ކުރީ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓު ދޭން ޔޫނިއަން އިން ގޮވާލައިފި

ކުރީ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓު ދޭން ޔޫނިއަން އިން ގޮވާލައިފި

މިދިޔަ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން އުތުރު ތިލަފަޅު ހިއްކައި، އެ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އެ ތަނުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އެ ސްކީމުގައި ބައިވެރިވާން ހުށަހެޅި މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ އުތުރު ތިލަފަޅު ޔޫނިއަނުން ބުނެފި އެވެ.

އުތުރު ތިލަފަޅު ޔޫނިއަންގެ ފަރާތުން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ ޔޫނިއަންގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން، ފޯމުތައް އިވެލުއޭޓް ނުކުރުމާއި، ގޯތި ދިނުމަށް މަސައްކަތް ކުރަމުން ނުދާތީ އާއި، އުތުރު ތިލަފަޅުގައި ތަފާތު އެކި މަޝްރޫއުތައް ހިންގަން ސަރުކާރުން ހާމަކޮށްފައިވާ ކަންކަމާ މެދު އެ ޔޫނިއަންއިން ނުރުހުން ފާޅުކުރި އެވެ.

"އުތުރު ތިލަފަޅުން ގޯތި ދިނުމަށް ކުރީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ކުރީ ސަރުކާރުން އެކުލަވާލާފައިވާ އަދި ގެޒެޓުކޮށްފައިވާ ގޮތަށް، އެ ހުށަހަޅާފައިވާ ފޯމުތައް އަވަހަށް އިވެލުއޭޓް ކުރަން ފައްޓަވާށޭ. ހަމަ އެއާއެކު ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، އެއީ ރައްޔިތުންނަށް ލިބިފައިވާ ފްލެޓުތަކާއި ގޯތިތައް، ކުރީ ސަރުކާރުން އެކަށައަޅައި ކަނޑައަޅާފައިވާ ގޯތިތަކާއި، ހުރިހާ ފްލެޓުތައް ދީ ނިންމަވާށޭ،" އެ ޔޫނިއަންގެ ފަރާތުން ވަކީލު އަލީ ހުސައިން ވިދާޅުވި އެވެ.

Advertisement

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ފަށާފައިވާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު ގެޒެޓު ކުރީ ސެޕްޓެމްބަރު 23، 2023، ގަ އެވެ.

އޭރުގެ އެމްޑީޕީ ސަރުކާރުން އެ ސްކީމް ހުޅުވާލީ މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ތިބި ރައްޔިތުންނާއި، 20 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިލެވޭ ގޮތަށެވެ. މިއީ މާލެ ސަރަހައްދުގައި މިހާ ގިނަ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް އިއުލާނު ކުރި ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމެވެ.

"މާލޭގައި އެތަކެއް ޒަމާންތަކެއް ވަންދެން ދިރިއުޅެމުންދިޔަ ރަށްރަށަށް ނިސްބަތްވާ މީހުންނަށް، މާލޭގެ ރަށްވެހިންގެ ގޮތުގައި ދިރިއުޅެމުންދިޔަ ރަށްރަށުގެ މީހުންނަށް ވެސް މާލޭގެ ސަރަހައްދުން ގޯތި ދިނުމުގެ ފުރުސަތު ހުޅުވާލުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިދިޔަ ސަރުކާރުން ރާއްޖޭގެ ރައްޔިތުން ދެއްވި އުންމީދު. އެ އުންމީދު ހަގީގަތަކަށް ހެދުމަށް އުތުރު ތިލަފަޅު ޔޫނިއަނުން މަސައްކަތް ކުރަމުން ދަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.

އެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ހޯދުމަށް 40،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެއީ ބިން ހޯދަން ހުށަހެޅި 19،347 ފޯމާއި ފްލެޓު ހޯދުމަށް އެދި ހުށަހެޅި 21،247 ފޯމެވެ. މިހާރު ވެސް ނޮވެމްބަރު 16، 2023، ގައި އާންމުކުރި އެ ލިސްޓު ސަރުކާރުގެ ގެޒެޓުން ފެންނަން އެބައޮތެވެ.

ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމުން ގާނޫނީ މައްސަލަތަކެއް ދިމާވާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ހައްލު ކުރެވޭނެ ކަންކަން ކަމަށް އެ ޔޫނިއަނުން ދެކެ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ފެށި ރަސްމާލެ މަޝްރޫއު އެވެ. އުތުރު ތިލަފަޅު ހިއްކުމަށް ވުރެ ރަސްމާލެ މަޝްރޫއުއަށް މި ސަރުކާރުން އިސްކަން ދޭތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ އެ ސަރަހައްދަކީ ގޯތި ދިނުމަށް ކަނޑައެޅިފައިވާ ތަނެކޭ. އެހެންވީމާ އެ ތަނުން ގޯތި ދިނުން ފިޔަވައި ނުވަތަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ގޯއްޗާއި ފްލެޓު ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އުތުރު ތިލަފަޅުގައި ކުރުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫނޭ،" ކެންދޫ ދާއިރާ ރައްޔިތުންގެ މަޖިލީހުގައި މީގެކުރިން ތަމްސީލު ކުރެއްވި އަލީ ހުސައިން ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ސަރަހައްދެއް ގާއިމު ކުރުމަށާއި ރާއްޖޭގައި މިހާރު ހުރި ޖަލުތަކުގެ ބަދަލުގައި ގާއިމްކުރަން ތަސައްވުރުކޮށްފައިވާ "މަރުކަޒީ ޖަލު" އަޅަން ވެސް ޕްލޭންތަކެއް މި ސަރުކާރުން އިއުލާނު ކުރި އެވެ. އަދި މިހާރު ވަނީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ޒުވާނުން ރިހެބިލިޓޭޓުކުރުމަށް ސަރުކާރުން ތަރައްގީ ކުރަން ރާވާފައިވާ "ހޯޕް އައިލެންޑް" އެ ތަނުގައި އެޅުމަށް ނިންމާފަ އެވެ.

"އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ސެންޓްރަލް ޖަލެއް ނޫން. އަދި އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ވެސް ނޫން. އުތުރު ތިލަފަޅަށް ވާންވީ ގޮތަކީ ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ ގޮތަށް އެ ތަން ހިއްކައި، ގޯތި ދީ، އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔަވާހިކަން ކަށަވަރު ކޮށްދިނުމަށް ދެވަނަ ސްކީމުން އިއުލާން ކޮށްފައިވާ ގޮތަށް ގޯތި ދިނުން،" އެ ޔޫނިއަންގެ ފަރާތުން މިއަދު ބުންޏެވެ.

ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔައްސާ ގުޅޭ މާ ގިނަ މައުލޫމާތެއް މި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އޭގެ ތެރެއިން އެއްވެސް ފޯމެއް ބާތިލު ނުކުރާނެ ކަމުގެ ޔަގީންކަން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox