ފެސިލިޓީ ތަރައްގީކޮށް އޭދަފުށީގެ މިސްރާބު ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތްތަައް ބޭއްވުމަށް

ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބްރާންޗުގެ، ރައީސް، އަދި ކުރީގެ ކުޅުންތެރިޔާ، މުހައްމަދު އިކްރާމް

ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބްރާންޗުގެ، ރައީސް، އަދި ކުރީގެ ކުޅުންތެރިޔާ، މުހައްމަދު އިކްރާމް

ބ. އޭދަފުށީ ބެޑްމިންޓަން ކުޅެން އޮތް ފެސިލިޓީ އިތުރަށް ތަރައްގީކޮށް، ބައިނަލްއަގުވާމީ މުބާރާތް ބޭއްވުމަކީ މުސްތަގުބަލަށް އޮތް އެންމެ ބޮޑު އަމާޒުކަމުގައި، ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބްރާންޗުގެ، ރައީސް، މުހައްމަދު އިކްރާމް ވިދާޅުވެއްޖެ އެވެ.

މީގެ އަހަރެއް ކުރިން އޭދަފުށިން ރިވައިވަލްއާ ގުޅިގެން، އެ ރަށުގައި ފެށި މަސައްކަތާ އެކު، އެ ރަށުގައި ޓްރެއިނިން ކުރިއަށް ގެންދިއުމުގެ އިތުރުން، ޖޫނިއާ މުބާރާތްތައް ވަނީ މިހާތަނަށް ހޯސްޓްކޮށްފަ އެވެ. އަދި، ރިސޯޓް ސެކްޓާ އަށް ހާއްސަކޮށް ވެސް މުބާރާތެއް ބޭއްވި އެވެ.

އެ ގޮތުން، ރިވައިވަލް ސްޕޯޓްސް ކްލަބާއި ރިވައިވަލް އޭދަފުށިން އިންތިޒާމުކޮށްގެން އޭދަފުށީގައި ކުރިއަށްގެންދާ ޖޫނިއާ މުބާރާތް، "ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން" ގެ ދެ ވަނަ އެޑިޝަން ކާމިޔާބު ކަމާ އެކު ވަނީ ނިންމާލައިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި އިކުރާމް ވިދާޅުވީ، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދިޔައިރު، މި ފަހަރު 200 އަށް ވުރެ ގިނަ އެންޓްރީސް ލިބުން އެއީ ކާމިޔާބެއް ކަމަށެވެ.

އަދި، އައްޑޫ ސިޓީ އާއި ޅ. ނައިފަރު އަދި މާލޭން ކުޅުންތެރިން އައިސް ބައިވެރިވުމަކީ މި ކާމިޔާބީ ފުރިހަމަ ކަމެއްގެ ގޮތުގައި ބެލެވޭ އެއް ސަބަބު ކަމަށް ފާހަގަކުރެއްވި އެވެ.

"މުސްތަގުބަލަށް އޮތް އެންމެ ބޮޑު ޕްލޭނަކީ، މި ފެސިލިޓީ އިތުރަށް ތަރައްގީވުން އެއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. މިހާރު ފެހި ސިގްނަލް ލިބިފައި އޮތީ، މި އަހަރު ފަހުކޮޅު، ނޫނީ މި އަންނަ އަހަރު ކުރީކޮޅު، ހަތަރު ކޯޓުގެ ބެޑްމިންޓަން ހޯލެއް ލިބިގެންދާނެ ކަމަށް، ގާތްގަނޑަކަށް އޮތީ ޔަގީންވެފައި،" އިކުރާމް ވިދާޅުވި އެވެ.

"ދެން، އެ ތަން (އާ ފެސިލިޓީ) އަޅުގަނމެންނަށް ލިބުން ވެގެންދާނީ، އުންމީދުކުރަނީ، ހަމަ އިންގިލާބީ ބަަދަލެއް ބެޑްމިންޓަނަށް ލިބިގެންދާނެ ކަމަށް. އުންމީދުކުރަނީ، އެ ފަދަ ޓްރެއިނިން ސެންޓަރެއް ލިބިއްޖިއްޔާ، ލިބޭނެ ކަން ވަރަށް ޔަގީން، އިންޓަނޭޝަނަލް ފެންވަރު މުބާރާތް ބޭއްވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރަން، ދެން، މުޅި ދިވެހިރާއްޖޭގެ ބެޑްމިންޓަނަށް ވެސް ލިބޭނެ ކުރިއެރުމެކޭ ދަންނަވާނީ ޖުމްލަކޮށް،"

ރިވައިވަލް ސްޕޯޓްސްއާ ގުޅިގެން، އޭދަފުށީގައި މިހާތަނަށް ކުރެވުނު މަސައްކަތުން ލިބުނު ކާމިޔާބު ބޮޑުކަަމަށް އިކުރާމް ވިދާޅުވި އެވެ. އެ ގޮތުން، ކުރިއެރުންތަކަށް އަޅާކިޔާއިރު، ކޮންމެ މުބާރާތެއްގައި ލިބޭ ކުރިއެރުން، އޭގެ ކުރިން ބައިވެރިވި މުބާރާތަކަށް ވުރެ ރަނގަޅު ކަމަށް އިކުރާމް ވިދާޅުވި އެވެ.

އެ ގޮތުން، މި ފަހަރުގެ ޖޫނިއާ އޯޕަންގައި، އޭދަފުށީ އެކަޑަމީން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފަ އެވެ. އެ ގޮތުން، ސިންގަލްސް އާއި ޑަބަލްސް މެޑަލްތަކުގެ ވަކިވަކި މެޑަލް ނަމްބަރަށް ބަލާއިރު، ޖުމްލަ އެކު، 79 މެޑަލް ހޯދިއިރު، އޭގެ ތެރޭގައި، 19 ރަން މެޑަލް ހިމެނެ އެވެ. އަދި، 23 ރިހި މެޑަލް އަދި 37 ލޯ މެޑަލް ހޯދި އެވެ.

މިދިޔަ ދެ އަަހަރު އޭދަފުށީގެ ބެޑްމިންޓަނަށް އެ ލިބުނު ކުރިއެރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ، ބިދޭސީ ކޯޗު ޕްރަކާޝް ކަމަށް އިކުރާމް ވަނީ ވިދާޅުވެފަ އެވެ.

ކޮންޓްރެކްޓް ހަމަކޮށްފައި، އަންނަ މަހު، ކޯޗު ޕްރަކާޝް ފުރައިގެންދާއިރު، އޭނާގެ މަސައްކަތުން ގިނަ ކުޅުންތެރިންތަކެއް ކުރިއަރާފައިވާކަން އިކުރާމް ފާހަގަކުރެއްވި އެވެ.

"ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން"ގެ އެކި ކެޓަގަރީތަކުގެ ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް ރާއްޖޭން ބޭރުން ޓްރެއިނިން ހިލޭ ލިބޭ ފުރުސަތެއް އޮތީ ފަހިކޮށްދީފަ އެވެ. އެ ގޮތުން، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ ފައިނަލިސްޓުންނަށް އިންޑިއާގެ އޮޑިޝާގެ ބިބާސް ޕަރީދާސް ޕަރީދާ ހޯލީ ޗައިލްޑް ބެޑްމިންޓަން އެކަޑަމީން ދެ ހަފްތާގެ ކޯޗިން ޕްރޮގްރާމެއްގެ ފުރުސަތު ވަނީ ހުޅުވާލައިދީފަ އެވެ.

ރިވައިވަލް އިން ބުނީ، ބިބާސް އެކަޑަމީން އެކޮމަޑޭޝަނާއި ޓްރެއިނިން ފީސް އެއްކޮށް ހަމަޖައްސައިދޭނެ ކަމަށާއި އެ ޓްރެއިނިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ޖެހޭނީ ހަމައެކަނި އެއާ ޓިކެޓް ނެގުމަށް ކަމަށެވެ.

ރިވައިވަލް އިން މި ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުންހިފަން ބޭނުންވާ ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ އެތުލީޓުން، revivalsportsmv@gmail.com އަށް މެއިލްކުރުމަށް އެ ކްލަބުން ވަނީ އެދިފަ އެވެ. އަދި، މި ފުރުސަތު ހުޅުވާލެވިފައިވަނީ، ޖޫން 28 އިން ފެށިގެން ޑިސެމްބަރު 28 އަށް ކަމަށް ވެސް ރިވައިވަލް އިން ވަނީ މައުލޫމާތު ދީފަ އެވެ.

އިކުރާމް ވިދާޅުވީ، އުންމީދަކީ ޓްރެއިނިން ކޭމްޕްގެ ފުރުސަތު ހުރިހާ ކުދިން ވެސް ހިފާނެ ކަމަށެވެ. އެ ގޮތުން މި ގޮތަށް ލިބޭ ޓްރެއިނިން ކޭމްްޕްގެ ނަތީޖާ ވަރަށް ރަނގަޅުކަން، ލިބިފައިވާ ތަޖުރިބާގެ އަލީގައި އިކުރާމް ހިއްސާކުރެއްވި އެވެ.

"އަބަދު އެއްތާކު ޓްރެއިނިން ހެދުމަކީ ކުދިން ފޫހިވާނެ ކަމެއް. އެހެންވީމަ، އެކި ސަރަަހައްދުގައި މުބާރާތް ކުޅުމާއި ޓްރެއިނިން ކޭމްޕްގައި ބައިވެރިވުމަކީ، ކުދިންނަށް ލިބޭ ވަރަށް ރަނގަޅު އެކްސްޕޯޝާއެއް އޭގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑު ކުރިއެރުން އަންނަތަން ފެނޭ. އާންމުކޮށް މި ދަނީ، މެލޭޝިއާ އަށް. ފާހަގަކުރެވެނީ، ކޮންމެ ކޭމްޕަކަށް ފަހު ވެސް ފެނޭ ކުދިންގެ ތަފާތު. ކުދިންގެ އެ ވީކްނަސް އަށް ކޭމްޕްތަކުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭ،" އިކުރާމް ވިދާޅުވި އެވެ.

"ޓްރެއިނިން ކޭމްޕްތަކުގައި ވަރަށް ސްޕެސިފިކްކޮށް، އެ ކުދިންގެ ލެކްވާ ދާއިރާތަކަށް އެ ޓްރެއިނިން ކޭމްޕްތަކުގައި މަސައްކަތްކުރެވޭ. ދެން، ގިނަ ވަގުތު ލިބޭ އެ ކަންކަމަށް މަސައްކަތް ކުރަން ޓްރެއިނިންތަކުގައި. އެއީ، ސީދާ އެ ކަމަށް ހުސްވެ، ކުދިން ތިބޭނީ،"

އިކުރާމް ވިދާޅުވީ، ޓްރެއިނިން ކުރިއަށްގެންދަން ރާއްޖޭން ބޭރަށް ކޭމްޕަކަށް ގޮސްފައި އައިސް ވާދަކުރާ ގިނަ ކުޅުންތެރިން ކުރިއަށްދާން ހުންނަ ފޯކަސް ރަނގަޅުކަން އިކުރާމް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox