އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ސައްތާރު އެކަނި

May 22, 2025, 2:48 PM
އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ސައްތާރު އެކަނި

އަންނަ މަހު ބާއްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިިމަތިލެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ކަމަށް އޮލިމްޕިކް ކޮމިޓީން އިއުލާނުކޮށްފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު، 2025-2029 އަށް ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުުމަށް ހުޅުވާލީ އޭޕްރީލް 22 އިން ފެށިގެންނެވެ. މެއި ހަތް ވަނަ ދުވަހުގެ ނިޔަަލަށް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ހުޅުވާލި، މުއްދަތު ހަމަވިއިރު، އަންނަ މަހު ދެ ވަނަ ދުވަހު އޮތް އިންތިހާބުގައި ރައީސަކަށް ވާދަކުރަންވަން ކެނޑިޑެސީ ހުށަހެޅީ ސައްތާރު އެކަންޏެވެ. އެހެންކަމުން، އިތުރު ފަރާތަކުން ކުރިމަތިލާފައިނުވާތީ، ސައްތާރަށް މަގާމުގައި ދެ ވަނަ ދައުރެއް ޔަގީންވީ އެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ، އިންތިހާބަށް 18 އެޕްލިކޭޝަނެއް ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް، ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން، އެއް އެޕްލިކޭޝަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެންމެ ފަހުން ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުގަ އެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ މޫސާ ނާޝިދު (މޫސަ) އާ ވާދަކޮށެވެ.

ކާމިޔާބު ކުރެއްވީ 16 މެމްބަރު އެސޯސިއޭޝަނާއި ދެ އެތްލީޓްސް ރެޕްރެޒެންޓޭޓިވްގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. ޗަމްޕީއާ ވާދަކުރެއްވި އޭރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އަށް ލިބުނީ ހަތް ވޯޓެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެފްއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ވަނީ އިންތިހާބުގެ އެއް ދުވަސް ކުރިން ނަން ނަންގަވައިފަ އެވެ.

އެމްއޯސީ ހިންގާ ކޮމިޓީގައި ޖުމްލަ 14 ފަރާތަކުން ތިބޭނެ އެވެ. އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުން، ހަ އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް، ދެ ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް އަދި އަންހެން ދެ މެމްބަރުންނެވެ. އޭގެ އިތުރުން، އެތުލީޓްސް ކޮމިޝަން ތަމްސީލް ކުރާ މެމްބަރެއް ވެސް ހިންގާ ކޮމިޓީގައި ހިމެނޭނެ އެވެ. މި ވަގުތު ހުރި އެތުލީޓްސް ކޮމިޝަންގެ މެމްބަރުގެ ދައުރު ހަމަވާނީ މި އަހަރު ޑިސެމްބަރު މަހަށެވެ.

ނައިބު ރައީސްގެ މަގާމަށް މި ފަހަރު ކުރިމަތިލާފައިވަނީ، ހޭންޑްބޯލް މޯލްޑިވްސް އިން ނަން ހުށަހެޅުވި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ވެސް ނައިބު ރައީސް، އަހުމަދު އިސްމާއިލް، އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ހުށަހެޅި އެ ޖަމިއްޔާގެ ރައީސް، މުސްތަފާ މުހައްމަދު (މުސްތޮ)ގެ އިތުރުން، ޗެސް އެސޯސިއޭޝަން އިން ހުށަހެޅި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސަކަށް މި ވަގުތު ވެސް ހުންނެވި، އަހުމަދު މުންތަގިމް (މުންތޭ) އެވެ.

އެންމެ ފަހުން ބޭއްވި، އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި ނައިބަކަށް އިންތިހާބުވީ އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އޭރުގެ ރައީސް މުހައްމަދު ތޮލާލް އެވެ. ތޮލާލް އަށް 15 ވޯޓު ލިބުނުއިރު، އަހުމަދަށް ވަނީ 14 ވޯޓު ލިބިފަ އެވެ. ދެން ވާދަކުރެއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް އަށް ލިބުނީ ހަ ވޯޓެވެ.

މުންތަގިމް، އޮލިމްޕިކް ކޮމިޓީގެ ނައިބަކަށް އިންތިހާބުކުރީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގަ އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސެއްގެ މަގާމު އޭރު ހުސްވީ، މި ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، އޮލިމްޕިކް ކޮޮމިޓީގެ ނައިބަކަށް ހުންނެވި، ތޮލާލް އައްޔަނު ކުރެއްވުމުންނެވެ.

އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމީޓީން އެ މަގާމަށް މުންތަގިމް ހޮވިއިރު، މި މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީ ވެސް މުންތަގިމް ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ އޭރު މައުލޫމާތު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox