އޯއީސީއެމްގެ ކެންޑިޑޭޓަކަށް ކްރޮސްރޯޑްސް ކަނޑައަޅައިފި

ކްރޮސް ރޯޑްސް މޯލްޑިވްސް: އެ ރިސޯޓަކީ އޯސީއެމްގެ ކެންޑިޑޭޓެއް ގޮތަށް ވަނީ ކަނޑައަޅާފައި -- ފޮޓޯ: ކްރޮސްރޯޑްސް

ކްރޮސް ރޯޑްސް މޯލްޑިވްސް: އެ ރިސޯޓަކީ އޯސީއެމްގެ ކެންޑިޑޭޓެއް ގޮތަށް ވަނީ ކަނޑައަޅާފައި -- ފޮޓޯ: ކްރޮސްރޯޑްސް

އަދާ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް (އޯއީސީއެމް) ގެ ކެންޑިޑޭޓެއް ގޮތުގައި ތައިލެންޑުގެ ގްރޫޕް އޮފް ސިންހާ އެސްޓޭޓް ޕީއެލްސީން ރާއްޖޭގައި ހިންގާ ކްރޮސްރޯޑްސް މޯލްޑިވްސް ކަނޑައަޅައިފި އެވެ.

އޯއީސީއެމްއަކީ އދ. ގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގައިވާ ގޮތުން، ގައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ އިތުރުން ގުދުރަތީ ވެށި ރައްކާ ކުރުމާއި ދެމެހެއްޓިނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް މަސައްކަތް ކުރާ ތަނެކެވެ.

އޯއީސީއެމްގެ ކެންޑިޑޭޓެއް ގޮތުގައި ކަނޑައެޅޭ ތަންތަނަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށް ވެގެން ނުވާނެ އެވެ. އެ ސަރަހައްދަކީ މުއްސަނދި ގުދުރަތީ ވެއްޓެއް ހިމެނޭ، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓިނިވި ގޮތުގައި ބަލަހައްޓަމުންދާ ސަރަހައްދަކަށް ވާން ޖެހެ އެވެ.

Advertisement

މީގެއިތުރުން އެ ސަރަހައްދަކީ އެތަނެއްގެ ސަގާފަތާއި، އިގުތިސާދާއި އިޖުތިމާއީ އަދި މުޖުތަމައީ އަގުމަގުތައް ދަމަހައްޓާ، ހިންގާ ހުރިހާ ހަރަކާތްތަކަކީ ގުދުރަތީ ވެށި ރައްކާކޮށް ދެމެހެއްޓިނިވި ގޮތެއްގައި އިކޯސިސްޓަމް ބަލަހައްޓާ ތަނަކަށް ވެސް ވާން ޖެހެ އެވެ.

1.75 މިލިއަން އަކަމީޓަރުގެ ކްރޮސްރޯޑްސް މޯލްޑިވްސް ސަރަހައްދަކީ ރަސްމީކޮށް ބަޔޯޑައިވާސިޓީ އޭރިއާއެއް ގޮތުގައި އަދި އޯއީސީއެމް ކެންޑިޑޭޓެއް ގޮތުގައި ކަނޑައެޅީ ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ. އެގޮތަށް ތައިލެންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުން ވެސްް ވަނީ ކަނޑައަޅާފަ އެވެ.

އެސްއެޗްއާރުގެ ދެމެހެއްޓިނިވި ތަރައްގީގެ ސްޓްރެޓަޖީގައި ކްރޮސްރޯޑްސް މޯލްޑިވްސް އަދާކުރާ މުހިންމު ދައުރު މިކަމުން ދައްކުވައިދޭ ކަމަށާއި މި ނިންމުމާއެކީ ގްލޯބަލް 30x30 އިނީޝިއޭޓިވްގެ ދަށުން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ބަޔޯޑައިވާސިޓީ 30 ޕަސަންޓު ރައްކާކުރުމަށް އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށް ވެސް ކްރޮސްރޯޑްސް މޯލްޑިވްސް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި 15 މިނެޓު ކައިރީގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ އެނބޫދޫ ފަޅުގައި އޮންނަ، އިންޑިއާ ކަނޑުގައި ތަރައްގީކުރި ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓަޑް މަންޒިލެވެ.

ކްރޮސްރޯޑްސް ހިންގާ ގްރޫޕް އޮފް ސިންހާ އެސްޓޭޓް ޕީސީއެލްގެ ދަށުން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން، ހާޑްރޮކް ހޮޓެލް މޯލްޑިވްސް، އެސްއޯ މޯލްޑިވްސްގެ އަދި ދަ މެރީނާ އެޓް ކްރޮސްރޯޑްސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox