ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ފެށި މޯލްޑިވްސް ފުޑް ކާނިވަލްގެ ސްޓޯލްތަކުގެ ތެރެއިން ބީއެޗްއެމްގެ ސްޓޯލް ހާއްސަވާ އެތައް ސަބަބެއް އެބަ ހުއްޓެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ އެ ކާނިވަލްގައި ހުރި ބީއެޗްއެމް ސްޓޯލުން އެ ކުންފުނީގެ ބައެއް ޕްރޮޑަކްޓު ހާއްސަ ޑިސްކައުންޓެއްގައި ލިބެން އެބަ ހުއްޓެވެ. އަދި ގަންނަ ބައެއް ތަކެއްޗަށް ހަދިޔާއެއް ވެސް ލިބެ އެވެ.
ސުޕަ މަރުކާގެ ކޮފީ، ސައި، ސީރިއަލް ޕެކެޓެއް ގެނެގެން، ނުވަތަ ކުކުޅު މަސްދަޅެއް ގަނެގެން ޖޫލީސް މަރުކާގެ މީރު ބިސްކޯދު ބޮޑިއެއް ހިލޭ ލިބޭނެ އެވެ.
ދިވެހިންގެ މަގުބޫލްކަން ހޯދާފައިވާ ޖޫލީސް ބިސްކޯދުގެ ގިނަ ވައްތަރުތަކާއި ރަހަތަކެއް ބީއެޗްއެމްއިން ވިއްކަ އެވެ. ފުޑް ކާނިވަލްގައި މި އުފެއްދުންތަކާއި ސުޕަ މަރުކާގެ އުފެއްދުންތައް އަދި ކޯސްޓު ކިރު ވިއްކަނީ ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.
ކުކުޅު މަސްދަޅެއް އެންމެ 15ރ. އަށް
ދިވެހިންނަށް ހަމައެކަނި ކަޅުބިލަ މަސް ދަޅަށް ފަރިތަވެފައި ވަނިކޮށް، ބީއެޗްއެމްއިން ކުކުޅު މަސް ދަޅު ތައާރަފުކޮށް، ބާޒާރުން ބޮޑު ޖާގައެއް ހޯދި އެވެ.
އެކި ކަހަލަ ކާތަކެތި ތައްޔާރުކުރަން ކުކުޅު މަސްދަޅު ވަރަށް ބޮޑަށް ފަސޭހަކޮށްދެ އެވެ. ރަހަވެސް އެހާމެ ކަމުދެ އެވެ. މީގެ މަސްދަޅެއް ފުޑް ކާނިވަލުން ލިބެން ހުރީ އެންމެ 15ރ. އަށެވެ. އަގު ހެޔޮވުމުގެ އިތުރުން ހަދިޔާއެއްވެސް ލިބެ އެވެ.
ދިވެހިންގެ ދޫތަކަށް އެންމެ ކަމުދާ، ވަގުތުން ތައްޔާރުކޮށްލެވޭ ޔޭޔޭ ކޮފީގެ އިތުރުން "ހޯސެން"، "ކޯސްޓް" އަދި "މައިބޭބީ" ފަދަ އެތައް ބްރޭންޑެއްގެ ސޯލްޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް އެވެ.











