ބްރޯޑްކޮމް މެންބަރުންގެ ޝަކުވާ މަޖިލީހަށް ހުށަހެޅިފަހުން އެ ކޮމިޝަނުގެ އައިޓީ އޮފިސަރު ވެސް ސަސްޕެންޑުކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން؛ އެ ކޮމިޝަނުގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެ ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން؛ އެ ކޮމިޝަނުގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެ ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު

ބްރޯޑްކާސްޓިން ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެ އިއްޔެ އެ ކޮމިޝަނަށް ފުލުހުން ވަންތާ މާގިނައިރުތަކެއް ނުވަނީސް ބްރޯޑްކޮމްގެ އައިޓީ އޮފިސަރު، އަހުމަދު ފަޒީލް ސަސްޕެންޑުކޮށްފި އެވެ.

އަދަދު އާ ވާހަކަ ދައްކަމުން ފަޒީލް ބުނީ އޭނާ ސަސްޕެންޑު ކުރިކަން އެންގީ ރޭ 10:00 ހާއިރު ފޯނުން ގުޅާފައި ކަމަށެވެ.

"[ސަސްޕެންޑު ކުރީ] މިއަދުން ފެށިގެން ހަތް ދުވަހަށް، ސަސްޕެންޑު ކުރިކަން އެންގީ ރޭގައި، 10 އެހާކަށްހާއިރު،" ފަޒީލް ބުންޏެވެ.

Advertisement

ސަސްޕެންޑު ކުރީ ކޮން ސަބަބަކާ ހުރެކަމެއް އަންގާފައި ނުވާ ކަމަށް ފަޒީލް ބުންޏެވެ.

"ބުނިހާވެސް އެއްޗަކީ ކޮމިޝަނުން ނިންމައިފިޔޯ ސާވާއަށް ދިމާވި މައްސަލައާ ހެދި، އޭގައި އެބަހުއްޓޯ ގޮތް ނޭނގޭ ކަންކަންތަކެއް، އެހެންވީމާ އެކަމާ ގުޅިގެން ސެވަން ޑޭސް ސަސްޕެންޝަންއޯ،" ފަޒީލް ބުންޏެވެ.

ފަޒީލް ސަސްޕެންޑު ކޮށްފައި މިވަނީ ބްރޯޑްކޮމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ކޮމިޝަނުގެ މެންބަރުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. ފަޒީލް ސަސްޕެންޑު ކުރުމުގެ ކުރިން ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް، މަރިޔަމް ޒީނިޔާ ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. ވަކި ސަބަބެއް ނާންގައި އޭނާ ސަސްޕެންޑު ކުރީ 96 ގަޑިއިރަށެވެ.

ސަބަބެއް ބަޔާން ކުރުމެއް ނެތި ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން އިއްޔެ ވަނީ ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފަ އެވެ. ބްރޯޑްކޮމްގެ މުވައްޒަފަކު ރާއްޖެ ޓީވީއަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ ބްރޯޑްކޮމްގައި ދިމާވާ މައްސަލައަކީ އެތަނުގެ ކޮމިޝަނަރުންގެ ގޮތުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން މުވައްޒަފުންނަށް އިތުބާރު ނުކުރުން ކަމަށެވެ.

ހަޅުތާލަކުރަން ނިންމީ މުވައްޒަފުން ކުރާ މަސައްކަތް ބްރޯޑްކޮމްގެ މެންބަރުން ބަލައިނުގަނެ އެތަނުގެ މުވައްޒަފުންނާމެދު ނާއިންސާފުން ކަން ކުރަމުން ދާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަޅުތާލު ކުރުމުގެ ގޮތުން ބްރޯޑްކޮމްގެ މުވައްޒަފުން އިއްޔެ ގެއަށްދިޔަ ފަހުން ފުލުހުން ވަނީ އެ ކޮމިޝަނަށް ގޮސް ހަރަކާތްތެރިވެފަ އެވެ. މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ އެ ކޮމިޝަނަށް ފުލުހުން ދިޔައީ އެތަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

"ބްރޯޑުކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ތަނުގެ އޮފީހަށް ބްރޯޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑޭޓާ ޓެކްނީޝަނުން މިއަދު [އިއްޔެ] ވަދެފައިވޭ، ވަދެފައި ވަނީ މައްސަލައަކާ ގުޅިގެނެއް ނޫން،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

"ފުލުހުން ހެދީ ދޮގެއް، އެމީހުން ކުރީ ތަހުގީގެއް،"

ފުލުހުން އެހެން ބުނި ނަމަވެސް، އެއީ ދޮގެއް ކަމަށް ފަޒީލް ބުންޏެވެ. އޭނާ ބުނީ އިއްޔެ ހެނދުނު އޮފީސް ހުޅުވީ އޭނާ ކަމަށާއި އޮފީހަށް ވަދެ މޭޒު ކައިރީގައި އިންދާ ނެޓްވޯކަށް ނުވަދެވޭ ވާހަކަ އޭނާ ގާތުގައި ބުނީ ބްރޯޑްކޮމްގެ ލައިސެންސިން ޑިރެކްޓަރު، އިބްރާހިމް އަޝްރަފް ކަމަށެވެ.

ފަޒީލް ބުނީ ބްރޯޑްކޮމްގެ ސާވާއަށް ވަރަށް ގިނައިން މައްސަލަ ދިމާވާ ކަމަށާއި އެކަމުގެ ސަބަބަކީ ތަނުގެ ކަރަންޓު އަބަދުހެން ކެނޑުން ކަމަށް އޭނާ ބުންޏެވެ.

"އެތަނަކީ ކަރަންޓު ގޮސްފައި ކަރަންޓު އައީމާ ސާވާ މައްސަލަ ޖެހޭ ތަނެއް، ސާވާއަކީ ވަރަށް ހާލުގައި ހުރި އެއްޗެއް، އެ އެއްޗަކީ މިހާރު ވެސް އޭގެ ތެރެއަށް ވަދެ މަސައްކަތް ކޮށްލެވޭނީ އެއް މިނެޓު ނޫނީ ދެ މިނެޓު، އޭތި ސްޓަކް ވާނެ، ވަރަށް ހާލުގައި ހުރި އެއްޗެއް،" ފަޒީލް ބުންޏެވެ.

"އެތަނުގައި މިވީ އެއް އަހަރު ތެރޭގައި، އެއް އަހަރާއި ދުވަސްކޮޅެއް މިވީ މިހާރު، ގާތްގަނޑަކަށް އެއް އަހަރާއި ހަތް މަސް، އެހާ ދުވަސްވެގެންދިޔައިރު، އަޅުގަނޑު އެތަނުގައި މަސައްކަތް ކުރަމުން މިއައީ، ހަމަ ކޮންމެ ދުވަހަކު، ހަފުތާއަކު ސާވާގެ މައްސަލަ ނުޖެހޭ ދުވަހެއް ނުދާނެ."

އޭނާ ބުނީ ސާވާގެ މައްސަލަ ދިމާވުމުން އާންމުކޮށް ވެސް އަމަލު ކުރާ ގޮތަކީ ސާވާ ރޫޅާލުމަށްފަހު ދެ ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު އަލުން ރޭވުން ކަމަށެވެ. އަދި އިއްޔެ ވެސް ކަން ކުރީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ. ސަވާ ރޫޅާލިއިރު، ބްރޯޑްކޮމްގެ ލައިސެންސިން ޑިރެކްޓަރު، އަޝްރަފް އެތަނުގައި ބަލަން ހުންނާނެ ކަމަށް ފަޒީލްް ބުންޏެވެ.

ފަޒީލް ބުނީ ސާވާ ރޫޅާލުމަށްފަހު އޭނާ ދިޔައީ ގިޒްމޯއިން ކޯޓޭޝަނެއް ނަގަން ކަމަށެވެ. ގިޒްމޯއަށް ދާން ބޭރަށް ނުކުމެވުނީ އެތަނުގެ މުވައްޒަަފުން ވެސް ހަޅުތާލު ކުރުމުގެ ގޮތުން ގެއަށް ދާން ނުކުތް ވަގުތު ކަމަށް ފަޒީލް ބުންޏެވެ.

އޭނާ ބުނީ ގިޒްމޯއަށް ގޮސް ކޯޓޭޝަނެއް ނަގަައިގެން ދިޔައީ އަނބުރާ އޮފީހަށް ކަމަށެވެ. ގޮސް ސާވާގެ މަސައްކަތް ކުރަން އިންދާ ބްރޯޑްކޮމްގެ ކޮމިޝަނަރުން އެތަނަށް އައިސް އެކަން ހުއްޓާލަން އެންގި ކަމަށް ފަޒީލް ބުންޏެވެ.

"[ކޮމިޝަނަރުން އައިސް] ރައީސް ވަގުތުން އެންގީ ފަޒީލްއަށް ވަރަށް މަސައްކަތް ކުރެވިއްޖެއެއް ނޫންހެއްޔޭ، ދެން ބަހައްޓާށޭ، އޭރު މިއުޅެނީ އަދި އޭތި ރަނގަޅު ކުރުމުގެ ކަންތަކާ..، ހުރި ގޮތަށް ބަހައްޓާށޯ، ދެން އޭތި ރާވާލަން އުޅެންފެށީމަ ވެސް ބުނެފި ނޫނެކޭ ރާވާނެ ކަމެއް ނެތޭ ހުރިގޮތަށް ބަހައްޓާށޯ،" ފަޒީލް ބުންޏެވެ.

އެގޮތަށް އެންގުމުން ސާވާ ރޫމުން ނުކުމެގެން ބޭރުގައި އިންދާ މެންދުރު 12:15 ހާއިރު ބްރޯޑްކޮމްގެ ބިއުރޯގައި އުޅޭ ކުއްޖަކު އައިސް ގެއަށް ދާން އެންގުމުން ފިންގާ އައުޓު ކޮށްފައި ދިޔައީ ހުޅުމާލެއަށް ކަމަށް ފަޒީލް ބުންޏެވެ. އެކަމާ ގުޅިގެން ދެން ފޯނުކޯލެއް އައީ ހަވީރު 5:00 ހާއިރު ކަމަށް ފަޒީލް ބުންޏެވެ. ދެވަނަ ފަހަރު އޮފީހަށް ދިޔައީ އެ ސަބަބާހުރެ ކަމަށް އެނާ ބުންޏެވެ.

އޮފީހަށް ދިޔައިރު އެތަނުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދިޔަ ކަމަށް ފަޒީލް ބުންޏެވެ. އެމީހުން ހަރަކާތްތެރިވަމުން ދަޔައީ ކެމެރާ ވެސް ހިފައިގެން ތަހުގީގެއްގައި ހަރަކާތްތެރިވާ ގޮތަށް ކަމަށް ފަޒީލް ބުންޏެވެ.

"ސާވާ ރޫމްގައި އަޅުގަނޑު މަޑުކޮށްލައިގެން ހުއްޓާ ޕޮލިހުން އަންނަނީ، ހަމަ އަަނެއްގޮތަށް އިންވެސްޓިގޭޝަން ޓީމެއް އައީ، ފޮޓޯގްރާފަރުންނާ އެންމެން އެކީގައި ހަމަ އިންވެސްޓިގޭޝަންއެއް ފެށީ،" ފަޒީލް ބުންޏެވެ.

އޭނާ ބުނީ ފުލުހުން ވަދެ ސާވާ ދައްކަން އެދުމުން މޭޒުމަތީގައި ރޫޅާލާފައި އެއޮތީ ސާވާ ކަމަށް ބުނެފައިވާނެ ކަމަށެވެ. އެހެން ބުނުމާއެކު އޭގެ ފޮޓޯ ނެގުމަށްފަހު ސާވާ ރާވަން އެ މީހުން އެދުނު ކަމަށް ފަޒީލް ބުންޏެވެ.

މީގެ ކުރިން ވެސް ކަންކުރާ ގޮތަށް ސާވާ ރާވައި ގުޅުމާއެކު އެ ބޭނުން ކުރެވެން ފެށުނު ކަމަށް އޭނާ ބުންޏެވެ. ސާވާ ރަނގަޅުވުމުން، ސާވަގެ ޕާސްވޯޑު ޖަހައިދިނުމަށް ފުލުހުން އެދުނު ކަމަށް ފަޒީލް ބުންޏެވެ.

ސާވާގެ ޕާސްވޯޑު ޖަހައިދިނުމުން، ސާވާއަށް ވަދެ، އޭގެ އެއްވެސް ކޮންފިގަރޭޝަންއަކާ ކުޅެފައި ހުރިތޯ އެމީހުން ބެލި ކަމަށާއި އެ މަސައްކަތް ފުލުހުން ކުރަނިކޮށް ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް ސަވާ ސްޓަކްވި ކަމަށް ފަޒީލް ބުންޏެވެ. އެއާއެކު ސާވާ ރީސްޓާޓު ކުރަން ފުލުހުން ބުނި ކަމަށް އޭނާ ބުންޏެވެ.

"ޕޮލިހުން ވެސް އޭތި ބަލަން ހުއްޓައި އޭތި ސްޓަކްވީ، ސްޓަކްވީމާ ދެން އަޅުގަނޑު ބުނެއްޖައިން އެމީހުން ކައިރީގައި ދެން މަސައްކަތެއް ނުކުރެވޭނެޔޭ، ދެން ޖެހޭނީ ރީސްޓާޓު ކުރަންށޭ ތީތި، މިހާރު ތިއިނީ ސްޓަކްވެފައޭ ދެން ޖެހޭނީ ރީސްޓާޓު ކުރަންށޭ، ބުނީމާ ބުނީ ރީސްޓާޓު ކޮށްލާށޭ، ބުނީމާ ދެން އަޅުގަނޑު ރީސްޓާޓު ކޮށްލީ، ރީސްޓާޓު ކޮށްލީމާ ދެން މި މީހުން ދިޔައީ،" ފަޒީލް ބުންޏެވެ.

އޭނާ ބުނީ ސާވާ ރީސްޓާޓު ކުރުމަށްފަހު އޭނާ ދިޔައީ އަނެއްކާ ވެސް ހުޅުމާލެއަށް ކަމަށެވެ. ސަސްޕެންޑު ކުރި ފޯނުކޯލު އޭނާއަށް ލިބުނީ އޭގެފަހުން ރޭ 10:00 ހާއިރު ކަމަށް އޭނާ ބުންޏެވެ.

ފަޒީލް ބުނީ ފުލުހުން އިއްޔެ ބްރޯޑްކޮމް އޮފީހަށް ވަނީ އެހީޔެރިކަން ފޯރުކޮށްދޭން ކަމަށް ބުނި ނަމަވެސް، އެމީހުން އެތަނުގައި ހިންގީ ތަހުގީގެއްކަން ހާމަވަނީ މިއަދު ހެނދުނު 10:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އަލުން ގުޅާފައި އެހެން ވަގުތަކަށް ހާޒިރުވާން އަންގާނެ ކަމަށް ފުލުހުން ބުނި ކަމަށް ފަޒީލް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox