ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން ސަރުކާރުން ދޮގު ފަތުރައި ނުތަނަވަސްކަަން އުފައްދާކަމުގެ ތުހުމަތު

ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން ސަރުކާރުން ދޮގު ފަތުރައި ނުތަނަވަސްކަަން އުފައްދާކަމުގެ ތުހުމަތު

"ގޭދޮރުވެރިޔާ" ސްކީމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ރައްޔިތުންނަށް އޮޅޭ ގޮތަށް އަނެއްކާ ވެސް ދޮގު މައުލޫމާތު ހާމަކޮށް، ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފި އެވެ.

ގެދޮރުވެރިޔާގެ ފްލެޓު ލިބުނު ބައެއް މީހުންގެ ސޮއިކުރުން ހުއްޓުވުމަށް ފަހު، ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ބައެއް މީހުންނަށް ފްލެޓް ކަނޑައަޅާފައި ނުވަނީސް، 75 އަށްވުރެ މަތިން މާކްސް ލިބުނު ބައެއް މީހުންނަށް ލިބޭ ފްލެޓް ކުރީ ސަރުކާރުން ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ކަނޑައަޅާފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓް ލިބެނީ 76 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވުމަށް ގާތްވެފައި ވާއިރު ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ލިބޭ ފުރިހަމަ ލިސްޓެއް ނެރުމުގެ ބަދަލުގައި އެކި ފަހަރު އެކި ވާހަކަތައް ދައްކަމުންދެ އެވެ.

މިއަދު ނެރުނު ބަޔާނަށް ރައްދު ދެއްވައި އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެއް، ގުރުއަތުގައި ބައިވެރި ނުކޮށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން އިއުލާނެއް ނެރުނީ އަނެއްކާވެސް ރައްޔިތުންނަށް އޮޅުވައިލުމަށް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ މަސައްކަތް ކުރީ ސަރުކާރުން ކުރީ އެއީ ދައުލަތުގެ މަސައްކަތެއްގެ ގޮތުގައި ބަލައިގެން މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނަށް ހުރިހާ މައުލޫމާތަކާއި ކަންކަން އިނގޭނޭހެން ކަމަށާއި، އެގޮތަށް މަސައްކަތް ގެންދިޔައީ ސިޔާސީ ފަރާތްތައް ބަދަލުވީކަމުގައިވީ ނަމަވެސް މިނިސްޓަރީން ކޮށްފައިވާ އެއްވެސް މަސައްކަތެއް ގެއްލިގެން ނުދިއުމުގެ ބޭނުމުގައި ކަމަށް އަކްރަމް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ގެދޮރުވެރިޔާ ސްކީމުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން އެކަހެރިކޮށް ކަންހިނގާފައިވާ ގޮތް ރަނގަޅަށް ނުބަލައި ކަންކަން ކުރަމުން ގެންދިޔުމުގެ ސަބަބުން ގެދޮރުވެރިޔާ ސްކީމުގެ ކަންކަން އޮޅުންބޮޅުން ކޮށްލައި ރައްޔިތުންނަށް އޮޅުންއަރާހެން ދޮގު މައުލޫމާތު ދެމުންދާ ކަމަށް ވެސް އޭ ވިދާޅުވި އެވެ.

"އެހެންކަމުން ގެދޮރުވެރިޔާ ސްކީމު ފަދަ ރައްޔިތުންނާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ކަން ހިނގާފައިވާގޮތް ނުބަލައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ގަސްތުގައި ވިޔަސް އަދި ގަސްތުގައި ނޫންކަމުގައިވީ ނަމަވެސް މައުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" އަކްރަމް ވިދާޅުވި އެވެ.

ފްލެޓު ލިބުމަށް ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން އަނބިމީހާ އަދި ފިރިމީހާއަށް ފްލެޓް ލިބުމުގެ ޝަރުތު ހަމަވެފައިވާނަމަ އެ ފަރާތްތައް ގުރަށް ނުގެންގޮސް އެ ދެ ފަރާތަށް އެއް ފުލެޓް ނުވަތަ އެ ދެ ފަރާތުންކުރެ ކަނޑައަޅާ ފަރާތަކަށް ފްލެޓެއް ދިނުމަށްޓަކައި، ރިޒާވުގައި ފްލެޓް ބަހައްޓައި އަދި އެފަރާތްތަކަކީ ކޮބައިކަން އެނގޭނެހެން ވަކިން ލިސްޓްކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެފަދަ ހާލަތުގައި ކަންކުރާނެ ގޮތް އިއުލާނުކޮށްފައި އޮންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"4000 ފުލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައިވާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އެކަށައަޅާފައިވާ 100 ފްލެޓާއި ދެންނެވި ފަދައިން ދެމަފިރިން ވަކިން ހުށަހަޅައިގެން ޝަރުތު ހަމަވެ، ފުލެޓް ލިބޭ މިންވަރަށް މާކްސް ލިބިފައިވާ ދެމަފިރިންނަށް އެއް ފުލެޓް ހިމެނޭހެން އެ އެފަރާތްތަކަށް ފުލެޓް ހޯލްޑްކުރުމަށް ފަހު،" އަކްރަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ އެއްބަސްވުމުގައި ސޮއިކުރަމުންނެވެ. ނަމަވެސް ސޮއިކުރަން ގަޑި ދީފައިވާ ބައެއް މީހުންގެ އެއްބަސްވުންތައް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox