ބަންޑާރަނައިބާއި ހޯމް މިނިސްޓަރު ހިމެނޭ ގޮތަށް ފަސް ވަޒީރަކާއެކު މާދަމާ އަހާ ފޯރަމް ބާއްވަނީ

May 11, 2025, 4:49 PM
މިނިސްޓަރު އިހުސާން އަދި އުޝާމް: ކުރިން އަހާ ފޯރަމް ބާއްވަން އުޅުނީ މީގެ 15 ދުވަސް ކުރިން -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު އިހުސާން އަދި އުޝާމް: ކުރިން އަހާ ފޯރަމް ބާއްވަން އުޅުނީ މީގެ 15 ދުވަސް ކުރިން -- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް ސަރުކާރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަހާ ފޯރަމް، ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭ ގޮތަށް ފަސް ވަޒީރަކާއެކު މާދަމާ ބާއްވަން ނިންމައިފި އެވެ.

އުޝާމް އާއި އިހުސާންގެ އިތުރުން މާދަމާގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި އެގްރިކަލްޗަރު މިނިސްޓަރު މަރިޔަމް މާރިޔާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އެވެ.

އަހާ ފޯރަމް އޮންނާނީ ޓީވީ މޯލްޑިވްސްގެ ސްޓޫޑިއޯގައި މާދަމާ ރޭ 9:00 ޖަހާއިރެވެ. އެ ފޯރަމަށް ހާޒިރުވެ ސުވާލު ކުރުމަށް އާންމުންނަށް ފުރުސަތު ލިބޭނެ އެވެ. އަދި ޓީވީ މޯލްޑިވްސްއަށް ގުޅައިގެން އަދި އެސްއެމްއެސް އަކުން ވެސް ސުވާލު ފޮނުވޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާ ނަމަ AH ލިޔުމަށްފަހު ހުސްތަންކޮޅެއް ދިނުމަށްފަހު ބޭނުންވާ ސުވާލެއް ލިޔެ، 300 އަށް އެސްއެމްއެސް ކުރާނީ އެވެ. އޭގެ އިތުރުން ޕީއެސްއެމް އިން ގެންގުޅޭ "ޕީއެސްއެމް އެއާ" އެޕްލިކޭޝަން މެދުވެރިކޮށް ވެސް ސުވާލު ފޮނުވޭނެ އެވެ.

މާދަމާއަށް ޝެޑިއުލް ކުރި އަހާ ފޯރަމް އެންމެ ފުރަތަމަ ބާއްވަން އުޅުނީ އޭޕްރީލް 24، ގަ އެވެ. ނަމަވެސް އެ ދުވަހު އަހާ ފޯރަމް ބާއްވަން އިސްތިހާރު ކުރުމަށްފަހު ވެސް ކެންސަލް ކުރީ އެވެ. ފޯރަމް ކެންސަލް ކުރިއިރު، މާލޭގައި ގިނަ ބަޔަކު ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާ އޮތީ ހޫނުވެފަ އެވެ.

މާލޭގައި މުޒާހަރާ ކުރަނީ، އުސް އިމާރާތެއްގެ މަތިން ފުރާޅަކަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމަށެވެ. އޭޕްރީލް 18، ގައި ހިނގި އެ ހާދިސާގައި ފުލުހުން ހިންގާ ތަހުގީގަށް ވަނީ ގިނަ ބައެއްގެ އިތުބާރު ގެއްލިފަ އެވެ.

ތަހުގީގުގެ އެންމެ ބޮޑު މައްސަލައަކަށްވީ ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު ރައުދު އަހުމަދު، 21، ހައްޔަރު ކުރަން ފުލުހުން ދެކޮޅު ހެދުމެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ލިބުމުން ވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރި އެވެ. އަދި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން ވެސް ރައުދު ހައްޔަރެއް ނުކުރި އެވެ. އޭނާ ހައްޔަރު ކުރީ އާންމުންގެ ޕްރެޝަރު ބޮޑުވެފައި އޮއްވައި ހާދިސާ ހިނގިާ ހަ ދުވަސް ފަހުންނެވެ.

އޭގެ އިތުރުން، ހާދިސާގެ ވަށައިގެންވާ ވަރަށް އާދައިގެ ކަންކަމުގައި ވެސް ފުލުހުން ދޮގު ހެދި އެވެ. ޔުމްނު ވެއްޓުނު ގޭގެ ފަންގިފިލާއެއްގައި ކެމެރާ ހަރުކޮށްފައި ހުއްޓާ ވެސް ކެމެރާ ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ވީޑިއޯގެ އަސްލު އޮޅޭ ގޮތަށް އެޑިޓުކޮށްފައި އާންމު ކުރުން ވެސް އެއީ ފާޑުކިޔުން އަމާޒުވި ސަބަބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox