ނިވާ ހައްޖު އެންޑް އުމްރާ ތަކާފުލް ޕެކޭޖް: ކުރިމަތިވާ މާލީ ގެއްލުންތައް ކުޑަކޮށްދޭ

May 19, 2025, 12:45 PM
ނިވާ ހައްޖު އެންޑް އުމްރާ ތަކާފުލް ޕެކޭޖް: ކުރިމަތިވާ މާލީ ގެއްލުންތައް ކުޑަކޮށްދޭ

އަމާނާތަކާފުލްގެ ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލް އިން ހައްޖު އަދި އުމްރާގެ މާތް އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަ ކޮށްދިނުމަށް ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

އަމާނާތަކާފުލް އިން ބުނީ، ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލްގެ ޕެކޭޖް 359 ރުފިޔާއަށް ނެގޭއިރު، މި ޕެކޭޖަކީ ހައްޖު އަދި އުމްރާ ކުރަން ދަތުރު ކުރާ ފަރާތްތަކަށް ދިމާވެދާނެ ތަކުލީފަކުން ކުރިމަތިވެދާނެ މާލީ ގެއްލުން ކުޑަ ކޮށްދިނުމަށް އެހީތެރިވުމަށް ތައާރަފްކުރި ޕެކޭޖެއް ކަމަށެވެ.

މިތަކާފުލްގެ ޕެކޭޖުން ކަވަރު ކުރާ އަށް ބައި:

  • ބޭސްފަރުވާގެ ހަރަދުތައް: މި ބައިގެ ދަށުން އެމާޖެންސީ ހާލަތުގައި ބޭސްފަރުވާގެ ހަރަދުތަކާއި، ރޫމު ޗާޖާއި، އިންޓެސިވް ކެއާ ޔުނިޓާއި، ސާޖިކަލް ޓްރީޓްމަންޓާއި، އެނެސްތެޓިކް ސާވިސް އާއި، ފިޒިޝަނަށް ޒިޔާރަތް ކުރުމާއި، ޑައިގްނޯސްޓިކް ނުވަތަ ޕްރީ އެޑްމިޝަން ޓެސްޓިންގާއި، އެމްބިއުލާންސްގެ ހިދުމަތްތަކާއި، އައުޓް ޕޭޝަންޓް ފަރުވާ އާއި، ކުއްލި ދަތުގެ ފަރުވާއަށް ފަސް ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • އެކްސިޑެންޓެއްގައި އަޅުކަން އަދާ ކުރާ ފަރާތް ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރި ކަމެއް ކުރިމަތިވުން – ތިން ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ދަތުރު ކެންސަލްވުން ނުވަތަ ކާޓެއިލްމަންޓް – ދިމާވާ ހާލަތެއްގެ ސަބަބުން ކޮންމެހެން ދަތުރު ކެންސަލްކޮށްލައި ފައިސާ ދައްކަން ޖެހުން، ނުވަތަ ފައިސާ ދައްކަން ކޮންޓްރެކްޓް ކޮށްފައިވާ ހަރަދުތަކުގެ ބަދަލު ދިނުމަށް 20،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ޕާސްޕޯޓް ގެއްލުން – ގެއްލިފައިވާ ޕާސްޕޯޓެއް ބަދަލު ކުރުމަށް ދަތުރުގައި ކުރާ އިތުރު ހަރަދުތައް ކަވަރު ކުރުމަށް 3،000 ރުފިޔާ ލިބޭ.
  • ފްލައިޓަށް އެރުވި ދަބަސްތައް ގެއްލުން – 10،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ފްލައިޓަށް އެރުވި ދަބަސް ލިބުނު ލަސްވުން – 2،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ދަތުރު ކުރަމުންދިޔަ ފްލައިޓް ހައިޖެކް ކުރުން – 15،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ޕާސަނަލް ލައިބިލިޓީ – ގާނޫނީ ގޮތުން ޒިންމާވާ ހާލަތެއްގައި ތިންވަނަ ފަރާތެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ފޯރުކޮށްދިނުމަށް 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.

ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލްގެ ޕެކޭޖްތައް ލިބެނީ 30 ދުވަހަށް ކަމަށާއި، ޕެކޭޖަށް އެޕްލައި ކުރުމަށް އޮންލައިންކޮށް އަމާނަ ތަކަފުލްގެ ވެބްސައިޓް https://takaful.mv އޮންލައިން ކޮށް ބައްލަވައި ގަނެވޭނެ އަދި ޕްރޮޕޯސަލް ފޯމާއި ޕާސްޕޯޓް ކޮޕީ އަމާނާތަކާފުލްގެ އޮފީސް، ހ.ޕަލްމޭރާ، ސޯސަންމަގަށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

Advertisement

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox