ބިހެއް އަޅާފައި ކުކުޅު އެވަރަށް ހަޅޭލަވަނީ ކީއްވެ؟

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ތިރީގައިވާ ހަ ބަހުގެ ރައިވަރަށް ފިކުރެއް ދޭށެވެ.

titledesc

ރައިވަރުގައި އެ ވަނީ ބިސް އެޅުމަށްފަހު ވެލަޔާއި، ކުކުޅު އަމަލު ކުރާ ގޮތުގެ ވާހަކަ އެވެ. ކުކުޅު އެންމެ ބިހެއް އެޅިޔަސް، އެކަން އިއުލާނުކުރެ އެވެ. ގޮނޑުދޮށަށް ބިސް އަޅާ ވެލާ ތަފާތެވެ. ހިލަވަޅު އޮބުމުން ގޮނޑުދޮށަށް އަރައި ގޮނެއް ފުރައި ބިސް އަޅާފައި ފައިބައިގެން އެދަނީ އަޑެއް ލައްވައި ނުލަ އެވެ.

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މިސާލު ޖެހެމުން އަންނަ ކަމެކެވެ. ބުއްދިވެރި ބުނުންތަކާއި ނަސޭހަތްތަކުގައި ކިޔައި އުޅޭ، އަޅުގަނޑުމެން އެންމެން ފަރިތަ މިސާލެކެވެ. 'އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އުޅޭހެން ނޫޅޭށޭ' ބުނާ ބުނުމާއި، 'ރަން ބިހެއް އެޅިގެން އުޅުމޭ' ބުނާ މިސާލު ބަސްތައް އުފެދިފައި ހުރީ ކުކުޅުގެ މި މިޒާޖުގެ މައްޗަށް ފިކުރު ހިންގުމުގެ ތެރެއިންނެވެ.

ކުކުޅުގެ ތަބީއަތަކީ ބިސް އެޅުމަށްފަހު އަޑުހަރުކޮށް އެކަން އިއުލާނުކުރުމެވެ. މިކަމުން ލިބެނީ ވެސް ކޮޅު ކެއްސެވެ. ގެންގުޅޭ ކުކުޅު އާދަޔާ ހިލާފަށް ކުކުރާން ފެށުމުން މިސޮރު މި އުޅެނީ ބިހެއް އަޅައިގެންކަން އެންމެންނަށް އެނގޭނެ އެވެ. ނޭނގޭނީ ބިސް އެޅި ހާލި ހުރީ ކޮންތަނެއްގައި ކަމެވެ. ދެން އެވީ ބިސް މަޅި ދުއްވާށެވެ. ބިސްމަޅި ދުއްވުމަކީ ކުކުޅެއްގެ ބިސްހާލި ހޯދުމަށް ކުކުޅުގެ ފައިގައި ދިގު ރޯނުގަނޑެއް ޖަހައި ދޫކޮށްފައި، އެ ސޮރު ވަންނަ ތަނެއް ބަލާން ފަހަތުން ހިނގުމެވެ. ބިސް ފެނުނީމާ... ފީކުރަން ބާއްވަފާނެ އެވެ. އެހެން ނޫނީ އެއީ އެދުވަހުގެ ނާސްތާ އެވެ.

ބިހެއް އަޅާފައި ހަޅޭލަވަން ހެދީމާ ކޮންމެ ފަހަރަކު ލިބެނީ ކޮޅުކެހިކަން ކުކުޅަށް ދަސްވާހާ ދުވަސްވެއްޖެ ނޫންހެއްޔެވެ. އެކަމަކު ވެސް އެސޮރުގެ އާދަ ބަދަލެއް ނުކުރެ އެވެ. ކީއްވެގެންބާ އެވެ. ދުނިޔޭގައި އިންސާނުން އުޅެ މިވީ މުއްދަތުގައި މިކަމުގެ މައްޗަށް ވެސް އިންސާނުން ފިކުރުކޮށް ދިރާސާކޮށްފި އެވެ. ކުރާނޭ އެހެން ކަމެއް ނެތިގެނެއް ނޫނެވެ. މިއީ ވަށައިގެންވާ މާހައުލު ދަސްކުރުމުގެ ތެރެއިން އުނގެނިފައި ހުރި އިލްމުތަކެވެ.

ކުކުޅު ބިސް އެޅުމަށްފަހު ހަޅޭލަވަނީ ކީއްވެގެންތޯއާމެދު ހެދުނު ދިރާސާތަކުގައި ދެތިން ނަޒަރިއްޔާއެއް ފާހަގަކުރެވިފައި ވެއެވެ. ޖަނަވާރުންގެ ބަސްމަގު ދިރާސާކުރާ ސައިންސްވެރިޔާ ޑީ.އީ.މެކްބްރައިޑް 1962 ގައި 'ބިހޭވިއަރ' ގެ ވޮލިއުމް 9 ގައި މިކަމާމެދު އޭނާ ދެކޭގޮތް ލިޔެފައި ވެއެވެ. ބިހެއް އަޅާފައި ކުކުޅު ލަވާ ހަޅޭކަށް އޭނާ ދިން ނަމަކީ 'އެގް ސޯންގް' އެވެ. ނުވަތަ ބިހު ލަވަ އެވެ. އޭނާ ދެކޭގޮތުގައި ކުކުޅު މިކަމެއް ކުރަނީ އެސޮރުގެ ހާލި ހުރީ ކޮންތަނެއްގައިކަން އެހެން ކުކުޅުތަކަށް އިޝާރާތްކުރުމަށެވެ. އެއީ ހާލިތައް ހިމާޔަތްކުރުމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮންނާތީ ތޯއްޗެކެވެ.

ދެވަނަ ނަޒަރިއްޔާގައި ބުނަނީ އެއީ ޑިސްޕްލޭސްމަންޓް ބިހޭވިއަރ ނުވަތަ 'ބަދަލު އަމަލު' ގެ ތެރެއިން އަންނަ ޖަޒުބާތުގެ ނަތީޖާ ކަމަށެވެ.' މާނައަކީ، ކުކުޅުގެ ކުކުރުމާއި ބިސް އެޅުމާ ސީދާ ގޮތުން ގުޅުމެއް ނެތް ކަމެވެ. ކުކުރަނީކީ ބިހެއް އެޅުމަށްފަހު އެކަން އިއުލާނު ކުރާކަށް ނޫނެވެ. އެހެންނަމަވެސް، އެއީ ބިސް އެޅުމުގެ ވޭނާއި ތަހައްމަލުކުރި އުނދަގޫތަކުގެ އުދާސް ބޭރުކޮށްލާ ގޮތް ކަމަށް ވެދާނޭކަމަށް ސައިންސްވެރިން ދެކެ އެވެ.

ތިންވަނަ ނަޒަރިއްޔާގައި ބުނަނީ، ކުކުޅުގެ ކުކުރުމަކީ އެސޮރު ކުރާ ނިކަން ބުއްދިވެރި އަމަލެއް ކަމުގަ އެވެ. މި ނަޒަރިއްޔާގައި ބުނާ ގޮތުން ކުކުޅު ކުކުރާން ފަށަނީ ބިސް އެޅުމަށްފަހު ހާއްޔާ ދުރަށް ގޮހެވެ. ބޭނުމަކީ ބިސް އެޅީ ކޮންތަނަކަށްކަން ސިއްރުކުރުމެވެ. ހާއްޔަށް ކަޅިއަޅާނޭ ލޯތަކަށާއި ހަމަލާދީފާނޭ އަތްތަކަށް ހާލި ފޮރުވުމެވެ. އެކަމަކު އެ ކުކުރުމުގެ ސަބަބުން މި ވީހައި ދުވަހަކު ކުކަޅަކަށް ފައިދާއެއް ވީ ކަމެއް އެނގިފައެއް ނެތެވެ. ވީނަމަ ވެފައި އޮތީ ގެއްލުމެކެވެ.

ބިސްއަޅާ ޖަނަވާރުންގެ ތެރެއިން ކުކުޅު ނޫން އެހެން ޖަނަވާރުންގެ ކިބައިން ވެސް މި ތަބީއަތް ފެނެ އެވެ. ބައެއް އެހެން ދޫނިތަކާއި، ކިނބުލާއި ހަރުފައިގެ ކިބައިން ވެސް މި ތަބީއަތް ފެނެ އެވެ. އެހެންނަމަވެސް މިކަމުގައި އެންމެ ބޮޑު ބަދުނާމެއް ރައްދުވެފައި އޮތީ ކުކުޅަށެވެ.

ކުކުޅުގެ މި ފިތުރަތުގެ ސަބަބުން ދިވެހި ބަހަށް މުއްސަނދި ކަމެއް ލިބިއްޖެ އެވެ. އުފެދުނު މިސާލު ބަހެއްގެ ސަބަބުންނެވެ. އައު ކުކުޅަކަށް ގައު ބިހެއް އެޅުމޭ ބުނާ މިސާލު ބަހެވެ. އިންސާނީ ދިރިއުޅުމަށް ނިސްބަތްކުރާއިރު މިކަހަލަ ކިތައް ކިތައް ކުކުޅު ކޮންމެ ދުވަހަކު އެބަ ފެނޭ ހެއްޔެވެ. ކުޑަކުޑަ އެންމެ ބިހެއް އަޅާފައި އެލަވާ ހަޅޭކެކެވެ. ހައްސަ އަޅާފައި ހިމޭންކަމާއެކު ދިޔަ ވެލާ އެއޮތީ އެމަންޒަރު ދެކި ބަނޑަށް ހޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox