މިނިވަނަކު ކަމުގައިވުން؛ ދީނީގޮތުން ފަނޑިޔާރުކަމުގެ ޝަރުތެއް

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރަކު މަގާމުން ވަކިކުރުމާއެކު ބޮޑު ކޯޓުގެ ފަނޑިޔާރުކަމުގެ ދެ ގޮނޑި ހުސްވެފައިވެ އެވެ. އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާތީ، ދާދި އަވަހަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ގޮނޑިވެސް ހުސްވެގެންދާނެއެވެ. މިފަދަ މުހިންމު ދަނޑިވަޅެއްގައި އަޅުގަނޑު ހިތުން އިސްލާމީ ފިޤުހުގައި ފަނޑިޔާރުންގެ ޝަރުތުތަކާ ގުޅޭ ކަންކަމަށް ފިކުރެއް ހިންގާލުމަކީ ނެތްކަމެއް ނޫނެވެ.

ފަނޑިޔާރުކަމުގެ މަގާމަށް އަންނަ ބޭބޭކަލުންގައި ހުންނަންވީ ޝަރުތުތަކުގެ ގޮތުގައި އެކި މަޒުހަބުގެ ފިޤުހުވެރިން އެތައް ގިނަ ޝަރުތުތައް އެކި ބޭކަލުންގެ ފޮތްތަކުގައި އެކިވަރަށް ލިޔުއްވާފައިވެއެވެ. މި ލިޔުމުގެ ބޭނުމަށްޓަކައި މިނިވަނަކު ކަމުގައިވުމުގެ ޝަރުތަށް ބަލާއިރު، މިއީ ހުރިހާ މަޒުހަބުތަކެއްގެ ހުރިހާ އިލްމުވެރިންވެސް އިއްތިފާގުވާ ޝަރުތެކެވެ.

ރާއްޖޭގެ ގާނޫނުއަސާސީގައި ފަނޑިޔާރުންގެ ޝަރުތުތައް ކަނޑައަޅާފައި އޮންނަ މާއްދާގައި މި ޝަރުތެއް ނޯވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އަޅުގަނޑު ގޮތެއް ނުނިންމައި ގާނޫނު ދަންނަ ބައެއް ރަށްޓެހިންނަށް ގުޅީމެވެ. އެކި ބޭފުޅުން އެކި ގޮތަށް އެ ސުވާލަށް ޖަވާބުދެއްވިއެވެ. އެންމެ ހިތް ގައިމުކޮށް ލިބުނު ދެ ޖަވާބެއް މިތަނުގައި ނަކަލުކޮށްލާނަމެވެ.

Advertisement

ހަގީގަތުގައި ފިޤުހުވެރިން މިނިވަނަކު ކަމުގައިވުން ޝަރުތުކުރަނީ އިހު ޒަމާނުގައި އަޅުންގެ ނިޒާމު އޮވެފައި އަޅުންގެ ގިނަކަމަށްޓަކައެވެ. ޒަމާނީ ތަހުޒީބާއެކު އަޅުވެތިކަން މިހާރު ވަނީ ފިލާ ގޮސްފައެވެ. އެހެންވީމާ އެއީ މިހާރު ވެދާނެ ކަމެއްގެ ގޮތުގައި ވިސްނާން ވެސް ނުޖެހޭތީ އެވާހަކަ ނުލިޔުނީއެވެ.

އަޅުގަނޑަށް ހިތްގައިމުކަން ލިބުނު ދެވަނަ ޖަވާބަކީ؛ ޝަރުތާ ގުޅޭ މާއްދާގައި އެވާހަކަ ނެތަސް ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ މައްޗަށް ކަމަށްވެފައި، މުޅި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ މިނިވަން ބާރެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ އޮތުމެވެ. އެހެންވީމާ ފަނޑިޔާރުންނަކީ އޭގެ ޒާތުން މިނިވަން މުސްތަގިއްލު ބަޔަކަށްވުމުގެ ޝަރުތަކީ، އެހެން ޝަރުތުތަކަށްވުރެ ހަރުދަނާކޮށް ބޮޑުކޮށް ގާނޫނުއަސާސީން ކަނޑައަޅާފައި އޮންނަ ކަމަކެވެ.

ކޮންމެއަކަސް ގާނޫނުއަސާސީ ހެދި ބަޔަކު މިކަމެއް ނަންގަވާފައި އޮތީ، ތަހުޒީބު ޑިމޮކްރަސީތަކަށް ބަލައިގެން އޭގެ މައްޗަށް ނަމަވެސް، މިކަމެއް މިއޮތީ ހަމަ އިސްލާމީ ފިޤުހާ ފުރިހަމައަށް އެއްގޮތްވާގޮތުގެ މަތީންނެވެ. އާދޭހެވެ! މިނިވަނަކު ކަމުގައިވުމަކީ ފަނޑިޔާރުންގެ އެންމެ އަސާސީ އެއް ޝަރުތެވެ.

އެ ޝަރުތު އެގޮތަށް ފަނޑިޔާރުންގައި ހުރުން ލާޒިމްކަމުގެ މައްޗަށް އިލްމުވެރިން އިއްތިފާގުވާހިނދު، އޭގެ ހިކުމަތްތަކާއި ސަބަބުތަކާއި މަގުސަދުތަކަށް ބަލާލުން މުހިންމެވެ. ޝައްކެތް ނެތެވެ. ފަނޑިޔާރަކަށް ހުންނަ މީހަކީ މީހެއްގެ އަޅަކަށްވެފައި، ސާހިބު މީހާއަށް އަޅުމަސައްކަތްކޮށްދޭ މީހަކަށްވީމާ، އޭނާއަކީ އޭނާގެ ސާހިބު މީހާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅިއްޖެނަމަ މިނިވަން ހުކުމެއް ކުރެވޭނެ މީހަކަށް ނުވާނެއެވެ.

ހަމަ އެހެންމެ ސާހިބު މީހާގެ މަސްލަހަތު ހުންނަ މައްސަލަތަކުގައިވެސް މިނިވަން ހުކުމެއް އޭނާ ކޮށްފިނަމަ، ސާހިބު މީހާގެ އަދަބާއި އުގޫބާތާ އޭނާ ކުރިމަތިލާންޖެހިދާނެއެވެ. މިއަށްވުރެ އަދި އިތުރަށް ވިސްނާލަންޖެހޭ ކަމަކީ، ސާހިބު މީހާއާ ދެކޮޅަށް ނުވަތަ އެނޫންވެސް ކަމެއްގައި އޭނާ ކިތަންމެ މިނިވަން ހުކުމެއް ކުރިޔަސް އާންމުން އެކަމެއް ބަލައެއް ނުގަންނާނެއެވެ. ސަބަބަކީ އޭނާއަކީ ސާހިބު މީހަކު ހުރި އަޅަކަށްވިޔަތީއެވެ. އެހެންކަމާއެކު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އެއީ އާންމުން އިތުބާރުކުރާ ފަދަ ނިޒާމަކަށް ހެދުމަކީ ފަނޑިޔާރުންނަކީ މިނިވަނުންކަމުގެ ޝަރުތާ ނުލައި ކުރެވިދާނެ ކަމެއް ނޫނެވެ.

އިލްމުވެރިން އިއްތިފާގުވާ ބައެއް އެހެން ކަހަލަ ޝަރުތުތަކަށް ވެސް މިތަނުގައި ބަލާލާއިރު ފެންނާން އޮތީ، ހަމަ މިދެންނެވި މިނިވަންކަން ނެގެހެއްޓުމުގެ މަގުސަދެވެ. މިސާލަކަށް ކުޑަކުއްޖަކަށް ނުވުމުގެ ޝަރުތެވެ. އެއީ މައިބަފައިންގެ ބާރުވެރިކަމާއި ބެލެނިވެރިކަމުގެ ދަށުގައި ހުންނަ ކުޑަކުއްޖަކަށް މިނިވަންކަމާއެކު ހުކުމްކުރެވިދާނެ ނަމަވެސް، އެކަން އާންމުންނަށް ބަލައިގަންނަން އުނދަގޫވާނެއެވެ. އެހެންނާ ބައެއް ފަހަރަށް ކުޑަކުދިންނަކީ ވެސް ނިކަން މިނިވަން ނިންމުންތައް ނިންމާ ބައެއް ނޫންތޯއެވެ؟ އަދި އަމުދުން ޅަ އުމުރުގައި ބޮޑެތި މީހުންނަށްވުރެ ބޮޑަށް ދީނީ ގޮތުން އިލްމުވެރިވާ ކުދިން މަދެއް ނޫނެވެ. އަދި ތުއްތު ސައިންޓިސްޓުންވެސް މަދެއް ނޫނެވެ.

އަޅުގަނޑުވެސް އެއްބަހެވެ. އެނގެއެވެ. ދިވެހިރާއްޖޭގައި އަޅުންނެއް ނޫޅެއެވެ. އެހެންވީމާ ދިވެއްސަކު ފަނޑިޔާރުކަމުގެ މަގާމަށް ލައިފިނަމަ، އެމީހަކީ މިނިވަނަކުކަމުގައި ވާނެ ކަމީ ޝައްކެތް އޮތް ކަމެއްވެސް ނޫނެވެ. އެކަމަކު އަޅުގަނޑުގެ މި ލިޔުމުގެ މަގުސަދަކީ، މިނިވަނަކު ކަމުގައިވުން ޝަރުތެއް ގެ ގޮތުގައި އިސްލާމީ ފިޤުހުގައި އޮންނަ މަގުސަދުތައް ހާސިލުވާނެ ފަދައިން އެކަން ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަޅިއެއް އެއްލުމެވެ.

މިނިވަނަކު ކަމުގައިވުން ޝަރުތެއްގެ ގޮތުގައި އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ސާހިބު މީހަކު ހުރެފައި އެމީހަކު ބުނާ ގޮތަށް ކަންކުރާންހުރި އަޅަކު ލައްވާ ފަނޑިޔާރުކަން ކުރުވީމާ، އަދުލުއިންސާފު ގާއިމުކުރަން ފަނޑިޔާރަކު ބަހައްޓައިގެން މުޖުތަމައަށް ހޯދައިދޭން އުޅޭ އަމާންކަމާއި ސުލްހަމަސަލަސްކަން ހޯދައިނުދެވުމެވެ. އެއީ މުޖުތަމައުގެ ހަމަޖެހުން ހޯދައިދެވޭނީ އަދުލުއިންސާފު ދޭން ހުންނަ ފަރާތާމެދު މުޖުތަމައުއަށް އިތުބާރު އޮވެގެންނެވެ.

ކޮންމެއަކަސް ޔަގީންވާ ކަމަކީ، ކުރިޔަށް މިއޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޯޓަށް ތިން ފަނޑިޔާރަކު އަލަށް އައްޔަންކުރެވި އޭގެ ތެރެއިން އެއް ބޭކަލަކީ ގައުމުގެ އައު އުއްތަމަ ފަނޑިޔާރު މަނިކުފާނުކަމުގައި ވެސް ކޮލިލެވިގެންދާނެ ކަމެވެ.

އަޅުގަނޑުގެ ނަސޭހަތަކީ އަދުލަށް ހުކުމްކޮށްދެއްވުމެވެ. ހަވާ ނަފުސާ ދުރަށް ވަޑައިގަތުމެވެ. ހަވާ ނަފުސަށް ހުކުމްކުރީކަމަށް ވަނީ ރިޝްވަތު ނަގައިގެން ހުކުމް ކުރީމާ އެކަންޏެއް ނޫނެވެ. މަގާމުގެ ޓައިޓަލް ގެއްލިދާނެތީ، އެ މަގާމަށް އާދެވުނު ފަރާތްތަކުގެ ބިރަށް ހުކުމްކުރުމަކީ ވެސް ހަވާ ނަފުސަށް ހުކުމްކުރުމެވެ. މީގެ މާނައަކީ ސަރުކާރުގެ މަސްލަހަތު ހުންނަ މައްސަލަތަކުގައި ސަރުކާރާ ދެކޮޅަށް ކޮންމެ ފަހަރަކު ހުކުމް ކުރުމެއް ވެސް ނޫނެވެ. ވަރަށް އަދުލުވެރި އިންސާފުވެރި ފަނޑިޔާރުންވެސް ބައެއް ފަހަރު ހަދާ ވަރަށް ބޮޑު ގޯހެއް އޮވެއެވެ. އެއީ ތިމާމެންގެ ނަޒާހަތްތެރިކަން ސާބިތުކުރުމަށް ހުކުމްކުރާ ކުރުމެވެ. މިއީ ތިމާމެންނަކީ މިނިވަނުންކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާނީ ކޮން ގޮތަކަށް ހުކުމްކުރީމާތޯ ވިސްނައިގެން ކުރާ ހުކުމެވެ. މައްސަލައިގެ ހެކިތަކުގެ ބަދަލުގައި ނޫސްތަކުގައި ހުންނަ ކޮމެންޓްތަކަށް ބަލައިގެން ނޫސްތަކުގެ ހެޑްލައިންތަކަށް ބަލައިގެން މީހުންގެ ޓްވީޓްތަކަށް ބަލައިގެން ނަޒާހަތްތެރިކަން ސާބިތުކުރުން ފިޔަވައި އެހެން މަގުސަދެއް ނެތި ކުރާ ހުކުމްތައްވެސް ހިމެނޭނީ ހަވާނަފުސަށް ހުކުމްކުރުމުގެ ތެރޭގައެވެ.

އާދޭހެވެ! ފަނޑިޔާރުކަމުގެ މަގާމަށް ހާއްސަކޮށް އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ވަޑައިގަންނަވަންވާނީ "މިނިވަނެކެވެ". ފުރިހަމަ މާނައިގައި މިނިވަނެކެވެ. "ސާހިބު" އަކު ނެތް "މިނިވަނެކެވެ." އަދި އޭނާ ހުކުމްކުރައްވަންވާނީ ސަރުކާރާ އެއްކޮޅަކަށް ވެސް ނޫނެވެ. އަދި ދެކޮޅަކަށް ވެސް ނޫނެވެ. އަދުލު އިންސާފަށެވެ. ސަރުކާރުން ބޭނުން ނުވާ ގޮތަކަށް ކުރެވޭ ހުކުމެއްގެ ސަބަބުން ސަރުކާރުން ކުރިމަތިވެދާނެ އުނދަގުލަކަށް ނުވަތަ ގެއްލުމަކަށް އޭނާ ބަލައިގެންނެއް ނުވާނެއެވެ. އަދި ސަރުކާރު ރުހޭ ގޮތަށް ކުރެވޭ ހުކުމެއްގެ ސަބަބުން، އިދިކޮޅު ސިޔާސީ ފަރާތްތަކުން ކިޔާފާނެ ފާޑަކަށް ކޮށްފާނެ މަލާމާތަކަށް އޭނާ ބިރެއް ގަނެ ލަދެއް އޮވެގެންނެއް ނުވާނެއެވެ. އަދި ހަމަ މިބީދައިގައި އުއްތަމަ ފަނޑިޔާރަކީ، ކުރާ ހުކުމްތަކުގައި ފައިސަލާކުރުމުގެ ބަދަލުގައި އެޔަކަށް ނުވާ މި ޔަކަށް ނުވާ ތިމާއަކީ ވަކި ކޮޅަކަށް ނުޖެހި ހުރި ފަރާތެއްކަން ސާބިތުކުރުމުގެ ބޭނުމަށް އެކަނި ހުކުމްކުރާ ފަދަ މީހަކަށް ވެސް ވެގެންނެއް ނުވާނެއެވެ.

މީކީ ފަސޭހަކަމެއް ނޫނެވެ. އެހެންވެގެންތާއޭ މާތް ނަބިއްޔާ ހަދީސްކުރައްވާފައި އެވަނީ "ފަނޑިޔާރުކަމަށް އައްޔަންކުރެވިއްޖެ މީހާ ފަހެ ވަޅިއަކާ ނުލައި ކަތިލެވިއްޖެއެވެ." އަހަރެމެންނަކީ މި ބުމުގެ ޚަލީފާއިންކަމުގައިވާހިނދު، ދާވޫދުގެފާނަށް މާތް ﷲ އެންގެވި އެންގެވުން ހަނދުމަކުރައްވާށެވެ.

ޞާދު ސޫރަތުގެ 26 ވަނަ އާޔަތުން ވިދާޅުވާށެވެ! "އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން، ބިމުގައި ޚަލީފާއެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްގު ގޮތުގައި ހުކުމްކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބާވެ ވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެއެވެ. ހަމަކަށަވަރުން، ﷲ ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) ހިސާބުބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެމީހުންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox