އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫ ދެ ވަނަ ދައުރަަކަށް އައްޔަނުކޮށްފި

Jul 14, 2025, 2:33 AM
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫ ދެ ވަނަ ދައުރަަކަށް އައްޔަނުކޮށްފި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ)، ދެ ވަނަ ދައުރަކަށް ރޭ އައްޔަނުކޮށްފި އެވެ.

އޮޮލިމްޕިކް ކޮމިޓީން ރޭ އިއުލާނުކުރި ގޮތުގައި، 2025 އިން 2029 އަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާނީ ކުރިން ވެސް އެ ޒިންމާ އަދާކުރަމުން އައި، ތަމޫ ކަމަށާއި ފައިނޭންޝިއަލް ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ކުރިން އެ މަގާމުގައި ހުރި، އިބްރާހިމް އަޒޫރު ކަމަށެވެ. މިދިޔަ ދައުރުގައި، އަޒޫރު އެ މަގާމަށް ހަމަޖެއްސީ، ހުސެއިން ރަޝީދު (ހުސެން) ވަކިވި ފަހުންނެވެ.

މިދިޔަ މަހު ދެ ވަނަ ދުވަހު، އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރައްވައި، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ އިތުރު ދައުރަކަށް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ކުރިން ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ތަމޫ އަކީ، ގިނަ އަހަރުތަކެއް ވަންދެން ސްޕޯޓްސް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތަކަށް ބަލާއިރު، އޮލިމްޕިކް ކޮމިޓީގެ ފަރާތުން ގިނަ ކަންކަމުގައި އެކްޓިވްކޮށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ.

އޮލިމްޕިކް ކޮމިޓީގެ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ޒިންމާއާ މީގެ ހަތަރު އަހަރު ކުރިން ހަވާލުވުމުގެ ކުރިން، ތަމޫ ވަނީ، ހާއްސަކޮށް ބައިނަލްއަގުވާމީ ގޭމްސްތަކުގައި ރާއްޖޭން ބައިވެރިވާ ޑެލިގޭޝަންތަކުގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ. މިހާރު ވެސްް އޮލިމްޕިކް ކޮމިޓީގެ ސްޓާފުންނާ ގުޅިގެން، އިސްކޮށް ތަމޫގެ ރޯލު ވަރަށް ބޮޑަށް ފެނިގެންދެ އެވެ. އޮލިމްޕިކް ކޮމިޓީގައި މިހާތަނަށް ފުރާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮގްރާމް ކޯޑިނޭޓަރުގެ އިތުރުން ޑިރެކްޓާ ޖެނެރަލްގެ މަގާމު ހިމެނެ އެވެ.

ތަމޫ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ 2009 އިން 2011 ވަނަ އަހަރުގެ ނިޔަލަށެެވެ. އޭގެ ފަހުން އޭނާ މައިގަނޑުކޮށް ފެނިގެންދަނީ އޮލިމްޕިކް ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އިސް ފަރާތެއްގެ ހައިސިއްޔަތުންނެވެ.

ސެކްރެޓަރީ ޖެނެރަލްގެ ފުރަތަމަ ދައުރުގެ ތެރޭގައި، ތަމޫ ވަނީ އެސޯސިއޭޝަންތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެ ގޮތުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި، ރާއްޖޭން ބައިނަލްއަގުވާމީ ކުޅިވަރުގެ އެކި މުބާރާތްތަކުގައި ވާދަކުރިއިރު، އިންޓަނޭޝަނަލް ފެޑެރޭޝަންތަކާ އެކު، ރާއްޖެ އަށް އިތުރު ފުރުސަތުތައް ހޯދުމާއި، ގުޅުން ބަދަހިކުރުމަށް ގިނަގޮތްގޮތުން މަސައްކަތް ކުރެއްވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމަށް މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު އިސްމާއިލް އާއި އަހުމަދު މުންތަގިމް (މުންތޭ) އިތުރު ދައުރަކަށް ވަނީ އިންތިހާބުވެފަ އެވެ. އަހުމަދުގެ ނަން ނޮމިނޭޓްކުރީ، ހޭންޑްބޯލް މޯލްޑިވްސް އިންނެވެ. އަދި، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުންތަގިމްގެ ނޮމިނޭޝަން އައީ ޗެސް އެސޯސިއޭޝަނުންނެވެ.

އޮޮލިމްޕިކް ކޮމިޓީ އިންތިހާބުގައި، އޮލިމްޕިކް ސްޕޯޓްސްގެ ގޮޑިތައް ކާމިޔާބުކޮށް، މެމްބަރުކަން ކުރައްވަމުން އަންނަނީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފަރާތުން އަހުމަދު ހުސެއިން (ދޮނާ)، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ޔޫސުފް ރިޒާ، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އަހުމަދު އާދަމް (އެޑަމް)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުހައްމަދު ލަތީފް، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މުހައްމަދު ސޮބާހު (ޗޭ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަލީ ރަޝީދު (އައްޔަ) އެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ ޖާގައިގައި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިބްރާހިމް ހަމީދު (އިއްބެ) އާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަހުމަދު ނާސިފްގެ އިތުރުން، އަންހެން ދެ މެމްބަރުންގެ ޖާގަ ލިބުނީ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފަޒްނާ ޖަލީލް އާއި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އައިޝަތު ހަނާން އަންނަނީ ހިންގާ ކޮމިޓީގައި މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އެތުލީޓްސް ކޮމިޝަން ހިންގާ ކޮމިޓީގައި ތަމްސީލްކުރާ މެމްބަރަކީ، ނަޝްފާ އާމިރާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox