ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އަލުން އެފްއޭއެމް މެމްބަރުކަން

Jun 27, 2025, 3:28 PM
ީދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗެއްގެ ތެރެއިން،---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ީދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗެއްގެ ތެރެއިން،---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ފާސްކުރި އަސާސީ ގަވާއިދާ އެކު، ހަ އަހަރަށް ފަހު، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް އެފްއޭއެމް ފުލް މެމްބަރުކަން ލިބިއްޖެ އެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމް އިން ނިއު ސަސްޕެންޑް ކުރަން ނިންމީ 2019 ޖެނުއަރީ މަހު އެވެ. މުސާރައިގެ މައްސަލަ އާއި އިދާރީ ކަންކަމުގެ މައްސަލަތަކެއް ފާހަގަކޮށް ވިކްޓަރީ ސަސްޕެންޑްކުރީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ދެ ކްލަބްގެ ސަސްޕެންޝަން އުވާލީ މީގެ ދެ އަހަރު ކުރިންނެވެ.

ވިކްޓަރީ ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު، ނިއު އަދި ވެސް އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ. ދެ ޓީމުން ވެސް ސަސްޕެންޝަނުން އެނބުރި އައިސް، މީގެ ތިން އަހަރު ކުރިން ފެށިގެން އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުންނެވެ. މީގެ ތެރެއިން ވިކްޓަރީ ވަނީ އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން، ހޯދި އޮޑި ސްޕޯޓްސް ކްލަބާ އެކު، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ، ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި، މިހާރު ވާދަކުރަމުން އަންނަ ކްލަބްތަކަކީ އެފްއޭއެމްގެ ފުލް މެމްބަރު ކްލަބްތަކުގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް ހިންގާ ގަވާއިދަށް ގެނެވުނު ބަދަލު ފާސްކޮށްފަ އެވެ. މިއަދުގެ ބަދަލާ އެކު، ފުރަތަމަ ޑިވިޝަން އޮންނާނީ 10 ކްލަބްގެ މެދުގަ އެވެ. އަދި، ދެ ވަނަ ޑިވިޝަނުގައި 13 ކްލަބް ހިމެނެ އެވެ.

އްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް، 2019 ވަނަ އަހަރު ތެރޭ ތަފާތު މައްސަލަތަކާ ހުރެ ސަސްޕެންޑްކުރަން ޖެހުމުން، ދިވެހި ފުޓްބޯޅަ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު މާޔޫސްވި އެވެ. މުއްސަނދި ތާރީހެއް އޮތް ޒަމާންވީ ދެ ކްލަބެއް، ސަސްޕެންޑް ކުރުމުގެ ފަހަތުގައި އޮތީ އެ ފަހަރު، އޭރު އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަަ ވައްދަން އުޅުމުންނެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑްކުރީ 2019 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނިއު އޭރު ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެ ފައިސާ ނުދައްކައި ދިގުލައިދިޔަ ކޮންމެ ދުވަހަކަށް ކަހަލަ ގޮތަކަށް ޖޫރިމަނާއާ އެކު ދައްކަން ޖެހޭ އަދަދު އިތުރުވި އެވެ.

ނިއުގެ ސަސްޕެންޝަން ދަމަހައްޓަން 2019 އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެފްއޭއެމް ކޮންގްރެސް އިން ފުރަތަމަ ނިންމި އެވެ. އެ ފަހަރު ނިއުގެ ސަސްޕެންޝަނާ ދެކޮޅަށް ވޯޓު ދިނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓްރީ އިންނެވެ. ނިއު އިން ލޯކަލް އަދި ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަތަކެއް ފީފާ އިން ވެސް ބަލައި އޮތީ ފިޔަވަޅު އަޅައިފަ އެވެ.

ވިކްޓަރީ އިން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އޭގެ ފަހުން، ކޮންގްރެސް ބޭއްވި ދެ ފަހަރު ވެސް، ނިންމީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ސަސްޕެންޝަން އުވާލުމަށް ނިންމީ، ހިންގާ ކޮމިޓީ އަށް އެ ބާރު ދިނުމަށް ކޮންގްރެސް އަކުން ފާސްކޮށްފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox