އެފްއޭއެމް އިން ކްލަބްތަކަށް ދިން ފައިސާއަށް، ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވި މައްސަލަ ބަލަނީ

އެފްއޭއެމް އިން ބޭއްވި ކޮންގްރެސްއެއްގައި ކްލަބްތަކުން ބައިވެރިވުން: އެފްއޭއެމް އިން ކްލަބްތަކަށް ދިން ފައިސާއަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވި މައްސަލަ ފުލުހުން ދަނީ ބަލަމުން -- ފޮޓޯ: އަދަދު ފައިލް

އެފްއޭއެމް އިން ބޭއްވި ކޮންގްރެސްއެއްގައި ކްލަބްތަކުން ބައިވެރިވުން: އެފްއޭއެމް އިން ކްލަބްތަކަށް ދިން ފައިސާއަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވި މައްސަލަ ފުލުހުން ދަނީ ބަލަމުން -- ފޮޓޯ: އަދަދު ފައިލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބްތަކަށް ދެމުންދާ ސަބްސިޑީ ފައިސާއަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކްލަބްތަކަށް ދޭ ސަބްސިޑީ ފައިސާ އެ ކްލަބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި ތަހުގީގުކުރަމުންދާ ކަމަށެވެ.

އެފްއޭއެމްއަށް ބޭރުގެ އެކި ފަރާތްތަކުން ދޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ހިންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ގޮތުން ފުލުހުން ބުނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި އެފްއޭއެމްގެ އޭރު މަސައްކަތްކުރި މީހުންގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ.

އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ ގިނަ ދައުވާތަކެއް އުފުލައިފަ އެވެ.

ޕީޖީން ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ދެ ދައުވާ ކޮށްފައިވަނީ، ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު، ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވުމަށް ފަހު، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އެވެ.

އޭގެ ފަހުން، ކުރި ދައުވާތަކަށް ބަލާއިރު، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާތައް ކުރުމުގެ އިތުރުން އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނަގައިދޭން ޕީޖީން އޮތީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން، އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.

ފުލުހުން ތުހުމަތު ކުރަނީ ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ހަރަދު ކުރި ކަމަށެވެ. އެ އެޕާޓްމަންޓް މިހާރު ވަނީ، ދައުލަތަށް ނަގައިފަ އެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން، ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނުވަ މަސް ދުވަހަށް ބައްސާމް ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަންގެ މުއްދަތު ހަމަވެފައިވާއިރު، ފީފާ އިން ދާއިމީކޮށް، ބައްސާމް މައްސަލައިގައި ގޮތެއް ކަނޑައަޅާނީ، ރާއްޖޭގެ ކޯޓުތަކުގައި މި ހިނގާ މައްސަލަތަކުގައި ގޮތެއް ނިމުމުންކަން އެނގިފައިވެ އެވެ.

އެންމެ ފުރަތަމަ ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދެމުން އައީ، 2017 ވަނަ އަހަރުން ފެށިގެން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެއީ، ސީޒަނަކަށް ތިން މިލިއަން ރުފިޔާ އެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް ވަނީ، އެ ގޮތަށް ކްލަބްތަކަށް ފައިސާ ދިނުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް ބުނެ، އެކަން ހުއްޓާލައިފަ އެވެ. އޭގެ ފަހުން، ބައްސާމް ވަނީ، 2020 ވަނަ އަހަރު އެފްއޭއެމްގެ ރައީސަކަށް ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކުރުމުގެ ގޮތުން، ކްލަބްތަކަށް އެފްއޭއެމުން އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށް ބުނެ، ވައުދުވެފަ އެވެ.

ބައްސާމް ވިދާޅުވީ، އެ ފައިސާ ހަމަޖައްސާނީ، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން، އެފްއޭއެމް އަށް ލިބޭ ސްޕޮންސަޝިޕްތަކުން ކަމަށެވެ. އެކަމަކު، އެއްވެސް ސީޒަނެއްގައި ބަރާބަރަށް ހުރިހާ ޓީމަކަށް ފައިސާ ދެވިފައިނުވާއިރު، ގިނަ ޓީމުތަކުން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ އައީ ފެންމަތިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox