އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސުންނަށް އަހުމަދު އާއި މުންތަގިމް

Jun 2, 2025, 12:54 PM
އޮލިމްޕިކް ކޮމިޓީގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން، އަހުމަދު (ކ) އާއި މުންތަގިމް

އޮލިމްޕިކް ކޮމިޓީގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން، އަހުމަދު (ކ) އާއި މުންތަގިމް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމަށް މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު އިސްމާއިލް އާއި އަހުމަދު މުންތަގިމް (މުންތޭ) އިތުރު ދައުރަކަށް އިންތިހާބުކޮށްފި އެވެ.

ހެންވޭރު މީރުމާގައި މިއަދު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބީ ކޮންގްރެސްގައި، ރައީސްގެ މަގާމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)، ދެ ވަނަ ދައުރަކަށް ވަނީ އިންތިހާބުވެވަޑައިގެންފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރުގައި، 2025-2029 އަށް، ސައްތާރުގެ އިތުރުން، އޭނާގެ ދެ ނައިބުން ކަމަށްވާ މުންތަގިމް އާއި އަހުމަދު ވެސް ވަނީ އިންތިހާބުވެފަ އެވެ. އަހުމަދުގެ ނަން ނޮމިނޭޓްކުރީ، ހޭންޑްބޯލް މޯލްޑިވްސް އިންނެވެ. އަދި، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުންތަގިމްގެ ނޮމިނޭޝަން އައީ ޗެސް އެސޯސިއޭޝަނުންނެވެ.

ނައިބުގެ މަގާމަށް ދެން ކުރިމަތިލެއްވީ، އެތުލެޓިކްސް އެސޯސިއޭޝަނުން ނަން ހުށަހެޅި އެ އެސޯސިއޭޝަންގެ ރައީސް، މުސްތަފާ މުހައްމަދު (މުސްތޮ) އެވެ. މުސްތަފާ އަށް އިންތިހާބު ނާކާމިޔާބުވިއިރު، އަހުމަދު އާއި މުންތަގިމް ވަނީ ގިނަ ވޯޓްތަކެއް ހޯއްދަވައިފަ އެވެ. އެ ގޮތުން، އަހުމަދަށް 15 ވޯޓު ލިބުނުއިރު، މުންތަގިމް އަށް ވަނީ 12 ވޯޓު ލިބިފަ އެވެ. އަދި، މުސްތަފާ އަށް ތިން ވޯޓު ލިބުނުއިރު، އެއް ވޯޓު ވަނީ ބާތިލްވެފަ އެވެ.

އެންމެ ފަހުން ބޭއްވި، އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި ނައިބަކަށް އިންތިހާބުވީ އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އޭރުގެ ރައީސް މުހައްމަދު ތޮލާލް އެވެ. ތޮލާލް އަށް 15 ވޯޓު ލިބުނުއިރު، އަހުމަދަށް ވަނީ 14 ވޯޓު ލިބިފަ އެވެ. ދެން ވާދަކުރެއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް އަށް ލިބުނީ ހަ ވޯޓެވެ.

މުންތަގިމް، އޮލިމްޕިކް ކޮމިޓީގެ ނައިބަކަށް އެންމެ ފުރަތަމަ އިންތިހާބުކުރީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގަ އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސެއްގެ މަގާމު އޭރު ހުސްވީ، މި ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، އޮލިމްޕިކް ކޮޮމިޓީގެ ނައިބަކަށް ހުންނެވި، ތޮލާލް އައްޔަނު ކުރެއްވުމުންނެވެ. އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމީޓީން އެ މަގާމަށް މުންތަގިމް ހޮވިއިރު، މި މަގާމަށް އޭރު ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީ ވެސް މުންތަގިމް ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ އޭރު މައުލޫމާތު ދީފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ޖުމްލަ 14 ފަރާތަކުން ތިބެ އެވެ. އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުން، ހަ އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް، ދެ ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް އަދި އަންހެން ދެ މެމްބަރުންނެވެ. އޭގެ އިތުރުން، އެތުލީޓްސް ކޮމިޝަން ތަމްސީލް ކުރާ މެމްބަރެއް ވެސް ހިންގާ ކޮމިޓީގައި ހިމެނޭނެ އެވެ. މި ވަގުތު ހުރި އެތުލީޓްސް ކޮމިޝަންގެ މެމްބަރުގެ ދައުރު ހަމަވާނީ މި އަހަރު ޑިސެމްބަރު މަހަށެވެ.

މިއަދު ބޭއްވި އިންތިހާބުގައި، އޮލިމްޕިކް ސްޕޯޓްސްގެ ގޮޑިތައް ކާމިޔާބުކުރެއްވީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ ޖާގަ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ލިބުނުއިރު، އަންހެން ދެ މެމްބަރުންގެ ޖާގަ ލިބުނީ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށެވެ.

އޮލިމްޕިކް ކޮމިޓީގެ ފިނޭންޝިއަލް ޑިރެކްޓަރާއި ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރާނީ، އެސޯސިއޭޝަންގެ އާ ހިންގާ ކޮމީޓީގެ ރުހުމާ އެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox