އެފްއޭއެމް ލީގު ކަޕް: ޓީސީ ބަލިކޮށް ނިއު އަށް ފުރަތަމަ މޮޅު

May 13, 2025, 12:59 PM
އެފްއޭއެމް ލީގު ކަޕް: ޓީސީ ބަލިކޮށް ނިއު އަށް ފުރަތަމަ މޮޅު

އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 4-1 އިން ކުރިހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ނިއު އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން 5-1 އިން ބަލިވިއިރު، އެ މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް މި މެޗުގައި ވަނީ ފަސް ބަދަލެއް ގެނެސްފަ އެވެ. އޭގެ އިތުރުން، ފުރަތަމަ މެޗުގައި ޓީމުގެ ބެންޗުން އިރުޝާދު ދޭން ނުހުރެވުނު، ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވަނީ ޓީމާ ގުޅިފަ އެވެ. ފުރަތަމަ މެޗު ކުޅުނުއިރު، ސޮބާ ހުރީ ކޯޗިން ކޯހެއްގައި ސްޕެއިނުގަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެށިގެން ނިއު އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. އެ ގޮތުން، ނިއުގެ ޖުމައިލް ޖަމީލް (ޖުމްބެ) ރަނގަޅު ހުރަސްތަކެއް ނެގިއިރު، އޭގެ ބޭނުމެއް ނުކުރެވުނެވެ. އަދި، ނިއު އަށް ކުޅޭ ގާނާގެ މިޑްފީލްޑަރު، ތޯރިގު ޖެބްރިން އާއި ގާނާގެ ފޯވާޑް، ރަފީގު އަމީނޫ ޖެހި ބޯޅަތައް ޓީސީގެ ގޯލުގައި ހުރި ސްރީ ލަންކާގެ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، ޓީސީ ލީޑުނަގައިދޭން ޒަޔާން ނަސީރު (ޒައްޔު) އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އެ ޓީމުގެ، އަހުމަދު މާއިޝް ރަޝީދު (މާއި) އަށް ދިން ބޯޅަ އޭނާ ވަނީ ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ޒައްޔު އަށް ދީފަ އެވެ. ބަދަލަކަށް ކުޅެން އެރި ޒައްޔު ޖެހި ބޯޅަ ދިޔައީ ގޯލު އަރިމަތިން ބޭރުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭ، ނިއު އިން ލީޑުނެގީ ރަފީގު ޖެހި ގޯލުންނެވެ. ޓީސީ ޑިފެންސް ތެރެއިން ދެމިގަތުމަށް ފަހު، ރަފީގު މި ލަނޑު ޖެެހީ ކީޕަރު ސުޖަން ކައިރިން ވެސް ނައްޓާފައި ގޮހެވެ.

އޭގެ ފަހުން، ޓީސީން ކުރިއަށް ޖެހިގެން، ކުޅުން ރަނގަޅުކޮށް، މެޗުގެ 58 ވަނަ މިނިޓްގައި، ޒައްޔު އޭރިއާތެެރެއިން ޖެހި ގޯލުން އެއްވަރުކުރި އެވެ.

ނިއުގެ ގާނާ ފޯވާޑް ރަފީގު: އޭނާ ވަނީ ޓީސީ ކޮޅަށް ދެ ގޯލު ޖެހުމުގެ އިތުރުން އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި.

ނިއު އިން ދެ ވަނަ ފަހަރަށް ލީޑުނެގީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، މެޗުގެ 69 ވަނަ މިނިޓްގައި، މޫސާ ޔާމީން (ޔާމްބެ) ބޮލުން ޖެހި ގޯލުންނެވެ. އަދި، އެ ގޯލު ޖެހިތާ މާގިނައިރެއްނުވެ، ރަފީގު ވަނީ ޓީސީ ޑިފެންޑަރުން ކައިރިން ބޯޅަ ހިފައިގެން ގޮސް، ގޯލުގެ ދުރު ކަަނަށް ފޮނުވާލައި، ނިއުގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގެ 82 ވަަނަ މިނިޓްގައި ނިއުގެ ހަތަރު ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އާދަމް ނާސިހު (އާދަންނާ) އެވެ. މިއީ، ރަފީގު ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ، ހުސްކޮށްލާފައި ތަނަވަސްކޮށްދިން ފުރުސަތަކުން އާދަންނާ ޖެހި ގޯލެކެވެ.

ޓީސީން ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި، އައިހަމް ހަމްދޫން (އައިހަމްސްކީ) އޭރިއާބޭރުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހުނީ، ނިއުގެ ކީޕަރު އަލީ ނާޖިހު (ނާޖީ) އަތުގައި ޖެހިފަ އެވެ.

ފަސް ޓީމުގެ މެދުގައި ކުރިއަށްދާ ލީގު ކަޕްގައި ޓީސީ ކުޅުނު ފުރަތަމަ ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ، ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ. ޓީސީން ސެމީ ފައިނަލަށް ދަތުރުކުރާނަމަ، އެ ޓީމަށް އޮތް ފަހު މެޗުން، މަހިބަދޫ ސްޕޯޓްސް ކްލަބް ކައިރިން ނަތީޖާއެއް ނެރެން ޖެހޭނެ އެވެ.

ލީގު ކަޕްގެ ގަދަ ހަތަރަކަށް ސެމީ ފައިނަލުގެ ފުރުސަތު ލިބޭއިރު، އެއް ވަނަ ޓީމުން ސެމީގައި ކުޅޭނީ ހަތަރު ވަނަ ޓީމާ އެވެ. އަދި، ދެ ވަނަ ޓީމު ބައްދަލުކުރާނީ ތިން ވަނަ ޓީމާ އެވެ.

ލީގު ކަޕްގައި މިރޭ 21:00 ގައި ފަށާ މެޗުގައި، މާޒިޔާ ބައްދަލުކުރާނީ މަހިބަދޫއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox