ސެންޓާ އެންޓްޕްރައިޒަސްއަށް 32 މިލިއަން ދައްކަން ކުރި ހުކުމް، ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ވަގު އިންވޮއިސްއެއް

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ސެންޓާ އެންޓަޕްރައިޒަސްއިން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިގެން، އެ ކުންފުންޏަށް 32 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމުގައި ކޯޓަށް ހުށަހެޅި އެއް އިންވޮއިސްއަކީ ވަގު އިންވޮއިސްއެއް ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

ވަގު އިންވޮއިސްގެ ކަންތައް ފަޅާއެރީ، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ސެންޓާ އެންޓަޕްރައިޒަސްއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ކުރަމުންދާ ހާއްސަ އޮޑިޓުގެ ތެރެެއިންނެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އެ އޮޑިޓާ ގުޅިގެން މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، ވަގު އިންވޮއިސްއަކީ 2006 ވަނަ އަހަރުގެ ތާރީހެއްގައި، މެޑިކަލް ކޮންސިއުމުބަލް އެތެރެކުރާ ދިވެހި ކުންފުންޏަކުން ސެންޓަ އެންޓަޕްރައިޒަސް އަށް 12.4 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އިންވޮއިސްއެކެވެ.

ނަމަވެސް މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މި އިންވޮއިސްއަކީ އެ ކުންފުނީގެ ސައްހަ އިންވޮއިސްއެއް ނޫނެވެ. އެ ވަގު އިންވޮއިސްގައި ހިންގި ކަމަށް ބުނާ މުއާމަލާތަކީ އެއްވެސް އިރެއްގައި އެ ކުންފުނިން އެއްވެސް ބަޔަކާ އެކީ ހިންގާފައިވާ މުއާމަލާތެއް ވެސް ނޫނެވެ.

ވަގު އިންވޮއިސްގައި ބޭނުންކޮށްފައިވާ ލެޓާހެޑާއި ބިސްމީގެ އިތުރުން އެ ލެޓާހެޑުގެ ތިރީގައި ކުންފުނީގެ މައުލޫމާތު ހިމެނޭ ބައި ވެސް ނެތެވެ. އަދި އެ ބުނާ އިންވޮއިސްގައި ކޮންޓެކްޓެއްގެ ގޮތުގައި ޖަހާފައި ވަނީ އެއްވެސް އިރެއްގައި އެ ކުންފުނީގެ އިންވޮއިސްތަކާއި ވިިޔަފާރީގެ މަސައްކަތް ކުރި މުވައްޒަފެއް ނޫންކަން މި ނޫހަށް މަސްދަރުތަކުން ކަށަވަރުކޮށް ދިނެވެ.

އެ ވަގު ބުނާ އިންވޮއިސްގެ ބޭނުންކޮށްގެން ސެންޓާ އެންޓަޕްރައިޒަސްއިން މަސައްކަތް ކޮށްފައި ވަނީ، އޭގައި ހިމެނޭ މުދަލަކީ އެ ކުންފުންޏަށް ކްރެޑިޓުގައި ދޫކުރި މުދާ ކަމަށް ދައްކާށެވެ. ނަމަވެސް 12 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ދޫކުރުމުގެ ކެޕޭސިޓީ މުދާ ދޫކުރި ކަމަށް ބުނެފައިވާ ކުންފުނީގައި ނެތް ކަމަށް އެ ކުންފުނިން އޮޑިޓު އޮފީހަށް އަންގާފައިވެ އެވެ.

އިންވޮއިސްގައި ހުރި ބައެއް ސާމާނަކީ އެ ކުންފުނިން ވިއްކާ މުދަލެއް ވެސް ނޫން ކަމަށް އެ ކުންފުނިން އޮޑިޓަރުންނަށް މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ހުރި މައުލޫމާތަށް ބަލާއިރު، ސެންޓާ އެންޓަޕްރައިޒަސްއިން މައްސަލަ ހުށަހެޅީ ފައިސާ ނުލިބިވާ ދެ އިންވޮއިސްއަކާ ގުޅިގެން އެ އިންވޮއިސްތަކަށް ލިބެން ޖެހޭ 32 މިލިއަން ރުފިޔާ ހޯދުމަށާއި ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދުމަށެވެ.

މި ދައުވާ ސާބިތުކުރަން ސެންޓާ އެންޓަޕްރައިޒަސްއިން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި 12.4 މިލިއަން ރުފިޔާގެ ވަގު އިންވޮއިސްއެއް ހިމެނެ އެވެ.

ދައުލަތުން މި މައްސަލައިގައި ވަކާލާތު ކުރީ، މި ހިދުމަތަކީ އެއްވެސް އިރެއްގައި ސެންޓާ އެންޓަޕްރައިޒަސްއިން ހޯދާފައިވާ ހިދުމަތެއް ނޫން ކަމަށާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެކަން ސާބިތުނުވާ ކަމަށެވެ. އަދި މި މުއާމަލާތްތަކާ ގުޅޭ އެއްބަސްވުމެއް ވެސް ވެފައި ނުވާ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލަން ކޯޓުގައި އެދުނެވެ.

ސެންޓާ އެންޓަޕްރައިޒަސްއިން މި މައްސަލަ ސާބިތުކުރަން ހުށަހެޅި ލިޔުންތަކުގެ ތެރެއިން، މައްސަލަ އެކޮޅަށް ނިމުނު މުހިންމު އެއް ލިޔުމަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި ވަނީ އެ ކުންފުންޏަށް ބީލަން އެވޯޑު ކުރެވިފައިވާ ކަމާއި، އެ ކުންފުނިން ފޮނުވާފައިވާ ކޯޓޭޝަންގައި ހިމެނޭ މުދާ ފޯރުކޮށްދިނުމުން އެ ޑިޕާޓްމަންޓުން ފައިސާ ދޭނެ ކަމަށެވެ.

މައްސަލަ ސެންޓާ އެންޓަޕްރައިޒަސް ކޮޅަށް ނިންމަމުން ސިވިލް ކޯޓުގެ ގާޒީ ފާހަގަކުރި ގޮތުގައި، މި މުއާމަލާތުގައި ހިމެނޭ ދެ އިންވޮއިސްގައިވާ މުދާ ފޯރުކޮށްދީފައިވާކަން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށެވެ. އެއް އިންވޮއިސްގެ އަގަކީ 26 މިލިއަން ރުފިޔާ އެވެ. އަނެއް އިންވޮއިސްގެ އަގަކީ 6 މިލިއަން ރުފިޔާ އެވެ.

މިކަން ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ "މުދަލަށް އޯޑަރުކުރާ ފޯމް" އާއި "ޑެލިވަރީ ނޯޓު" ތަކަށް ރިއާޔަތްކޮށެވެ. ސެންޓަ އެންޓަޕްރައިޒަސްއިން ހުށަހެޅި މި ދެ ލިޔުމުގައި ވެސް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްގެ ސިއްކަ ޖަހާފައިވެ އެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ މި މުދާތައް ލިބިފައިވާ ކަމަށް ބަޔާންކޮށް، އެ ފައިސާ ދެއްކުމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސިޓީއަކުން އަންގާފަ އެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ، ފެބްރުއަރީ 10، އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މި ފައިސާ ދައްކައި ހަލާސްކުރުމަށެވެ. ނަމަވެސް ދައުލަތުން ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox