އިރާނުގެ ޝީޢީންނާއި އެމެރިކާވަންތަ ސުންނީން

އިރާނުގެ ޝީޢީންނާއި އެމެރިކާވަންތަ ސުންނީން

ދުނިޔޭގެ އެންމެން ހީކުރި ގޮތާ ހިލާފަށް ހަނގުރާމަ މިހާ ހިސާބަށް ދިޔައިރު، އިރާނުގެ އަސްކަރީ އުފެއްދުންތެރިކަމާއި ގާބިލުކަން ފެނި މުޅި ދުނިޔެ މިވަނީ އާޝޯހުވެފައެވެ. ދުނިޔޭގެ ސުޕަޕަވާ އެމެރިކާ ވެސް އެވަނީ ބިރުން ފަހަތުފަޔަށް ބުރަވެފައެވެ. ދުނިޔެ ސިއްސުވާލި އިސްލާމީ މި ގައުމަކީ އިރާނުކަމަށްވީމާ އަދި އިރާނަކީ އެތަނުގެ ބޮޑު އިންސައްތަ ޝީޢީ މަޒުހަބުގެ މުސްލިމުން ކަމަށްވާތީ، މުސްލިމުންގެ ތެރޭގައި މިކަމާމެދު ހިޔާލުފާޅުކުރާ ބޭފުޅުން އުޅުއްވައެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކަށް ބެލުމުން ދިވެހި މުޖުތަމައުން ވެސް މި ކަން ފެންނަމުންދެއެވެ. އަޅުގަނޑު މިއަދު ފިކުރެއް ހިންގާލުމަށް މިދައުވަތު ދެނީ މިކަމަށެވެ.

އިރާނުން ހަމަލާ އެދެނީ އަނިޔާވެރިކަމުން ދުނިޔޭގެ ތާރީހުން އެފަދަ މިސާލެއް ފެނިފައިނުވާ ފަދަ އިޒްރޭލުގެ ޒަޔަނިސްޓް ޔަހޫދީ ބައިގަނޑަށެވެ. އެބައިގަނޑުގެ މައްޗަށް ނަސްރާއި ފަތަހަ ހޯދަނީ ކޮންމެ ބަޔަކު ކަމުގައި ވިޔަސް މިހިނދަށް ހަމައެކަނި އިސްލާމީ އުންމަތެއް ނޫނެވެ. މުޅި ދުނިޔޭގެ މަސްލަހަތު ވެސް އޮތީ އިޒްރޭލުގެ ޔަހޫދީން ކުޑަކަކޫމައްޗަށް ތިރިކުރެވޭނެ ގޮތެއްގެ މައްޗަށެވެ. އެހެނީ އިޒްރޭލަކީ ބަޔަކަށް ހަމަލާދިނުމުގެ ބައިނަލްއަގުވާމީ ގާނޫނަކަށް ބަލާ ބަޔެއް ނޫންކަން މުޅި ދުނިޔެއަށްވަނީ ހާމަވެފައެވެ. އަދި އެބައިމީހުން ބަޔަކަށް ހަމަލާދޭން ހިތަށް އަރައިފިނަމަ ބަލާއުޅޭ ހަމަ އެއްވެސް ހަމައެއް އެކަމުގައި ނޯންނަކަން އިރުގެ އަލިފަދައިން މުޅި ދުނިޔެއަށް ފެންނަމުންދާއިރު، އެބައިމީހުންނަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްކަމުގައި ނުދެކޭނީ ހޭބުއްދި ނެތް މީހެކެވެ.

އިސްލާމީ އުންމަތުގެ ހަބަރުތައް ދިރާސާނުކުރާ މީހަކަށްވެސް ސިއްރުވެފައި ނޯންނާނެ ފަދައިން ޣައްޒާގެ މުސްލިމުންނަށް އިޒުރޭލުގެ އަނިޔާވެރިން ދެމުން އެގެންދާ ފާޅުކަން ބޮޑު އަނިޔާތައް އެފަދައިން ހުރިއިރު، އެފަދަ އަނިޔާވެރިންގެ މައްޗަށް އެހެން ބަޔަކަށް ނަސްރު ލިބޭ ހިނދު، މުސްލިމެއް ނަމަ އުފާނުކުރާންވީ ފަހެ ކީއްވެހެއްޔެވެ؟ އިންސާނީ ހިތެއް އޮތްނަމަވެސް އެކަމަށްޓަކައި އުފާކުރަންޖެހޭކަމުގައި އަޅުގަނޑު ދެކެމެވެ.

ކަންމިހެން އޮތްއިރުވެސް އިރާނު މީހުންނަކީ ޝީޢީންކަން ހަނދާންކޮށްދިނުމަށް އެންމެ މުނާސަބު ދަނޑިވަޅަކީ މިއީކަމުގައި ގަބޫލުފުޅުކުރައްވާ ބޭބޭފުޅުން އެކަން ދަނީ ކުރައްވަމުންނެވެ. ޝައްކެތް ނެތެވެ. އިރާނުގައި ތިބީ ޝީޢީންނެވެ. ޝީޢީންގެ މަޒުހަބުގައި އަހަރެމެން ސުންނީ މުސްލިމުންގެ ގަބޫލުކުރުންތަކާ ފުށުއަރާ އެތައް ކަމެއް އެބަހުއްޓެވެ. ނަމަވެސް ޝީޢީންނަކީ ވެސް އެމީހުންގެ ތެރޭގައި ވެސް އެތަކެއް ފިރުޤާއަކާއި ތަރީގާތަކެއް އޮންނަ ބަޔަކަށްވާކަމަށްޓަކައި އެއެންމެނަކީ އަގީދާގެ ގޮތުން ކާފަރުންނެކޭ އިލްމުވެރިން ވިދާޅެއް ނުވެއެވެ. ކިއެއްތަ އޭގެ ތެރެއިން ގިނަ މީހުންނަކީ ބިދުއައިގެ އަހުލުވެރިންކަމަށް އަހުލުއްސުންނާ ވަލްޖަމާއާގެ ގިނަ ދަންނަ ބޭކަލުން ދެކެވަޑައިގަންނަވައެވެ.

ބިދުއައިގެ އަހުލުވެރިންނަކީ ނުވަތަ ފަސާދަވެފައިވާ އަގީދާއެއްގެ ވެރި އެކަމަކު މުސްލިމުންކަމަށްވާ މީހުންނާމެދު އަހަރެމެންގެ ވާޖިބަކީ އެބައިމީހުންނަށް ހެޔޮގޮތުގައި ނަސޭހަތްތެރިވެ އެބައިމީހުން އަހުލުއްސުންނާގެ އުސޫލުތަކުގެ މައްޗަށް އެނބުރޭތޯ ރިވެތި ގޮތުގައި ދައުވަތުދިނުމެވެ.

އިރާނުގައި ތިބީ ޝީޢީންކަން ތަކުރާރުކޮށް ވާހަކަދައްކަމުންދާއިރު، އަދި އެބައިމީހުންގެ އަގީދާއަކީ ހަލާކުވެފައިވާ އެއްޗެއްކަމުގައި ބުނަމުންދާއިރު، އަހަރެމެން ސުންނީންގެ އަގީދާ މިހާރު ސައްހަތޯ ވިސްނާލުން މާބުއްދިވެރިއެވެ. ދުނިޔޭގެ ތާރީހުގައި ފެނިފައިނުވާފަދަ އަނިޔާވެރި ހަމަލާތަކަކުން ޣައްޒާގެ ބިމުގައި ލޭކޯރު ހެދިފައިވަނިކޮށް އެކަންތައްގަނޑުގެ މެދުތެރޭން އިއްޔެ އިހަށް ދުވަހު ވެސް މިފެނުނީ، މުސްލިމުންގެ މަތިވެރި ދެހަރަމް ނިސްބަތްވާ ސައޫދީ އަރަބިއްޔާއަށް އެމެރިކާގެ ރައީސް ގެންދަވައި ކުރުނީސްކޮށް ޓްރިލިޔަން ޑޮލަރުގެ އެއްބަސްވުންތަކުގައި ދެފަރާތުން ސޮއިކޮށް ބޮޑެތި ވިޔަފާރީގެ ސައްލާ ހިންގެވި ތަނެވެ. އޭގެ ފަހުން ސުންނީ މުސްލިމުން އުޅޭ ގަތަރުންވެސް މިފެނުނީ ހަމަ އެމަންޒަރެވެ. މިވާހަކަ މިފާހަގަކޮށްލީ އެހާ ބާރުގައި ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް އަނިޔާވެރިވަމުންދަނިކޮށް، އެކަމުގެ އަޑީގައި ތިބި އެމެރިކާއާ މިފަދަ ވިޔަފާރީގެ ގުޅުންތަކެއް އެހާ ފާޅުކުރެއްވީމައެވެ.

ސައޫދީ އަރަބިއްޔާ އުފެދުނީވެސް މުޅި އިސްލާމީ އުންމަތް ބައިބައިކުރުމުގެ ވިސްނުންތަކެއްގެ ތެރެއިން ކާފަރު މުޝްރިކުންނާ އެކު ހެދުނު ޑީލަކުންނެވެ. އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ސައޫދީ އަރަބިއްޔާގެ އިގުތިސާދު އެމައްޗަށް ބިނާވާ މައިގަނޑު ވިޔަފާރިތަކުގެ ތެރޭގައި އެމެރިކާއާއެކު ކުރެވޭ ވިޔަފާރި މުއާމަލާތްތައް ހުރީ ދެފަރާތުގެ މަސްލަހަތު ވަކިކޮށްލެވޭ ހިސާބެއްގައެއް ނޫނެވެ. އިސްލާމީ އުންމަތުގެ އެންމެ ބޮޑު އަދާވާތްތެރިޔާކަމަށްވާ އިޒްރޭލުގެ ބަދަލުވެރިއަކީ މިއެމެރިކާއެވެ. މިއިން ކަމަކާ ބަސްފުޅެއް ވިދާޅުވާން ނުކުރޭ އިލްމުވެރިންގެ މަޖިލިސްތަކެއް ހެދިފައިވާ އަދި ދެ ހަރަމުގެ އިމާމުންގެ ދިގު ލިސްޓެއް އޮންނަ ސުންނީ މުސްލިމް ސުއޫދީ އަރަބިއްޔާގެ ސުންނީންގެ އަގީދާ އެކަމަކު ހަމަ ސައްހައެވެ. އެއްވެސް މައްސަލައެއް ނެތެވެ.

ޣައްޒާގެ ރައްޔިތުންނަށް ނަސްރުދިނުމަށް ނުކުޅެދިފައިވާ، އަދި ކުޅެދުންތެރިކަމުގެ ގާބިލުކަމެއް ވެސް ނެތް އަދި އެފަދަ ގާބިލުކަމެއް ހޯދުމަށް އަމުދުން މަސައްކަތްވެސް ނުކުރާ ޣައްޒާގެ އަވަށްޓެރި މިސްރާއި ޖޯޑަންއާއި ލުބުނާނާއި ދެންވެސް އޮތް ގައުމެއްގައި ނަމަ ދިރިއުޅެމުންދަނީ ސުންނީ މުސްލިމުންނެވެ. ހަމަ އަގީދާ ސައްހައެވެ. އަގީދާގައި މައްސަލައެއް ނެތެވެ. އެހުރިހާ ގައުމެއްގެ ވެރިކަންތައް ބައްޓަންކޮށްފައިވަނީ އެމެރިކާއިން ލީޑްކުރާ ސިޔާސަތުތަކުގެ މައްޗަށެވެ. އެކަމަކު ގޯސް މިވަނީ އިރާނުގެ ޝީޢީންގެ އަގީދާ އެކަންޏެވެ.

މިލިޔުން އަޅުގަނޑު ކުރުކޮށްލާނީ، ޠާއިފްގެ ދަތުރުގައި ލިބިވަޑައިގެންނެވި ހިތާމަވެރި ނާކާމިޔާބީއާއެކު މާތް ނަބިއްޔާ މައްކާއަށް އަރާވަޑައިގަތުމުގައި އަމަލުފުޅުކުރެއްވި ގޮތް ހަނދާންކޮށްދެމުންނެވެ. މާތް ނަބިއްޔާ މައްކާއަށް އަރާވަޑައިގަތީ މުޠުޢިމް ބިން ޢަދީގެ ހިމާޔަތުގައެވެ. އެއީ މުޝްރިކެކެވެ. އެހެންވީމާ، ހަނގުރާމައިގެ ވަގުތުތަކާއި އެނޫންވެސް ވަގުތުތަކުގައި މުޝްރިކުންނާ ބައިވެގެންވެސް މަސައްކަތްކުރުމަކީ މާތް ނަބިއްޔާގެ މަތިވެރި ސީރަތުން ފެންނާން އޮތް ކަމެކެވެ. ވީއިރު، މުޅި އިސްލާމީ އުންމަތް ނުކުޅެދިފައިވަނިކޮށް، އިރާނުގެ ޝީޢީން އިޒްރޭލަށް ދެމުން އެގެންދާ ހަމަލާތަކާއި އިޒްރޭލާއި އެމެރިކާގެ މައްޗަށް ހޯދަމުން އެގެންދާ ކާމިޔާބީތަކާމެދު އުފާކުރުމަކީ މާ އައުލާވެގެންވާ ކަމެކެވެ.

ސުއޫދީ އަރަބިއްޔާއާއި އަދި އެނޫންވެސް ސުންނީން އުޅޭ ގިނަ އިސްލާމީ ގައުމުތަކުން އެމެރިކާވަންތަވެގެން އިރާނަކީ ޝީޢީންކަމަށް ބުނުމަކީ ދެދުނިޔޭގައި ތިމާމެން ސަލާމަތްވާނެ މާވަރުގަދަ ބަހަނާއަކަށް ހަދައި، އަނިޔާވެރި އިޒްރޭލާއި އިޒްރޭލުގެ އައުވާނުންނާ ދެކޮޅަށް ބަސްބުނަށް ޖެހިލުންވެފައިތިބި ތިބުމަކީ އަގީދާ ފެއިލްވެފައިވާކަން ނޫން ހަމަ އެހެން އެއްވެސް ކަމެއް ނޫނެވެ. އަދި އެކަމާމެދު ތިމާމެންގެ ވެރިންނާ ގުޅިގެން ހޭލުންތެރިކުރުމުގެ ހައްގު ބަސް ބުނަން ނުކެރި ތިބި އިލްމުވެރިންގެ އަގީދާވެސް އެފަދަމެއެވެ.

އިރާނުގައިތިބީ އަގީދާ ހަލާކުވެފައިވާ ބަޔަކުކަމަށް ގަބޫލުކުރާ މީހާއަށް އޮތީ އެބައިމީހުންގެ އަގީދާ ސައްހަކުރުމަށް ހިކުމަތާއި ރިވެތި ގޮތުގައި އިސްލާމީ ދައުވަތުން ދައުވަތުދިނުމެވެ. އެހެން މުސްލިމުންގެ ހިތްތަކުގައި އިރާނުގެ މުސްލިމުންނާމެދު ނަފުރަތުކަން އުފެއްދުމަކީ އިސްލާމްދީނުގައި އޮތް ގޮތެއް ނޫނެވެ. އަދި ހަމައެހެންމެ މިދަނޑިވަޅުގައި އެންމެ އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމަކީ ސުންނީ މުސްލިމުން އުޅޭ ގައުމުތަކުގައި އޮތް އެމެރިކާވަންތަ ސުންނީ ވެރިކަންތައް ހިންގަމުންގެންދާ ވެރިންނާމެދު ސުންނީ މުސްލިމުން ހޭލުންތެރިކުރުވުމެވެ. އެޔަށްވުރެ މުހިންމު އެހެން މަސައްކަތެއް އިސްލާމީ އުންމަތުގައި މިވަގުތު ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox