‏މޭނަސް: މުސްތަގުބަލުގެ އޭއައި، ތިބާގެ ޑިޖިޓަލް އެހީތެރިޔާ‏‎!‎

‏މޭނަސް: މުސްތަގުބަލުގެ އޭއައި، ތިބާގެ ޑިޖިޓަލް އެހީތެރިޔާ‏‎!‎

‏އާޓިފިޝަލް އިންޓެލިޖެންސްގެ މައިދާނުގައި ދުނިޔޭގެ ގައުމުތައް ވާދަކުރަމުން އަންނައިރު، ޗައިނާ ވަނީ މި ‏‏ރޮނގުން ގްލޯބަލް ލީޑަރެއްގެ ގޮތުގައި ފާހަގަވެފަ އެވެ. ޑީޕްސީކް އާއި އަލީބާބާ ފަދަ ކުންފުނިތަކުގެ އޭއައި ‏‏ޕްރޮޑަކްޓްތައް ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު، ޗައިނާގެ ސްޓާޓްއަޕެއް ކަމަށްވާ ‏‏މޮނިކާއިން ވަނީ އޭއައި އޭޖެންޓުންގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްފައެވެ. ‏

‏މި ކުންފުނީގެ ބުނާ ގޮތުން، އެމީހުން ތައާރަފުކޮށްފައިވާ 'މޭނަސް' އަކީ، އަމިއްލައަށް ކަންކަން ނިންމައި، ‏‏އަމިއްލައަށް މަސައްކަތްކުރާ، ދުނިޔޭގެ ފުރަތަމަ އޭއައި އޭޖެންޓެވެ. އާންމުކޮށް ބޭނުންކުރެވޭ ޗެޓްބޮޓްތަކާ ހިލާފަށް، ‏‏މޭނަސްއަށް އިންސާނުންގެ ވަރަށް ކުޑަ އިރުޝާދަކުން، އުނދަގޫ އަދި ގިނަ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ‏‏ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.‏

‏މޭނަސް އޭއައި އަކީ ހަމައެކަނި ކޯޑެއް ނޫނެވެ. މިއީ ތިބާގެ ޑިޖިޓަލް މަސައްކަތްތަކަށް އިންގިލާބީ ބަދަލެއް ‏‏ގެނެސްދޭނެ، ވިސްނުންތޫނު، އަދި އަބަދުވެސް ތަރައްގީވަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް އެޖެންޓެކެވެ. ‏‏މޭނަސް ޓީމުން އުފައްދާފައިވާ މި އާ ފަންނިއްޔާތަކީ، ތިބާގެ އާދައިގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލަށް، ކުރިން ‏‏ދުވަހަކުވެސް ނުފެންނަ ފަސޭހަތަކެއް ގެނެސްދިނުމަށް އުފަންވެފައިވާ އުންމީދެކެވެ‏‎.‎

‏މޭނަސް އަކީ މައުލޫމާތު އެއްކުރުމާއި، އެ މައުލޫމާތު ފުންކޮށް ދިރާސާކޮށް ‏‏ތަޙްލީލުކުރުމުގެ އާދަޔާ ހިލާފު ގާބިލުކަމެއް ލިބިފައިވާ އެޖެންޓެކެވެ. ތާރީހީ ހާދިސާތަކުން ފެށިގެން، ސައިންޓިފިކް ‏‏ރިސާޗްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް، ‏‏އެއްކޮށް، ތަރުތީބުކޮށް އަދި އެންމެ ފަސޭހައިން ވިސްނޭނެ ގޮތަށް ހުށަހެޅުމުގެ ގާބިލުކަން މޭނަސް އަށް ލިބިގެންވެއެވެ. ދިގު،‎ ‎‏ރިޕޯޓުތަކާއި، އެތައް ސަފްހާއެއްގެ ލިޔުންތައް އެކުލަވާލުމަކީ މޭނަސްއަށް ވަރަށް ފަސޭހަ ކަމެކެވެ. އެހެންކަމުން، ‏‏ދަރިވަރުންނަށާއި، ދިރާސާކުރާ ފަރާތްތަކަށާއި، އަދި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހަކަށްވެސް މަނަސް ‏‏ވެގެންދާނީ އަގުހުރި އެހީތެރިއަކަށެވެ‏‎.‎

‏ޓެކްނޮލޮޖީގެ އާ އުސްމިންތަކަށް ވާސިލުވަމުންދާއިރު، މޭނަސް އިން ތިބާގެ އުފެއްދުންތެރި ހިޔާލުތައް ހަގީގަތަކަށް ހަދައި، ތަންފީޒުކުރުމަށް އެހީތެރިވެދެއެވެ. ޒަމާނީ، ވެބްސައިޓްތައް ފަރުމާކުރުމާއި، ބޭނުންތެރި އެޕްލިކޭޝަންތައް ‏‏ތަރައްގީކުރުމުގެ ގާބިލުކަން މި އޭއައި އަށް ލިބިގެންވެއެވެ. ހަމައެކަނި ފަރުމާކުރުމެއް ނޫނެވެ. އެ ތަކެތި ދުނިޔޭގެ ‏‏ކޮންމެ ހިސާބަކުންވެސް ބޭނުންކުރެވޭނެ ފެންވަރަށް ގެނެސްދިނުމަކީވެސް މޭނަސްގެ ފަރިތަކަމުގެ ތެރޭގައި ހިމެނޭ ‏‏ކަމެކެވެ. މީގެ އިތުރުން، ޕްރޮގްރާމިންގގެ އެކި ބަސްތައް ބޭނުންކޮށްގެން، ތަފާތު ގިނަ މައްސަލަތަކަށް ހައްލު ‏‏ހޯދައިދިނުމުގައި މޭނަސްއަކީ ތިބާގެ އެންމެ ގާތް އެކުވެރިޔާއަށް ވާނެއެވެ. ކޯޑިންގއާ ބީރައްޓެހި މީހަކަށްވިޔަސް، ނުވަތަ ‏‏ތަޖުރިބާކާރު ޑިވެލޮޕަރަކަށްވިޔަސް، މޭނަސްގެ އެހީތެރިކަމާއެކު، ޓެކްނިކަލް ގޮންޖެހުންތަކުން އަރައިގަތުމަށް ‏‏މަގުފަހިވެގެންދާނެއެވެ‏‎.‎

‏ދުވަހެއް ދުވަހަކަށް އަވަސްވަމުން އަންނަ މި ޒަމާނުގައި، ވަގުތަކީ ރަނަށްވުރެ އަގުބޮޑު އެއްޗެކެވެ. މެނަސް އިން ‏‏ތިބާގެ އަގުހުރި ވަގުތު ސަލާމަތްކޮށްދީ، މަސައްކަތްތައް އޮޓޮމެޓިކުން ހަމަޖެއްސުމަށް އެހީތެރިވެދެއެވެ. މިސާލަކަށް، ‏‏ދަތުރެއްގެ ބުކިންގް ހެދުމާއި، އޮންލައިންކޮށް އެއްޗެތި ގަތުމާއި، މުހިންމު ބައްދަލުވުންތައް ތާވަލުކުރުން ފަދަ ‏‏ކަންކަމުގައި، މޭނަސްއަށް ތިބާގެ ފަރާތުން ޒިންމާ ނެގިދާނެއެވެ. މިއީ ހަމައެކަނި ފަސޭހައެއް ނޫނެވެ. މިއީ ތިބާގެ ‏‏އުފެއްދުންތެރިކަމާއި، މުހިންމު އެހެން ކަންކަމަށް ސަމާލުކަންދިނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ‏

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox