ކައުންސިލް ގޮނޑިއެއް ހުސްވާއިރު ދައުރުގެ ބާކީ ދޮޅު އަހަރަށްވުރެ ކުރުނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ބިލު ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކައުންސިލަރެއްގެ ގޮނޑި ހުސްވާއިރު، ދައުރުގެ ބާކީ އޮންނަ މުއްދަތު އޮޅު އަހަރަށްވުރެ ކުރުނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ބިލެެއް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަލީ މޫސާ އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ލާމަރުކަޒީ ގާނޫނުގެ ހަތަރު މާއްދާއަކަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.

އެގޮތުން ކައުންސިލެއްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށްވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވާއިރު ވެސް އެ ކޮމިޓީގެ އުމުރުގެ ބާކީ އޮންނަ މުއްދަތު 548 ދުވަހަށްވުރެ ކުރު ނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުންތޯ ސުވާލު އުފައްދަވައިފަ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ވިދާޅުވީ މި ވީހައި ދުވަހު އިންތިހާބުތައް ނުބާއްވަން ކުރާ މަސައްކަތް ފިޔަވައި އިތުރު ކަމެއް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރާ ތަން ނުފެންނަ ކަމަށެވެ.

"ހަރަދު ކުޑަ ކުރަން މި ނޫން ކަމެއް، މި ކަންކަން، ޕްރޮޖެކްޓުތައް ހިންގަން ވެގެން ހަރަދު ކުޑަކުރަން މިއުޅެނީ ސަރުކާރުން، އެއީ ރަނގަޅު ކަމެއް އިއްޒަތްތެރި ރައީސް، އެހެންނަމަވެސް މި ބިލުގައި މި، ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލު ނޫނީ އަޅުގަނޑަކަށް ނުފެނޭ މި ސަރުކާރުން ހަރަދު ކުޑަކުރަން ކުރާ ކަމެެއް،" އަމީން ފައިސަލް ވިދާޅުވި އެވެ.

"ވަޒީފާތަކަށް މީހުން ނަގަނީ ރައީސް ވެސް އާރަށަށް ދަނީ، އާރަށަށް ދާންޖެހޭނެ، ރައީސް ހުންނަން ޖެހޭނީ ފިޓުކޮށް، އެކަމަކު އެ ހަރަދުތައް ކުރާއިރުގައި އަޅުގަނޑުމެން ދާއިރާގައި މި ހުރި މަސައްކަތްތައް ނުހުއްޓި ދާނެ ގޮތަކަށް ސަރުކާރުގެ ކަންކަން ހުންނަން ޖެހޭނީ،"

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވީ ހަރަދު ކުޑަ ކުރާ ވާހަކަ ސަރުކާރުން ދައްކާއިރު، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އަދި އުޅެނީ ލާމަރުކަޒީ ގާނޫނުގެ ދަށުވެގެން ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން މިނިސްޓްރީއެއް އުފައްދަވާފައިވާ ކަމަށާއި އެ މިނިސްޓްރީއަށް ވެސް ސިޔާސީ އެތައް މުވައްޒަފުންނެއް ނަގާފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ސަރުކާރުން މަޝްރޫއުތަކެއް ކުރިއަށް ގެންދާނަމަ، ހަރަދު ކުޑަކުރުމުގެ ގޮތުން ގާނޫނުތަކަށް އިސްލާހު ގެނައުން ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox