ރިވައިވަލް މުބާރާތުން އޭދަފުށި އެކަޑަމީއަށް ލިބުނު ކާމިޔާބު ބޮޑު

Jun 29, 2025, 11:03 AM
ރިވައިވަލް މުބާރާތުން އޭދަފުށި އެކަޑަމީއަށް ލިބުނު ކާމިޔާބު ބޮޑު

ރިވައިވަލް ސްޕޯޓްސް ކްލަބާއި ރިވައިވަލް އޭދަފުށިން އިންތިޒާމުކޮށްގެން އޭދަފުށީގައި ކުރިއަށްގެންދިޔަ "ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2025" ގައި ރިވައިވަލް އޭދަފުށި އެކަޑަމީން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

މި މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ރިވައިވަލް ސްޕޯޓްސް އިން ސިލްސިލާ ގޮތެއްގައި އޭދަފުށީގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މީގެ ފުރަތަމަ މުބާރާތް މިދިޔަ އަހަރު އޭދަފުށީގައި ކާމިޔާބުކަމާ އެކު ވަނީ ނިންމާލައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި މި ފަހަރު، ކުރިއަށްދިޔަ އިވެންޓްތަކަކީ އަންޑަ 9، 11، 13، 15، 17 އަދި 19 ފިރިހެން އަދި އަންހެން ސިންގަލްސް، އަންޑަ 11، 13، 15، 17 އަދި 19 އަންހެން އަދި ފިރިހެން ޑަބަލްސް އެވެ.

މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބްގެ އެކަޑަމީ އާއި ރިވައިވަލް އޭދަފުށި އެކަޑަމީގެ ކުޅުންތެރިންގެ އިތުރުން، އައްޑޫ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނާއި ނެޝަނަލް ޖޫނިއާ ޕޫލުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން، ނައިފަރު އެކަޑަމީގެ ކުޅުންތެރިންގެ ހުނަރު ފެނިގެންދިޔަ އެވެ.

އޭދަފުށީ ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުޅުނީ ސިންގަލްސް އާއި ޑަބަލްސް ފައިނަލް މެޗުތަކެވެ. މި ފަހަރުގެ މުބާރާތުގައި އޭދަފުށި އެކަޑަމީން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފަ އެވެ. އެ ގޮތުން، ސިންގަލްސް އާއި ޑަބަލްސް މެޑަލްތަކުގެ ވަކިވަކި މެޑަލް ނަމްބަރަށް ބަލާއިރު، ޖުމްލަ އެކު، 79 މެޑަލް ހޯދިއިރު، އޭގެ ތެރޭގައި، 19 ރަން މެޑަލް ހިމެނެ އެވެ. އަދި، 23 ރިހި މެޑަލް އަދި 37 ލޯ މެޑަލް ހޯދި އެވެ.

އަށް އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، އިސްމާއިލް ނޫހު ބިން ރިލްވާން ހޯދީ ފައިނަލުގައި، އާން އިބްރާހިމް ޝަހީދު 30-08 އިން ބަލިކުރުމަށް ފަހު އެވެ. އަދި، އެ އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން، އީރާ ބިންތި މަމްނޫން މުހައްމަދު ހޯދީ 30-24 އިން މިޝްކާ ލިސާން ބަލިކޮށްފަ އެވެ.

އެގާރަ އަހަރުން ދަށުގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން، ތިލާލް އިބްރާހިމް ވަހީދު ހޯދީ ފައިނަލުގައި، 15-14، 15-12 އިން ޔޫސުފް އަލަފް ބަލިކޮށްފަ އެވެ. އެ އުމުރުފުރާގެ އަންހެން ބައިން، މީފާ ބިންތި މޫސާ ޗެމްޕިއަންކަން ހޯދީ 05-15، 03-15 އިން އިލްވާ އަބްދުﷲ ޒައީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، މުހައްމަދު ޔުއާން އަރަފާތު ސައީދު ހޯދީ ފައިނަލުގައި، 15-10، 15-11 އިން ވިލާން ޝާފީ އަލީ ބަލިކޮށްފަ އެވެ. އަދި، އެ އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން، ލައިބާ އަހުމަދު މަހުލޫފް (އެލީ) ހޯދީ އައިޝަތު ނިޔަމް ސާއިދު އަތުން 15-08، 15-10 އިން މޮޅުވެގެންނެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފައިނަލުގައި، ރިޝާމް އަބްދުލް ފައްތާހު ވަނީ، 15-05، 15-07 އިން ޔޫސުފް އީތަން ބިން ޝިފާޒް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން، އަޒްކާ ރިލްވާން ހޯދީ ފައިނަލުގައި، ހައްވާ ނައުރީން މުހައްމަދު، 15-11، 15-10 އިން ބަލިކޮށްފަ އެެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން، މުހައްމަދު ހައްޔާން ބިން އަބްދުލް ހަންނާން ބަލިކޮށް ހޯދީ، ޔޫސުފް ޒީކް ޒުހާން އެވެ. އެއީ، 15-12، 15-12 އިން ސެޓުތައް ގެންގޮސްގެންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން، ނައުރީން ބަލިކޮށް، އައިމިނަތު އަައިނީ އަޝްރަފް ހޯދީ 15-10، 15-07 އިން ސެޓުތައް ގެންގޮސްގެންނެވެ.

ނަވާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ، އާދަމް މަހީން މުހައްމަދު އެވެ. އެއީ ފައިނަލުގައި، އަހުމަދު އަހްނަފް މުހައްމަދު 15-12، 15-07 އިން ބަލިކުރުމަށް ފަހު އެވެ. އަދި، އަންހެން ސިންގަލްސް ތަށި، މަރިޔަމް އީނާސް އިލްޔާސް އަތުން 15-07، 15-14 އިން މޮޅުވެގެން ހޯދީ، އައިމިނަތު ނައުރާ ޝަރުވަތު އެވެ.

ޑަބަލްސް ކެޓަގަރީ އަށް ބަލާއިރު، 11 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، ޔޫސުފް އަލަފް އާއި ތިލާލްގެ ޕެއާ އިން ހޯދީ ޔޫސުފް ފާތިކް މުހައްމަދު ނާޝިދު އާއި އަހުމަދު އަޒާން އަޒްމަތު އަބްދުލް ރަޝީދުގެ ޕެއާ، ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ސެޓުތައް ދިޔައީ، 09-15، 15-13 އަދި 13-15 އިންނެވެ. މި އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ، މީފާ އާއި އައިޝާ ހާޖަރު ހާނިސް މޫސާގެގެ ޕެއާ އެެވެ. އެއީ ފައިނަލުގައި، އިރަމް އަބްދުލް މަތީން އަލްޔާގެ ޕެއާ 15-07، 15-05 އިން ބަލިކޮށްގެންނެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގައި މިރުސާލް ހުސެއިން މިރުޒާ އާއި ޒައުލް ބިން އަހުމަދު މުމްތާޒްގެ ޕެއާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، އަހުމަދު ޒައިކް ޒައީމް އާއި ޔޫސުފް ލުޔޫން އިސްމާއިލް ޝިރުހާންގެ ޕެއާ، 04-15، 08-15 އިން ސެޓުތައް ގެންގޮސްގެންނެވެ. މި އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ، ލައިބާ އާއި އިލީނާ އަލީ ޝަފީގުގެ ޕެއާ އެވެ. އެ ޕެއާ އިން ވަނީ ފައިނަލުގައި، ނިޔަމް އާއި އައިޝަތު އަލާޔާ ނަދީމްގެ ޕެއާ، ދެ ސެޓު އެއް ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 15-14، 13-15 އަަދި 10-15 އިންނެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، ރިޝާމް އާއި އައުފް ބިން ފަޒްލޫންގެ ޕެއާ އިން ހޯދީ، ފައިނަލުގައި، އީލާފް މުހައްމަދު އިކްރާމް އާއި ޔޫސުފް އީތަންގެ ޕެއާ އަތުން 15-05، 15-13 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި، އެ އުމުރުފުރާގެ އަންހެން ޑަބަލްސް އިން، އަޒްކާ ރިލްވާން އާއި ނައުރީންގެ ޕެއާ މޮޅުވީ، ފައިނަލުގައި، ޔަޒާން ޔާސިރު މުހައްމަދު އާއި ސާރާ އައިނީ މުހައްމަދުގެ ޕެއާ 15-09، 15-10 އިން ސެޓުތައް ގެންގޮސްގެންނެވެ.

ފޯރިގަދަ ފައިނަލަކުން މޮޅުވެ، 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހައްޔާން އާއި އަބްދުﷲ ނައުހާން ބިން މުހައްމަދު ނަޝީދުގެ ޕެއާ އިންނެވެ. އެއީ، ތިން ސެޓަށް ކުޅެގެން، އިބްރާހިމް ނާޝިތު ހަމްދީ އާއި ޔޫނުސް ކައިފް މުހައްމަދުގެ ޕެއާ، 15-10، 10-15 އަދި 14-15 އިން ސެޓުތައް ގޮސްގެންނެވެ. މި އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން، ލާރާ މުހައްމަދު ލަތީފް އާއި އައިޝަތު ރައިޝާ ޒާކިރުގެ ޕެއާ އިން ހޯދީ 10-15، 07-15 އިން ސެޓުތައް ގެންގޮސްގެންނެވެ.

ނަވާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، މަހީން އާއި މުހައްމަދު އަހްސަން މުހައްމަދުގެ ޕެއާ އިން ހޯދީ ފައިނަލުގައި، މުހައްމަދު އަލޫފް ރިފާއު އާއި އަހުމަދު އަހްނަފް މުހައްމަދު އަފްލާހުގެ ޕެއާ ދެ ސެޓު އެއް ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 14-15، 15-10 އަދި 15-08 އިންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން، މަރިޔަމް އީނާސް އިލްޔާސް އާއި ފާތިމަތު ނާއިޝާ ސައުދުﷲގެ ޕެއާ އިން ހޯދީ އައިޝަތު އައިލީން ނަދީމް އާއި ޝައިމާ އަބްދުﷲ ގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 06-15 އަދި 04-15 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox