ބީއެމްއެލްއިން ބުނި ގޮތާ ހިލާފަށް ޖޫން 30 ގައި ޖެހި އޯޑަރުތަކުން 30 ޕަސެންޓުގެ ފީ ނެގި މައްސަލަތަކެއް

ބީއެމްއެލްގެ ސީއީއޯ ޝަރީފް. އެ ބޭންކުން މިއަދު ގެނައި ބަދަލުތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން --- ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގެ ސީއީއޯ ޝަރީފް. އެ ބޭންކުން މިއަދު ގެނައި ބަދަލުތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން --- ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ފަށަން ނިންމާ އެކަން އިއުލާނުކުރި ދުވަހު ޖެހި އޯޑަރުތަކުން ވެސް އެ ފީ ނެގި މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ބީއެމްއެލް އިން މި ފީ ނަގާނެކަން އިއުލާނުކުރީ ޖޫން 30، ގަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ކުރާ ވިޔަފާރިތަކުން ފީ ނަގަން ފަށާނީ ޖުލައި 1، އިން ފެށިގެން ކަމަށެވެ.

ނަމަވެސް، މި ނޫހާ ވާހަކަ ދެއްކި އާންމުންގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި ޖޫން 30، ގެ ދުވާލު އަދި އެ ރޭ ޖެހި އޯޑަރުތަކުން 30 ޕަސެންޓު ވަނީ ނަގާފަ އެވެ. މީގެ ތެރޭގައި ފަހު ދުވަހު ޝެއިން އޯޑަރު ކުރި ރާއްޖޭގައި އޮންލައިން ވިޔަފާރި ކުރާ ބައެއް މީހުން ވެސް ހިމެނެ އެވެ.

މި ނޫހާ ވާހަ ކަދެއްކި އެކަކު ބުނި ގޮތުގައި އެ ރޭ ޖެހި އޯޑަރުތައް ބޭންކުން ޕެންޑިން ގައި ބެހެއްޓުމަށްފަހު އެ ރޭ ދަންވަރު ޕްރޮސެސްކުރީ 30 ޕަސެންޓު ފީ އާ އެކު އެވެ. މިކަމާ ގުޅިގެން ބައެއް މީހުންނަށް އެތައް ހާސް ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ.

"ބޭންކުން ބުނަނީ އޮޅިގެންނޭ. ދެތިން ދުވަސް ފަހު ރިޓާން ކޮށްދޭނަމޭ. އެއީ އަހަރެން ގުޅައިގެން އެއްޗެހި ކީމަ. ކިތައް މީހުން ހުންނާނެ މިހެން ނޭގި އެ ދުވަހު އޯޑަރުން ފީ ނަގާފަ،" މި ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް އެ ދުވަހު އޯޑަރު ޖެހި ބައެއް މީހުން ބޭންކަށް ގުޅުމުން އެއީ އޮޅިގެން ވީ ކަމެއް ކަމަށާއި ފައިސާ އަނބުރާ ދޭނެ ކަމަށް ބުނެފައިވާ ކަމަށް އެ މީހުން ބުންޏެވެ.

މި ފީ ނަގަން ފެށުމާއެކު އާންމުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ގިނަ ބަޔަކު އަންނަނީ ބީއެމްއެލް އާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. ބޭންކަކީ ސްކޭމެއް ކަމަށް ވެސް ބުނަމުންނެވެ.

ބީއެމްއެލްގެ ނިންމުމާ ދެކޮޅަށް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ބީއެމްއެލްގެ ނިންމުމަކީ ކުދި ވިޔަފާރިތައް ކުރާ މީހުންނަށާއި އަމިއްލަ ބޭނުމަށް ބޭރުން ތަކެތި ގަންނަ މީހުންނަށް ހުރަސް އެޅުމަށް ކުރި ކަމެއް ކަމަށެވެ. އަދި އެ ނިންމުން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް އެމީހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox