ނަޝީދު އެނބުރި ވަޑައިގެން ދެއްވީ އެމްޑީޕީން ގައުމު ހަމަ މަގަށް އަޅުވާނެކަމުގެ ޔަގީންކަން

ނަޝީދު އެނބުރި ވަޑައިގެން ދެއްވީ އެމްޑީޕީން ގައުމު ހަމަ މަގަށް އަޅުވާނެކަމުގެ ޔަގީންކަން

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ އެއް ބާނީ ދެ އަހަރެއްހައި ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާ ދުރުގައި އުޅުއްވުމަށްފަހު އަލުން އެނބުރި ވަޑައިގެން، އެމްޑީޕީން ގައުމު ހަމަ މަގަށް އަޅުވާނެ ކަމުގެ ޔަގީންކަން މިރޭ ދީފި އެވެ.

އެންމެ ފަހުން ބޭއްވި ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވި ނަޝީދު މިރޭ އަލުން އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ވިދާޅުވީ، އެމްޑީޕީ ވަރުގެ ޕާޓީއެއް މުޅި އޭޝިޔާ ބައްރުގައި ވެސް ނެތް ކަމަށެވެ.

"އެމްޑީޕީއަކީ ދަންނަވަންތޯ ހަމައެކަނި ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫން. މި ނޫން ޕާޓީއެއް އޭޝިޔާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް ހަގީގަތުގައި ނުވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށްފަހު ނަޝީދު ވަނީ ޕާޓީގެ ޗެއާޕާސަން އާއި ކޮންގްރެސްގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

"އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއްވަރުވެއްޖެ. އެހެންނަމަވެސް މިރޭ، މިތަނަށް އައިސް ހުންނަ އިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި. އަލުން އަނބުރާ ގެއަށް އާދެވުމުން އެ ވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައެއްނުދާނެ، ތިބޭފުޅުންނަށް ވަރަށް ވަރަށް ބޮަޑަށް ޝުކުރިއްޔާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސިޔާސި މަސައްކަތުގައި އުޅުމުގެ ހަމައެކަނި ބޭނުމަކީ ދިވެހި ރައްޔިތުންގެ ހާލަތު ބަދަލު ކުރުން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އެ އިތުބާރު ފުރިހަމަ ގޮތުގައި ރައްދުކޮށްދޭނެ. ސިޔާސީ މަސައްކަތަކީ މާތް މަސައްކަތެއް. ސިޔާސީ ވެރިއަކަށް ސިޔާސީ މަސައްކަތުގައި އަޅުގަނޑުމެން މި އުޅެނީ ހަމައެކަނި އެންމެ ބޭނުމަކަށް، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ކަމެއް ކޮށްދެވޭތޯ އަޅުގަނޑުމެން ބެލުމަށް. ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ބަދަލުކޮށްދެވޭތޯ އަޅުގަނޑުމެން ބެލުމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި. ދިވެހި ދައުލަތުގެ ދަރަނި. ދިވެހި ސަރުކާރުގެ ދަރަނި. އެހެންވީމާ އަޅުގަނޑަށް ދަރާފައި އޮތް ދަރަނި، ސަރުކާރުންނަށް އަހަންނަށް ދޭން އޮތް އެތި، އަހަންނަށް ދަރާފައި އޮތް ދަރަނި. ދައުލަތުގެ ދަރަނި މިހާރު ހުރީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ 120 ޕަސެންޓުގައި،" ނަޝީދު ވިދާޅުވި އެވެ.

ދަރަނި ދެއްކުމުގެ ގާބިލުކަން އަދުގެ ސަރުކާރުގެ ނެތްކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި. މި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާންޖެހޭ. އަޅުގަނޑުމެންގެ އަތުގައި އެ ފައިސާ ރައްކާ ކުރެވިފައި އެބަ ހުރިތޯ؟ އެ ހުރި ނަމަ އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑުމެން އެންމެ ފަހުން ބަލާލި އިރުގައި ދައުލަތުގެ ގްރޮސް ރިޒާވް ހުރީ 813 މިލިއަނުގައޭ ބުނީ. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕު ހިމެނިގެން. އެހެންވީމާ ހަގީގަތުގައި ބޭންކުގައި އެއްޗެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، ދަރަނި ދެއްކޭނެ ގޮތް އަދި ރައްޔިތުންގެ ހާލަތު ބަދަލުކޮށްލެވޭނެ ގޮތް އެމްޑީޕީއަށް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދޭނެ ޕާޓީއެއް. އަޅުގަނޑުމެންނަށް އެނގޭ ދަރަނި އަލުން އަނބުރާ އެކުލަވައިލަން ވެސް. އަޅުގަނޑުމެންނަށް އެނގޭ އެ ފައިސާ ދައްކާނޭ ގޮތް ވެސް. އަޅުގަނޑުމެންނަށް އެބަ އެނގޭ އެ ފައިސާ ދެއްކުމުގެ އިތުރުން ތިބޭފުޅުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ދެން ކުރަން އޮތީ ކޮން ކަމެއްކަން ވެސް،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، އަންނަ އަހަރު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށް ވެސް ނަޝީދު ލަފާ ކުރެއްވި އެވެ.

"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، މަނިކުފާނަށް 20 ޕަސެންޓު،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox