އަމާނާ ތަކާފުލްގެ ކޮންމެ ހިއްސާއަކަށް 1.30ރ. ބަހަން ފާސްކޮށްފި

އަމާނާ ތަކާފުލްގެ ކޮންމެ ހިއްސާއަކަށް 1.30ރ. ބަހަން ފާސްކޮށްފި

ދިވެހި ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ބާނީކަމުގައިވާ އަމާނަ ތަކާފުލްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 1.30ރ. ބަހަން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ (އެމް.އެސް.ޑީ.) ގެ ފަހިވޯޓު މަންސަ މެދުވެރިކޮށް އޮންލައިންކޮށް މިއަދު ބޭއްވި އެ ކުންފުނީގެ 14 ވަނަ އަހަރީ ޖަލްސާގަ އެވެ.

މިއީ 2023 ގައި ދެވުނު ޖުމުލަ ޑިވިޑެންޑްއާ އަޅާ ބަލާއިރު %303 ގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ ހިއްސާއަކަށް 0.13 ރުފިޔާ (މޫނުމަތީ އަގުގެ %10) ފައިސާ ޑިވިޑެންޑްއަކާއި ހިއްސާއަކަށް 1.18 ރުފިޔާ (މޫނުމަތީ އަގުގެ 90%) ސްކްރިޕް ޑިވިޑެންޑްއެކެވެ.

ސްކްރިޕް ޑިވިޑެންޑްއަކީ ފައިސާ ނުވަތަ ކުންފުނީގެ އިތުރު ހިއްސާ ލިބިގަތުމުގެ އިހުތިޔާރު ހިއްސާދާރުންނަށް ލިބިދޭ ޑިވިޑެންޑްގެ ބާވަތެކެވެ. އެގޮތުން މި ސްކްރިޕް ޑިވިޑެންޑް ދޭނީ ކުންފުނިން އަލަށް ދޫކުރާ އާންމު ހިއްސާގެ ގޮތުގަ އެވެ.

އަމާނަ ތަކާފުލް އިން ބުނީ މި އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ހިއްސާގެ އެވަރެޖު އަގަށް ބިނާކޮށް، ސްކްރިޕް ޑިވިޑެންޑް ދޫކުރެވޭނީ ހިއްސާއަކަށް 25.00 ރުފިޔާގެ މަގުން ކަމަށެވެ. ހިއްސާދާރުންނަށް އިތުރު ހިއްސާ ލިބިގެންދާނީ، މެއި 19، 2025 ގެ ނިޔަލަށް އެފަރާތުގެ ނަމުގައި ހުރި ހިއްސާގެ ނިސްބަތަށް ބިނާކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަމާނަ ތަކާފުލްއިން ބުނީ ޝާމިލުކަމާއި ހަމަހަމަކަން ކަށަވަރުކުރުމަށް، ފްރެކްޝަނަލް އެންޓައިޓަލްމަންޓުގެ ބަދަލު ދޭނީ ފައިސާއިން ކަމަށެވެ.

ހިއްސާދާރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފައިސާ ޑިވިޑެންޑްތައް އަހަރީ އާއްމު ޖަލްސާ ނިމޭތާ އެއްގަޑިއިރުތެރޭ، ހިއްސާދާރުންގެ ތެރެއިން ސައްހަ ބޭންކު އެކައުންޓް ނަންބަރެއް ދީފައިވާ ފަރާތްތަކަށް ޖަމާކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އިންޝުއަރަންސް ބިލުގައިވެސް ބާޔާންކުރާފަދައިން، އަދި ރައުސްމާލް އިތުރުކުރުމަށް އަޅުގަނޑުމެންގެ ބެލެނިވެރި އިދާރާއިން ދޭ އިޝާރާތްތަކާ ވެސް އެއްއުއިވާ ގޮތުގެމަތިން، އަޅުގަނޑުމެންގެ ރައުސްމާލީ އަސާސް (ކެޕިޓަލް ބޭސް) އިތުރަށް ހަރުދަނާކުރުމަށް، އަޅުގަނޑުމެންގެ ވަރުގަދަ މާލީ މަގާމުގެ ސަބަބުން ފަހިވެގެންދޭ، މި އިތުބާރުހުރި ޒިންމާ އަޅުގަނޑުމެން ނަގަނީ ނުހަނު ސީރިއަސްކޮށް، މިކަމުގައި ހިއްސާދާރުންނަށް މަންފާ ކުރަނީ ހަމައެކަނި މާލީ ފައިދާގެ އިތުރުން، ސުލޫކީ އަދި މުސްތަގުބަލަށް އަމާޒުހިފައިފައިވާ ބެލެހެއްޓުންތެރިކަމުގެ ސަބަބުން ވެސްމެ،" ކުންފުނީގެ ޗެއާމަން، ތައްޔިބު އަކްބަރު އަލީ ވިދާޅުވި އެވެ.

މި އާ ހިއްސާތައް ދޫކުރެވޭނީ، އަދާހަމަކުރެވިފައިވާ ލިސްޓުކުރުމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޑީމެޓިރީއަލައިޒިޑް (އިލެކްޓްރޯނިކް) ސިފައިގައި ކަމަށް ވެސް އަމާނަ ތަކާފުލްއިން ބުންޏެވެ. އެހެންކަމުން، ހިއްސާތައް އިލެކްޓްރޯނިކްކޮށް ހިއްސާދާރުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް، ހިއްސާދާރުންގެ ތެރެއިން، އެމްއެސްޑީގައި އެކައުންޓެއް ނެތް ފަރާތްތަކުން، އެކައުންޓެއް ހުޅުވުން ވަރަށް ބޮޑަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރު، ޖުމުލަ އާމްދަނީގެ ގޮތުގައި އަމާނަ ތަކާފުލްއަށް 295 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 45 ޕަސެންޓުގެ ކުރިއެރުމެކެވެ. އޭގެއިތުރުން އެ ކުންފުންޏަށް ލިބުނު ސާފު ފައިދާވެސްވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އެގޮތުން ޓެކްސް އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި 51.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 207 ޕަސެންޓުގެ އިތުރުވުމެކެވެ.

މިއީ މިހާތަނަށް ކުންފުނީގެ ތާރީހުގައި ވެސް އެންމެ ފައިދާވި ފަހަރެވެ. އަދި ހިރާސްތައް ބަލައިގަތުމާއި ބަދަލުދިނުން ފަރުވާތެރިކަމާއެކު ބެލެހެއްޓިފައިވާތީ، ތަކާފުލް ހިދުމަތުގެ ނަތީޖާ (ތަކާފުލް ސާވިސް ރިސަލްޓް) ވަނީ 88.53 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ފާހަގަކޮށްލެވޭ މި ނަތީޖާތަކުގެ ސަބަބުން، ސާޕްލަސް ރީފަންޑްގެ ގޮތުގައި 2.21 މިލިއަން ރުފިޔާ މިއަހަރު ބަހާފައިވާނެ އެވެ. ސާޕްލަސް ރީފަންޑަކީ ހިރާސް ފަންޑަށް ފައިދާވާ ކަމުގައިވާނަމަ، ކަނޑައެޅިފައިވާ އުސޫލުގެ މަތިން، ފަންޑުގެ ބައިވެރިންނަނަށް ބަހާ ފައިސާ އެވެ.

"މި ފާހަގަކޮށްލެވޭ ނަތީޖާގެ ސަބަބުން އަޅުގަނޑުމެންގެ އިޖުމާލީ މާލީ މަގާމަށާއި ވިލުންތެރިކަމަށް އިތުރު ބާރުލިބިގެންދޭ، އަޅުގަނޑުމެންގެ ހަލުވިކަމަށާއި، އުފެއްދުންތެރިވުމަށް އޮތް ނުގުޑާފަދަ ހިންމަތަށާއި، ކަމޭދުންނަށް އިސްކަންދޭ ހައްލުތަކަށް އަދި ނަމޫނާ ހިންގުންތެރިކަމަށް މި ކާމިޔާބީން ދަލީލުކޮށްދޭ،" އަމާނަ ތަކާފުލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، ހަރީޒް ސުލައިމާން ވިދާޅުވި އެވެ.

މާލީ ކާމިޔާބުތަކުގެ އިތުރުން، މިދިޔަ އަހަރު ފާހަގަކުރެވެނީ ދެމެހެއްޓެވެނިކަމުގެ ދާއިރާއިންވެސް ބޮޑު ކުރިއެރުންތަކެއް ހޯދުނު އަހަރެއްގެ ގޮތުގަ އެވެ. އެގޮތުން "ޕިޔޯ އެންޑް ހެލްތީ" މަޝްރޫއުގެ ދަށުން، ކުންފުނީގެ ފަރާތުންވަނީ ސްކޫލްތަކުގައި ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށްދީ، އޮފީސް މާހައުލުގައި ތިމާވެށްޓާ ރައްޓެހި ވައްޓަފާޅިތައް ކުރިއަރުވައި، އީ.އެސް.ޖީ (ތިމާވެށި، އިޖުތިމާއީ އަދި ހިންގުންތެރިކަމުގެ ދާއިރާތަކުން ކުންފުނިތައް ވަޒަންކުރަން ބޭނުންކުރާ އޮނިގަނޑެއް) ގެ އަސާސްތައް ކުންފުނީގެ އެކިއެކި މަސައްކަތްތަކުގެ ތެރެއަށް ލާމަހާލާފަ އެވެ. އަމާނަ ތަކާފުލްގެ ދެމެހެއްޓެނިވިކަމާބެހޭ އިސްތިރާޖު، އދ ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ސީއެމްޑީއޭގެ އީ.އެސް.ޖީ ރިޕޯޓުކުރުމުގެ އޮނިގަނޑާ އެއްއުއިވެ އެވެ. 

"އަޅުގަނޑުމެންގެ ތަސައްވުރަކީ މިއަށްވުރެވެސް ޝާމިލު، ޑިޖިޓަލް އަދި މުޖުތަމައަށް މޫލާފައިވާ ތަކާފުލްގެ ނިޒާމެއް، މިފަދަ ނިޒާމެއްގައި ހިއްސާދާރުން ވުނަކުރަނީ ހަމައެކަނި މަންފާތަކެއްގެ ބަދަލުގައި ތަރިކައެއްގައި،" ތައްޔިބު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކުންފުނިން ވަނީ، ގިނަ ބައެއްގެ ދިގު އިންތިޒާރެއްގެ ނިމުމަކަށް ވާނެ ފެމިލީ ތަކާފުލް އިފްތިތާހުކޮށްފަ އެވެ. އަދި އެމް ފައިސާ ޓްރަވަލް ތަކާފުލްފަދަ ޑިޖިޓަލް އީޖާދުތައް ވެސް ތައާރަފުކޮށްފަ އެވެ. މީގެ އިތުރުންވެސް އިފްސާ ރިހި އެވޯޑާއި ގިފާ އެވޯޑު ފަދަ ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެވޯޑުތަކުގެ ޒަރީއާއިން ކުންފުނީގެ ރިވެތި ނަމަށް އިތުރު ފުރިހަމަކަން ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox