ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު ކުރެއްވީ ދޮގު ތުހުމަތެއް

Jun 5, 2025, 1:12 AM
އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވުމުން އެކަމުގައި ފުލުހުން ހިންގާ ތަހުގީގުން އެއްވެސް ހެއްކެއް ނުހޯދުނު ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހަށް ބުނީ މާލީ ބަގާވާތާ ގުޅިގެން ފުލުހުން މިހާރު ހިންގާ ތަހުގީގަށް އެއްކުރެވުނު މައުލޫމާތުން އެފަދަ ކަމެއް ރާވައި އިންތިޒާމުކޮށްގެން ހިންގަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

"ހެއްކެއް ފެންނާކަށް ނެތް. ކޯޑިނޭޓެޑް ވެގެން ކަމެއް އެގަޑީގައި ބައިވަރު އެތައް ސަތޭކަ ބޮޓް އެކައުންޓްތަކެއް މީހުން މަގުމައްޗަށް އެއްވާން ނިކުންނަން ގޮވައި، އެގަޑީގައި ޕްރެސް ކޮންފަރެންސްގެ ގަޑި އާއި ބޭންކުން އެކަންތައް އިއުލާންކުރި ގަޑިއާ ވެސް ދިމާވުމާއި މި އަދި މިހާތަނަށް ފެންނަ ފެނުމަށް އިއްތިފާގު،" އޭނާ ބުންޏެވެ.

މާލީ ބަގާވާތާ ގުޅިގެން އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމަކްގެ ބަޔާން ފުލުހުންނަށް ނުނެގެ އެވެ.

ކާލް ރާއްޖޭން ބޭރުގައި ހުންނަވައި އިސްތިއުފާ ދެއްވިއިރު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ފުލުހުން ހޯދައިފައި ނެތެވެ. ތަހުގީގު ކުރިއަށް ދަނިކޮށް ކާލް ވަޑައިގަތީ އޭނާގެ އާއިލާ ދިރިއުޅެމުންދާ ދުބާއީ އަށެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ.

އެކަން އިއުލާނު ކުރުން އިއްތިފާގުވީ، ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ގެންދެވި ވަގުތާ އެވެ. އޭގެ ކުރިން ވެސް ސަރުކާރުގެ ވެރިން ދިޔައީ އެއީ ބަގާވާތެއް ކަމަށް ބުނަމުންނެވެ.

މާލީ ބަގާވާތެއް އިދިކޮޅުން ހިންގަން އުޅުނު ކަމަށް ސަރުކާރުން ބުނުމާއެކު، އެކަން ފުލުހުން ތަހުގީގު ކުރަން ފެށުމާއެކު އާންމުން އެކަން ޖޯކަކަށް ހަދައި ފާޑުކިޔެވެ.

އޯގަސްޓު 26، ގެ ރޭގައި ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބީއެމްްއެލްއިން ގެންނަން އުޅުނީ ސީދާ ބަގާވާތެއް ކަމަށާއި އެއީ މާ ކުރީއްސުރެއް ރޭވިގެން ކުރި ކަމެއް ކަމަށެވެ.

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގައިރު ގާނޫނީ ގޮތަށް ސަރުކާރު ބަދަލު ކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވުމަށް ގާނޫނު އަސާސީން ލިބިދޭ ފުރިހަމަ ބާރާ އެކީގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އެރޭ ވިދާޅުވި އެވެ.

މާލީ ބަގާވާތުގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުން ވަގުތުން ވަގުތަށް އާންމުންނާ ހިއްސާ ކުރަމުން ފުލުހުން ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ހޯދިފައި ނެތްއިރު، އެކަމުގެ މައުލޫމާތު ރައީސްގެ އެ ދެއްވި އިރުޝާދާ އެއްގޮތަށް ފުލުހުން ހާމައެއް ވެސް ނުކުރެ އެވެ.

"މިނިވަން ކަމާ އެކީގައި މިކަން ބަލައި ހުކުމެއް މީހަކަށް އައިސްފިއްޔާ ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނަން، އެއީ އަދުލުވެރިވުމަކީ،" ރައީސް މުއިއްޒު އެރޭ ވިދާޅުވި އެވެ.

މި ތުހުމަތަށް ފަހު، އެ މަނިކުފާނުގެ ނުފޫޒު އޮންނަ ގޮތަށް ބީއެމްއެލްގެ ބޯޑު ބަދަލުކޮށް، ޗެއާމަނަކަށް، ކެބިނެޓު ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަން ކުރެއްވި އެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން ނިންމީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ކަމަށް ސަރުކާރުން ތުހުމަތު ކުރެ އެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:34
  • އިރުއަރާ 05:52
  • މެންދުރު 12:08
  • އަޞްރު 15:31
  • މަޣްރިބް 18:17
  • ޢިޝާ 19:35

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox