އިއްޔެ ގެންނަން އުޅުނީ ސީދާ ބަގާވާތެއް: ރައީސް މުއިއްޒު

އިއްޔެ ގެންނަން އުޅުނީ ސީދާ ބަގާވާތެއް: ރައީސް މުއިއްޒު

އިއްޔެ ގެންނަން އުޅުނީ ސީދާ ބަގާވާތެއް ކަމަށާއި އެއީ މާ ކުރީއްސުރެއް ރޭވިގެން ކުރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބީއެމްއެލް ބޯޑުން އިއްޔެ އެ ނިންމުން ނިންމީ އެގޮތަށް ނުހަދަން ސީދާ އެމަނިކުފާނު އިރުޝާދު ދެއްވަމުން ދަނިކޮށް ކަމަށެވެ.

އެމަނިކުފާނުގެ އިރުޝާދާ ދެކޮޅަށް ބީއެމްއެލްގެ ބޯޑުން ޑޮލަރުގެ ލިމިޓަށް ބަދަލު ގެންނަން ނިންމި މައްސަލަ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގައިރު ގާނޫނީ ގޮތަށް ސަރުކާރު ބަދަލު ކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވުމަށް ގާނޫނު އަސާސީން ލިބިދޭ ފުރިހަމަ ބާރާ އެކީގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ތުހުމަތު ކުރެއްވީ ބީއެމްއެލްއިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން "ބަގާވާތެއް" ގެންނަން އުޅުނީ އަވައްޓެރި ބައެއް ގައުމުތަކުގައި މިފަހުން ކަން ހިނގައިދިޔަ ގޮތުން މިސާލު ނަގައިގެން ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު، އެ ތަހުގީގުގެ ތެރެއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ތަހުގީގަށް ލިބެމުންދާ ކުރިއެރުން ވަގުތުން ވަގުތަށް އާންމުންނާ ހިއްސާ ކުރަމުން ފުލުހުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިނިވަން ކަމާ އެކީގައި މިކަން ބަލައި ހުކުމެއް މީހަކަށް އައިސްފިއްޔާ ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނަން، އެއީ އަދުލުވެރިވުމަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ތިބީ ސަރުކާރުގެ ހަތަރު މެންބަރުން ކަމަށާއި ބާކީ ތިބި ފަސް ބޯޑު މެންބަރުންނަކީ ސަރުކާރުގެ ބައެއް ނޫން ކަމަށެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް ބީއެމްއެލްގެ ބޯޑުގައި މިހާރު ތިބި ނުވަ މެންބަރުންގެ ތެރެއިން ހަ މެންބަރުންނަކީ މިދިޔަ މެއި މަހު އޮތް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ސަރުކާރުން ހުށަހަޅައިގެން އައްޔަނު ކޮށްފައި ތިބި ބައެކެވެ.

2024- 2025 ވަނަ އަހަރަށް ސަރުކާރު ތަމްސީލުކުރަން ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހެޅި ނަންތަކަކީ:

  1. ހަސަން ޒަރީރު
  2. ކާލް ސްޓުމްކަ (ސީއީއޯ އަދި އެމްޑީ)
  3. އާއިޝަތު ނޫރައްދީން
  4. އާއިޝަތު ސަޖްނީ
  5. އަލީ ފާރިސް މުހައްމަދު
  6. އާދިލް މޫސާ
  7. ސުޒީ އާދަމް

އޭގެތެރެއިން ހަސަން ޒަރީރުއަކީ ނަން ހުށަހެޅިއިރު، ވެސް ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި ބޭފުޅާ އެވެ. ނަމަވެސް އަހަރީ އާންމު ޖަލްސާގެ ކުރިން ޒަރީރު އިސްތިއުފާ ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ އައްޔަނު ކުރުމަށް މަޖިލީހުން ނިންމުމުންނެވެ.

ބީއެމްއެލްގެ ބޯޑު މެންބަރުންނަށް ވެސް ނިސްބަތް ވާގޮތަށް ރައީސް ބަގާވާތުގެ ތުހުމަތު ކުރެއްވިއިރު، ބީއެމްއެލްގެ ނިންމުން އިއްޔެ ނިންމީ ޑޮލަރު ގަންނަން ލިބޭ މިންވަރު މަދުވުމުގެ ސަބަބުން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިދާނެ ކަމަށް މީގެ އެތައް ދުވަހެއް ކުރިން ތަކުރާރުކޮށް ބުނުމަށްފަހު އެވެ.

އެގޮތުން މިދިޔަ ތިން އަހަރު އެކަނިވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށް މިދިޔަ މެއި 25، ގައި އޮތް އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ ވިދާޅުވެފައިވެ އެވެ.

އަދި، މި އަހަރުގެ މިހައިތަނަށް ބީއެމްއެލްއަށް ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު ނަމަވެސް އޭގެ ދެ ގުނަ މިހާރުވެސް ވިއްކާފައިވާ ކަމަށް އިއްޔެގެ ނިންމުމާ ގުޅިގެން އެ ބޭންކުގެ މުވައްޒަފުންނަށް ކާލް ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox