ބާރުގަދަ ވަޒީރުންނާ ފައިޓު ދެވޭނެ މެންބަރުން ނެތް ކަމަށް އަސްލަމް ވިދާޅުވެއްޖެ

May 13, 2025, 11:25 AM
ބިލެތްދޫ ދާއިރާގެ މެންބަރު އަސްލަމް. ވަޒީރުން ޒިންމާދާރު ކުރެވޭނެ ގޮތެއް މަޖިލީހުގެ މެންބަރުންނަށް ނެތް ކަމަަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބިލެތްދޫ ދާއިރާގެ މެންބަރު އަސްލަމް. ވަޒީރުން ޒިންމާދާރު ކުރެވޭނެ ގޮތެއް މަޖިލީހުގެ މެންބަރުންނަށް ނެތް ކަމަަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގައި ތިއްބެވި ބާރުގަދަ ވަޒީރުންނާ "ފައިޓު" ދެވޭނެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީގައި ނެތް ކަމަށާއި ވަޒީރުން ޒިންމާދާރު ކުރެވޭނެ ގޮތެއް މަޖިލީހުގެ މެންބަރުންނަށް ނެތް ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެޕްރީލް 16، ގައި މަޖިލީހަށް ހާޒިރުވެ ހެރިޓޭޖު މިނިސްޓަރު، އާދަމް ނަސީރު ދޮގު މައުލޫމާތު ދީފައިވާތީ އޭނާގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު އަސްލަމް ވަނީ މިދިޔަ އެއް އަހަރުގެ ތެރޭގައި މަޖިލީހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މައްސަލައިގައި އިތުރަށް ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"މި އެންމެން ވެސް ކުރާ ކަންކަން މަޖިލީހަށް އައިސް. މިއީކީ ވަކި މި މިނިސްޓަރުގެ ކަމެއް ނޫން. ދެން ޕީއެންސީގެ ވާހަކަ ދެއްކީމައި، ހަގީގަތަކީ އެއީ. ހަގީގަތަށް ހިނގާ އަޅުގަނޑުމެން ދާން. މިއެއް ނުއެއް ބެލޭނެ. ޕީއެންސީގެ މެޖޯރިޓީ މިތާ އޮތީ. ޕީއެންސީގެ ސަރުކާރެއް. ޕީއެންސީގެ ވަޒީރެއް. ޒިންމާދާރެއް ނުވެސް ކުރޭނެ. މިތާ ތިބެ ކޮންމެ ވާހަކައެެއް ދެއްކިޔަސް، ތަޅުމުގައި އަޅުގަނޑުމެން ވޯޓެއް ނުދޭނަން. އެއީ ވަރަށް ސާފުކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ވަޒީރުންނާ ގުޅޭގޮތުން ހުށަހެޅޭ މިފަދަ މައްސަލަތައް ބެލުމަކީ "ބޭކާރު މަސައްކަތެއް"ގެ ގޮތުގައި އަސްލަމް ސިފަކުރައްވި އެވެ. އެގޮތުން، ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި ތަޖުރިބާ ކުރެވުނު ކަންކަމަށް ބަލާއިރު މިފަދަ މައްސަލައެއް ބަލައިގެން ނުކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނަށް ގެންނަން ވެސް ގެނެވިދާނެ. ހަމަ އެކައްޗެކޭ ކިޔާނީ. އެއަކުން އަންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ. އެއް އަހަރު އަޅުގަނޑުމެން ތަޖުރިބާ މިކުރީ މި ލެވެލްގައި. މިއީ ހަގީގަތް. މީގައި ކަމެއް ސާފުކުރިޔަސް، ކަމެއް ރަނގަޅު ކުރިޔަސް އަޅުގަނޑުމެން ފަށަން ޖެހޭ ހިސާބުން ފަށައިގެން ނޫނީ ރަނގަޅެއް ނުވާނެ. އެންމެ ފުރަތަމަ މި މަޖިލިސް، ދެން އެންމެ މައްޗަށް ތިބި މީހުން،" އޭނާގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އާދަމް ނަސީރު މަޖިލީހަށް ދޮގު މައުލޫމާތު ދެއްވިއިރު އެ މިނިސްޓްރީއަކީ ގައުމަށް ބޭނުން ނުވާ މިނިސްޓްރީއެއް ކަމަށް ވެސް މެންބަރު އަސްލަމް ވިދާޅުވި އެވެ.

"ތިއީ ހަގީގަތުގައި ބޭކާރު މިނިސްޓްރީއެއް ދޯ. މި ގައުމަށް ބޭނުންވާ އެއްޗެއް ވެސް ނޫން. ދެން މި ކޮމިޓީއަކު ނެތް ހަގީގަތުގައި މިހާރު މިތިބީ ބާރުގަދަ ވަޒީރުންނާއި ކަމެއް ނިންމާލަން ފައިޓު ދެވޭނެ މެންބަރުންނެއް. އެއަށްވުރެ މާ ކުދި މެންބަރުން މި ތިބީ. ސައިޒު ކުދި ވާހަކަ. އަޅުގަނޑުމެން ވަރަށް ބޮޑެތި، މިއިން ޝާކިރު ވެސް. އެގޮތަކަށް ނޫން މި ދެންނެވީ،" އަސްލަމް ވިދާޅުވި އެވެ.

އާދަމް ނަސީރު ދޮގު މައުލޫމާތު ދެއްވި ހަތަރު ކަމެއް ނާޒިލް ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. ކޮމިޓީއިން މިއަދު ނިންމީ މިކަމުގައި މައުލޫމާތު ސާފު ކުރުމަށް އާދަމް ނަސީރު ބަލަހައްޓަވާ ހެރިޓޭޖު މިނިސްޓްރީއަށް ލިޔުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox