ރިވައިވަލް ބެޑްމިންޓަން ސްޓޭޑިއަމް: ކްލަބް އާ އުސްމިނަކާ ދިމާލަށް

Jul 18, 2025, 8:26 AM
ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކޯޓު މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކޯޓު މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ދެމެހެއްޓެނި ގޮތެއްގައި ކްލަބް ކުރިއަށް ގެންދިއުމުގެ ހާއްސަ އަމާޒާ އެކު، އަމިއްލަ ފައި މައްޗަށް ތެދުވެ، ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވާސިލްވުމަށް ހަތަރު ވަރަކަށް އަހަރުގެ މަސައްކަތުން ރިވައިވަލް ސްޕޯޓްސް ކްލަބުން ގާއިމްކުރި ސްޓޭޑިއަމްގެ ކަންކަން ނިމުމަކާ ހަމައަށް އަތުވެއްޖެ އެވެ.

ނުރަސްމީ ގޮތެއްގައި، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ސްޓޭޑިއަމް ހުޅުވި، އާންމުންނަށް ބުކް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފައުންޑަރު، ޒަޔާން ޒަކީ، ބުނީ، މި ގޮތަށް ފެސިލީޓީއެއް ގާއިމްކުރަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ، ކްލަބްގެ ދުރު ރާސްތާ ވިސްނުމަށް ބަލާއިރު މިއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފެނިގެންދާތީ ކަމަށެވެ.

ހަތަރު އަހަރުގެ މަސައްކަތުން ރިވައިވަލް ސްޕޯޓްސް ކްލަބުން ޕްލޭންކޮށްގެން ހަގީގަތަކަށް ހެދި ކޯޓު ފެސިލިޓީ އަކީ ރެކްރިއޭޝަން ލެވަލްގައި ކުޅެލަން ފުރިހަމަ ތަނެއް.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

"އެންމެ ބޮޑު ސަބަބަކީ އެކުވެނި ކޯޓު އެކަނި މި އޮންނަނީ އަޅުގަނޑުމެން ޕްރެކްޓިސް ކުރަން. ކްލަބްގެ މެއިން ޓާގެޓަކީ، އިންޓަނޭޝަނަލް މެޑަލް ހޯދުން ކަމަށްވާތީވެ، ގައުމަށް ރީތި ނަން ހޯދުން ކަަމަށްވާތީ، ވަރަށް ބޮޑު ލިމިޓޭޝަނެއް އެއީ އެންމެ ފެސިލިޓީއެއް އޮންނާތީ ދެ އިރު ޕްރެކްޓިސް ކޮށްލަން ވެސް ގިނަ ފަަހަރު ނުލިބޭ. އެހެންވެ ވަރަށް ކުރިއްސުރެން ވެސް ޕްލޭން ކުރަމުން އައި ކަމެއް އަމިއްލަ ފެސިލިޓީއެއް ހެދުން، އިރާދަކުރެއްވީތީ މި އޮތީ ފެސިލީޓީ އޯޕަން ކުރާ ދުވަހާ ހަމައަށް އައިސްފައި އެހެންވީމަ ކުޅުންތެރިންނަށް ވެސް ލިބޭނެ އޮޕޮޗޮއުނިޓީއެއް މިއީ،" ޒަޔާން ބުންޏެެވެ.

މީގެ ހަ އަހަރު ކުރިން ވުޖޫދުވި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ދުރު ރާސްތާ ޓާގެޓަކަށް ވެފައި އޮތް މައިގަނޑު ކަމަކީ، މާލީ ގޮތުން ބަލާއިރު ވެސް ދެމެހެއްޓެނިވި ގޮތެއްގައި ހުނަރު ޑިވެލޮޮޕްކުރުމާއި ގައުމަށް ރީތި ނަން ހޯދައިދޭނެ އެތުލީޓުން ބިނާކުރުމެވެ. އެ އަށް އެންމެ ބޮޑު ބާރެއް ލިބެން އޮތް ކަމަކީ، އަމިއްލަ ފައި މައްޗަށް ތެދުވެގެން ކުރިއަށްދާ ކްލަބަކަށް ވުމެވެ.

ރިވައިވަލް ސްޕޯޓްސްގެ ފެސިލިޓީގައި ނަމާދު ކުރުމަށް ހާއްސަ ކުރެވިފައިވާ ރޫމެއް ވެސް ވަނީ ހިމަނައިފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

"ހަމައެކަނި ސްޕޮންސަރުންނަށް ބަރޯސާނުވެ، ކްލަބުން ހޯދާ އެއްޗަކުން ކުރިއަށްދާ ބަޔެއްގެ ގޮތުގައި ކުރިއަށް ދިއުން ވިސްނުމަކަށް ވެފައި އޮތީ. ކްލަބްގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުުވާމީ ލެވަލްގައި މެޑަލް ހޯދުން ކަމަށްވާއިރު، އެކަން ހާސިލްކުރަން ބޭނުންވާ ފަންޑާއި އެހެނިގެން ކަންކަމަށް މި ފެސިލިޓީ (ސްޓޭޑިއަމް)ގެ ސަބަބުން ފަސޭހަ ވެގެންދާނެ." ޒަޔާން ކިޔައިދިނެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ރާވާފައި އޮތް ގޮތުން، ކްލަބްގެ ވެބްސައިޓް މެދުވެރިކޮށް، ކޮންމެ މީހަކަށް ވެސް އެކި ޕެކޭޖްތައް ބަލާލައި، އެންމެ ބޭނުންވާ ވަގުތުތައް ދުރާލައި ބުކް ކުރެވޭނެ އެވެ. އަދި، ވަކި ރޭޓްތަކެއް އެކި ކަންކަމަށް ކަނޑައަޅާފައިވާއިރު، ކްލަބްތަކާއި އޮފީސްތަކަށް ކޯޕަރޭޓް ޕެކޭޖްތަކެއް ވެސް ވަނީ ހިމެނިފަ އެވެ. އަދި، އެޑްވާންސްކޮށް މަހަކު އެއް ފަހަރު ބުކް ކުރާ ގޮތަށް ރޭވުމުގެ ފުރުސަތު ވެސް ރިވައިވަލް އިން ވަނީ ތަނަވަސްކޮށްދީފަ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ނައިބު ރައީސް ކަމަށް މީގެ ހަތް މަސް ކުރިން ހަވާލުވި، ހުސެއިން ރައުޝާން ވިދާޅުވީ ރިވައިވަލް އިން މި ފެސިލިޓީ ހުޅުވުމުގެ އެއް މަގުސަދުގެ ތެރޭގައި އެބަހިމެނެނީ ކްލަބް މެދުވެރިވެ، ކޮމިއުނިޓީ އަށް ކޮންމެ ވެސް ކަހަލަ ކަމެއް ކޮށްދިނުން ކަމަށެެވެ.

"އަޅުގަނޑުމެން މީނީ، ކްލަބް، ވެސް ކޯޕަރޭޓް ޕެކޭޖްތަކަށާ އެކީގައި އާންމު ކޮންމެ ރައްޔިތަކަށް ވެސް ކޯޓު ބޭނުންކުރެވޭ ގޮތަށް، ދެން، އަޅުގަނޑުމެން ވެސް ކްލަބުން ހާސިލްވެފައި އޮތް ކަންކަމަށް ބަލާއިރު ހާއްސަކޮށް ބެޑްމިންޓަން ކޮމިއުނިޓީ އަށް ހާއްސަކޮށް ކޮންމެވެސް ކަހަލަ ފައިދާތަކެއް ކޮށްދެވޭތޯ މި ބަލަނީ، މުބާރާތްތައް ބާއްވަން ވެސް މި ތަން ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފައި. އަޅުގަނޑުމެންގެ ވެބްސައިޓުން ފުދޭ ވަރަކަށް ޔޫޒާ ފްރެންޑްލީކޮށް، މުބާރާތްތަކަށާއި، އިންޑިވިޖުއަލީ ވެސް ބުކް ކުރެވޭ ގޮތަށް މީނދީ،" ރައުޝާން ވިދާޅުވި އެވެ.

ކޯޕަރޭޓް ޕެކޭޖްތަކެއް މެދުވެރިކޮށް އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް ކުޅެން އާދެވޭނެ ގޮތްތަކެއް ރިވައިވަލް އިން ވަނީ ފަހިކޮށްދީފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ރިވައިވަލްގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކި މަސައްކަތްތަކުގައި ޝާމިލްވަމުން އަންނަ ރައުޝާން ވިދާޅުވީ އެ ކްލަބުން ދެކޭ ގޮތުގައި، ކޮންމެ ކްލަބަކުން ވެސް ކޮންމެ ޖަމިއްޔާ އަކުން ވެސް ރޭވުންތެރިކަމާ އެކު ކުރިއަށްގޮސްފިނަމަ ބޮޑެތި ކަންކަން ހާސިލްކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ކްލަބް އުފެދިގެން އައިއިރު ގާތްގަނޑަކަށް މި ކަމަށް ރީޗްވާން ނަގައިފި، ތިނެއް ނޫނީ ހަތަރު އަހަރު. އެހެންވީމަ، މި ތިން ހަތަރު ތެރޭގައި، ވަރަށް ގިނަ މީޓިން ބާއްވައި، ވަރަށް ގިނަ ބޭފުޅުންނާ ބައްދަލުކޮށް، މި ކަމާ ބެހޭ ވަރަށް ގިނަ އެކްސްޕާޓުންނާ ވާހަކަ ދައްކައިގެން މި ހިސާބަށް އާދެވުނީ،" ރައުޝާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ފެސިލިޓީން ރެއިސްކުރާ ކޮންމެ ފަންޑެއް ވެސް ޔޫސް ކުރެވިގެންދާނީ. އެތުލީޓުންގެ ޑިވެލޮޕްމަންޓަށް އަދި ކްލަބުން ބޭނުންވާ ގޯލް ރީޗް ކުރުމަށް،"

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފެސިލިޓީ އަކީ ރާއްޖޭގެ ކުޅިވަރު ކްލަބަކުން ގްރޭޓާ މާލެ ސަރަހައްދުގައި މި ގޮތަށް އިސްނަގައިގެން ކުރި ފުރަތަމަ މަސައްކަތް.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އެ ގޮތުން، ރިވައިވަލް ސްޓޭޑިއަމް އާންމުންނަށް ދޫކުރާއިރު، ލިބޭ ހުރިހާ ފަންޑެއް ބޭނުންކުރާނީ، ރިވައިވަލްގެ އެތުލީޓުންގެ ޑިވެލޮޕްމަންޓަށެވެ. އޭގެ ތެރޭގައި، އެތުލީޓުންށް ދޭން ޖެހޭ ތަމްރީނު ދިނުމާއި ދެން، ކްލަބްގެ އެހެނިހެން ބޭނުންވާ ޓާގެޓް ހާސިލްކުރަން ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް މި ފަންޑް ބޭނުންކުރާނެ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ވެބްސައިޓް ބުކިން ޕޯޓަލް ލިންކް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox