ކައުންސިލުތަކުގެ އެކައުންޓުތަކުގައި އެއްވެސް ބަޔަކަށް "އަތް ނުލެވޭ" ދެ ބިލިއަން ރުފިޔާ

މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ލާމަޒުކަޒީ ގާނޫނު ބަދަލުކުރާއިރު މިކަމަށް ހައްލެއް ހޯދެން ޖެހޭ ކަމަށް --- ފޮޓޯ: މިރާން ނާޝިމް/އަދަދު

މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ލާމަޒުކަޒީ ގާނޫނު ބަދަލުކުރާއިރު މިކަމަށް ހައްލެއް ހޯދެން ޖެހޭ ކަމަށް --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ލޯކަލް ކައުންސިލުތަކުގެ އެކައުންޓުތަކުގައި، އަހަރު ނިމޭ އިރު ބަޖެޓުން ހަރަދު ނުކޮށް ބާކީ ހުރި ފައިސާ ޖަމާވަމުން އައިސް މިހާރު ބޭންކުތަކުގައި އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހާމަކޮށްފި އެވެ.

ލޯކަލް ކައުންސިލުތަކުގެ ބަޖެޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރަން މައުލޫމާތު ހޯދި އިރުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ބޭނުން ނުކޮށް ހުރި ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ނާޒިމް ވިދާޅުވިއިރު ހަވާލާދެއްވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފޮނުވި ސިޓީއަކަށެވެ. އެ ސިޓީގައި ހުރި އަދަދުތައް އޭނާއަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވަމުން ނާޒިމް ވަނީ މިދިޔަ އަހަރު ނިމުނުއިރު ބޭންކުތަކުގައި ބާކީ 2.1 ބިލިއަން ރުފިޔާ ހުރި ކަމަށެވެ.

ކައުންސިލުތަކުގެ ބޭންކު އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ބާކީ ހުރި ފައިސާގެ އަދަދު ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދެއްވާ ނާޒިމް ވިދާޅުވި އެވެ.

ކައުންސިލުތަކުގެ ބަޖެޓުން ބާކީވާ ސަބަބުތަކުގެ ތެރޭގައި ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ވެހިކަލް ފީތައް ފަދަ އެހެން ގޮތްގޮތުން ލިބޭ އާމްދަނީން ހަރަދުތައް ކުރެވުން ނާޒިމް ފާހަގަކުރެއްވި އެވެ. އަދި މިހެން ބާކީވާ ފައިސާގައި އަތް ނުލެވުމަކީ ލާމަރުކަޒީ ގާނޫނުގައި އޮތް އުނިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ދެން މިހާރު އޮތް ލޯކަލް ގަވަމަންޓު އޮތޯރިޓީ ގާނޫނުގައި އޮތް އުނިކަމެއް ފައިސާގައި އިތުރަށް ހަރަދު ކުރެވޭނެ ގޮތެއް ނެތުމަކީ. ސަބަބަކީ މިހާ ބޮޑު އަދަދެއް އެއްވެސް ބަޔަކަށް އަތް ނުލެވޭ ގޮތަށް ހުރީމައި މީގެން މަންފާކުރަނިވި އެއްވެސް ކަމެއް ކުރެވޭކަށް ނެތް," ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ މިއީ ބިލުތަކަށް ފައިސާ ދެއްކުމަށާއި، ޓީ-ބިލު ވިއްކުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ވެސް ބޭނުންކުރެވިދާނެ ފައިސާ ކަމަށް ވިދާޅުވެފަ އެވެ. އަދި ލާމަޒުކަޒީ ގާނޫނު އިސްލާހުކުރާ އިރުގައި މި ކަމަށް ހައްލެއް ހޯދަައި، ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް މަންފާ ހުރި ގޮތަކަށް ބޭނުންކުރެވެން ޖެހޭ ކަމަށް ކޮމިޓީގައި ވިދާޅުވެފަ އެވެ.

ނާޒިމް މިހެން ވިދާޅުވި ނަމަވެސް ކޮމިޓީގައި އިންނަވާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ، ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ވަނީ ބޭނުން ނުކުރެވޭ ގޮތަށް މިިހެން ފައިސާ ހުރުން ރަނގަޅެއް ނޫން ކަން އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށަށް އެކަށީގެންވާ ބަޖެޓު ނުލިބޭ ކަމުގެ ޝަކުވާ އޮތް އިރެއްގައި ބަދަލެއް ގެންނަން ޖެހޭނީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލުތަކުގެ ބަޖެޓުން ބާކީވާ ފައިސާ ސަރުކާރަށް ބޭނުން ކުރެވޭ ގޮތަކަށް ހަދަން މާލިއްޔަތު ކޮމިޓީގައި ވާހަކަ ދެކެވުނުއިރު، ސަރުކާރުން ބޭނުން ވެގެން މަޖިލީހުގެ ތެރެއިން ވަނީ ކައުންސިލަރުން މަދުކޮށް، އަތޮޅު ކައުންސިލުތައް އުވާލުމުގެ މަސައްކަތް ފަށައިފަ އެވެ. އިދިކޮޅުން ބުނަނީ މިއީ ލާމަޒުކަޒީ ގާނޫނުގެ ރޫހާއި ރަށްތައް ބާރުވެރިކުރުމުގެ މަގުސަދާ ހިލާފު އަމަލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox