ބޭނުންކުރެވޭ ރިޒާވަށް އޭޕްރީލް މަހު އިތުރުވީ އެންމެ މިލިއަނެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާގެ ދޮރު : އެޕްރީލް މަހު ބޭނުންކުރެވޭ ރިޒާވަށް އިތުރުވީ އެންމެ މިލިއަނެއްކަން އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ދައްކާ ---- ފޮޓޯ: އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާގެ ދޮރު : އެޕްރީލް މަހު ބޭނުންކުރެވޭ ރިޒާވަށް އިތުރުވީ އެންމެ މިލިއަނެއްކަން އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ދައްކާ ---- ފޮޓޯ: އަދަދު

ބޭރު ފައިސާގެ ބޭނުން ކުރެވޭ ރިޒާވަށް މިދިޔަ މަހުގެ އިތުރުވީ އެއް މިލިއަން ޑޮލަރުކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާޗު މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 170 މިލިއަން އެމެރިކާ ޑޮލަރެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަސް ނިމިގެން ދިޔައިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 171 ޑޮލަރެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް އެޕްރީލް މަހު 856 މިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 791 މިލިއަން ޑޮލަރެވެ.

ބޭނުންކުރެވޭ ރިޒާވު އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް މިއީ މިދިޔަ އަހަރުގެ ފަހުކޮޅާ އަޅާކިޔާއިރު ރަނގަޅު އަދަދުތަކެކެވެ. އަހަރުގެ ކުރީކޮޅަކީ އާންމުކޮށް ދައުލަތުގެ ރިޒާވު ރަނގަޅުވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވު ހުރީ 100 މިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.

ވޭތުވެދިޔަ 10 މަހު ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް ހުރި މިންވަރު

  • ޖުލައި، 2024: 43.6 މިލިއަން ޑޮލަރު
  • އޮގަސްޓު، 2024: 61.2 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު، 2024: 48.8 މިލިއަން ޑޮލަރު
  • އޮކްޓޯބަރު، 2024: 31.5 މިލިއަން ޑޮލަރު
  • ނޮވެމްބަރު، 2024: 45.8 މިލިއަން ޑޮލަރު
  • ޑިސެމްބަރު، 2024: 63.2 މިލިއަން ޑޮލަރު
  • ޖެނުއަރީ: 116 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 179 މިލިއަން ޑޮލަރު
  • މާޗު: 170 މިލިއަން ޑޮލަރު
  • އެޕްރީލް: 171 މިލިއަން ޑޮލަރު

ބޭނުންކުރެވޭ ރިޒާވު ރަނގަޅުވާނެ ފެށީ މިދިޔަ އަހަރު އިންޑިއާއިން ދިން ކަރަންސީ ސްވޮޕުން ފައިސާ ލިބުމުންނެވެ. މީގެ ތެރެއިން 148 މިލިއަން ޑޮލަރު މިހާރު ވެސް ހުރީ ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓުކޮށްފަ އެވެ. އެމްއެމްއޭ އިން މި 148 މިލިއަން ރަސްމީ ރިޒާވުގެ ތެރެއަކު ނުގުނަ އެވެ. ރާއްޖެއިން މީގެ ކުރިން ނަގާ ކަރަންސީ ސްވޮޕުތަކުން ލިބޭ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކުތަކުގަ އެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗާއި މޫޑީސް އިން ވެސް ރާއްޖޭގެ ރޭޓިން ދަށް ކުރި އެވެ. ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެޖެންސީތަކުން ދެއްކީ ބޭރުގެ ދަރަނި ދެއްކުމުގައި ހުރި ދަތިތަކެވެ.

ސަރުކާރުން އެ ދަތިތައް ނެތް ކަމަށް ބުނަމުންދިޔަ ނަމަވެސް، އިންޑިއާ ސަރުކާރު މެދުވެރިވެގެން، ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލަށް ފައިސާ ދެއްކުން އެ ގައުމުގެ ސަރުކާރުން އިއްޔެ ވަނީ ފަސްކޮށްދީފަ އެވެ. މިއީ މި ޕޭމަންޓު ފަސްކޮށްދިން ދެވަނަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox