ރިވައިވަލް އިން މެލޭޝިއާ މުބާރާތެއްގައި ވާދަކުރަނީ

Jul 21, 2025, 2:33 AM
ރިވައިވަލް އިން މެލޭޝިއާ މުބާރާތެއްގައި ވާދަކުރަނީ

ރިވައިވަލް ސްޕޯޓްސް ކްލަބާއި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ހިމެނޭ ސްކޮޑެއް، މެލޭޝިއާގެ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރުމަށް އެ ގައުމަށް ގޮސްފި އެވެ.

ބީޑަބްލިއުއެފް އިން މެއި މަހު 16 ވަނަ ދުވަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމައި، ރާއްޖެ ސަސްޕެންޑްކުރިކަން އަންގައި، އިއުލާނުކުރީ އެ މަހު 20 ވަނަ ދުވަހު އެވެ.

ބީއޭއެމް ސަސްޕެންޑްކުރިކަން އަންގައި، ބީޑަބްލިއުއެފް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ސަސްޕެންޝަނުގައި މި އޮތް މުއްދަތުގައި، ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފް އިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ.

އަދި، ބީޑަބްލިއުއެފް އިން މަސައްކަތް ކުރަމުންދަނީ، އެންމެ ފަހުން ބީއޭއެމްގައި އޮތް އިންތިހާބީ ހިންގާ ކޮމިޓީ އާއި އޮލިމްޕިކް ކޮމިޓީ އަދި ސަރުކާރު ގުޅިގެން، ސަސްޕެންޝަން ހާލަތުން ރާއްޖެ އަރައިގަތުމަށް ކަމަށެވެ. ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުގައި ވާދަކުރަން އެންޓްްރީ ހަދައި، ބައިވެރިވުން ޔަގީންކޮށްފައި އޮތް ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ބާކީކޮށްފަ އެވެ.

އޭގެ ފަހުން، އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކޮށް، ފިޓްނަސް ރަނގަޅަށް ދެމެހެއްޓުމަށްޓަކައި، މި މަހު 25-27 އަށް މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށްދާ، އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާނީ، ރިވައިވަލްގެ ކޮންޓްރެކްޓްގައި ހުރި، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ހަސަން ޒަޔާން މުހައްމަދު އަދި ގައުމީ ސްކޮޑުގައި ހިމެނޭ އަދި ރިވައިވަލްއާ އެކު، ގިނަ މުބާރާތްތަކެއް ކުޅޭ، އައިމިނަތު ނަބީހާ އާއި ފާތުމަތު ނަބާހާ އެވެ.

މި ސްކޮޑާ އެކު، ރިވައިވަލްގެ ކޯޗު، ނަޝްފާން މުހައްމަދު ވެސް ވަނީ ދަތުރުކޮށްފަ އެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ އަށް ދީފައި އޮތް ސަސްޕެންޝަން ހާލަތު އެއްކޮށް އުވައިނުލި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިންނަށް ބީޑަބްލިއުއެފް ރުހުން ދޭ މުބާރާތްތަކުގައި ކުޅެވޭ ގޮތަށް ލުޔެއް ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox