެ. އަދި، މާޒިޔާ ކޮޅަށް ވަން ފުރަތަމަ ދެ ގޯލަކީ ވެސް ސަލާމަތްކުރެވޭނެ ލަނޑުތަކެއް ކަމަށާއި ދެ ވަނަ ހާފުގައި ރިސްކު ނަގާފައި ވެސް ކުރިއަށް ޖެހިގެން ކުޅެން މަޖުބޫރުވިއިރު، އެ ހާލަތަށް ވެސް އަލް އަރާބިން އޮތީ ތައްޔާރުވެފައިކަން ހެނާންޑޭޒް ފާހަގަކުރި އެވެ.

"އަހަރެމެންގެ އެއްބައި ކުޅުންތެރިން ވަރަށް ރެޑީ، ދެން ހުރި ކުޅުންތެރިން އަނިޔާއިން ރަނގަޅުވެ ނޫނީ، އަހަރަމެން ބޭނުންވާ ލެވަލަށް އަންނަން މެޗުތަކެއް ކުޅެ، ހޭނެން ބޭނުންވެފައި ހުރި ގޮތަށް ފެނިގެންދިޔައީ،" ހެނާންޑޭޒް ބުންޏެވެ.

ޗެލެންޖު ލީގުގެ ގްރޫޕް ބީގެ މެޗުތައް މިދިޔަ އަހަރު ކުވެއިތުގައި ކުޅުނުއިރު، މާޒިޔާ އަތުން އަލް އަރާބި އިން ވަނީ 2-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ފުރަތަމަ އަށް މިނިޓް ތެރޭގައި، އަލް އަރާބިން ދެ ގޯލު ޖެހިއިރު، ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި، އަލް އަރާބިން ވަނީ ގޯލު ޖަހައިފަ އެވެ.

އަލް އަރާބިގެ ކޯޗު މާކޯ އަލްވޭސް، މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އަލް އަރާބިގެ ކޯޗު، ޕޯޗުގަލްގެ މާކޯ އަލްވޭސް ބުނެފައިވަނީ މެޗަށް ނުކުތްއިރު އެ ޓީމުގެ ޕްލޭނެއް އޮތް ކަމަށާއި އެކަން ހާސިލްކުރުމަށް މެޗުގެ ފުރަތަމަ ގޯލު ކުރީކޮޅުގައި އެ ޓީމުން ޖެހުމަކީ ވިސްނި ގޮތް ކަމަށެވެ.

"އެއީ އަހަރެމެންނަށް އެނގޭ މެޗުގައި ގޯލެއް ނުޖެހި ވަގުތު ދިގުލައިދާ ވަރަކަށް، މާޒިޔާ އަކީ ވެސް ކޮލިޓީ ޓީމެއް ވީމަ އަހަރެެމެންނަށް ނުރައްކާ އޮތްކަން. ދެން، ހަގީގަތުގައި ފަސޭހަތަކެއްވީ، އަހަރެމެން އެއް ގޯލު ޖަހާފައިވެސް ހުއްޓައިނުލައި ދެ ވަނަ ގޯލު ޖަހަން ވެސް މަސައްކަތްކޮށް، ވަރަށް ފަރުވާ ބަހައްޓައިގެން ކުޅުނީ، އަދިވެސް މި އަށް ވުރެ ރަނގަޅުކުރެވޭނެ ކުޅުމަށް ބަލާނަމަ،" މިދިޔަ މަހު އަލް އަރާބިއާ ހަވާލުވި އަލްވޭސް ބުންޏެވެ.

އޭނާ ބުނީ، މެޗުގައި ފެނުނު ފަރަގަކީ ދެ ޓީމުގެ ތައްޔާރީތަކޭ ހަމައެކަނި ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި މީގެ އެންމެ ބޮޑު ފަރަގެއް ފެނިގެންދިޔައީ މިއަދު ދަނޑުމަތީގައި މޮޅުވާން އަލް އަރާބިން ކުރި މަސައްކަތް ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އެ މީހުން އައީ ކޮންމެ ގޮތެއް ހަދާފައި ވެސް މޮޅުވާންކަން، އެހެންވީމަ، އަހަރެމެން ދަނޑުގެ ހާލަތާއި މޫސުމުގެ ހުރި ކަންތައްތަކާއި އެ ހުރިހާ ގޮންޖެހުންތަކަށް ވެސް ވިސްނައިގެން، މަސައްކަތްކޮށްގެން، ކުޅެގެން މޮޅު މި ވީ،" އަލްވޭސް ބުންޏެވެ.

މިއަދުގެ މެޗުގައި، މާޒިޔާ ކޮޅަށް އަލް އަރާބިގެ ފުރަތަމަ ގޯލު ޖެހި ނައިޖީރިއާގެ ފޯވާޑް، އަނަޔޯ އިވުއާލާ އަކީ ޓިއުނީޝިއާ ލީގާއި އަލްޖީރިއާ ލީގުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. ދެ ވަަނަ ގޯލު ޖެހި ބެލްޖިއަމްގެ ފޯވާޑް، ޖޫލިއަން އެންގޯއި އަކީ އެ ގައުމުގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުމުގެ އިތުރުން، މީގެ ހަތަރު އަހަރު ކުރިން، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ކުޅެފައިވާ ސްޓޯކް ސިޓީ އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ސްވިޒަލެންޑް، ބެލްޖިއަމް އަދި ފްރާންސްގެ ކްލަބްތަކަށް ވެސް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox