އީޔޫއިން މަސްކްގެ 'ގްރޮކް' އޭއައި ތަހުގީގު ކުރަން ފަށައިފި

Jan 27, 2026, 1:28 AM
އީޔޫއިން މަސްކްގެ 'ގްރޮކް' އޭއައި ތަހުގީގު ކުރަން ފަށައިފި

އީލޮން މަސްކްގެ 'އެކްސް' ގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް "ގްރޮކް" ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް އުފައްދާ މައްސަލަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަސްމީކޮށް ތަހުގީގު ކުރަން ފަށައިފި އެވެ.

ޔޫރަޕިއަން ކޮމިޝަނުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ އީޔޫގެ ޑިޖިޓަލް ސާވިސަސް އެކްޓްއާ އެކްސް އިން ހިލާފުވެފައިވޭތޯއެވެ. މި ގާނޫނަކީ ސޯޝަލް މީޑިއާ ކުންފުނިތަކުން އެ މީހުންގެ ޕްލެޓްފޯމްތަކުގައި ފެތުރޭ ގާނޫނާ ހިލާފު އަދި ނުރައްކާތެރި ކޮންޓެންޓްތައް ހުއްޓުވުމަށް މަޖުބޫރުކުރާ ގާނޫނެކެވެ.

ބްރަސަލްސްއިން ބުނާ ގޮތުގައި، ގްރޮކް މެދުވެރިކޮށް އުފައްދާ ބަރަހަނާ މަންޒަރުތަކަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ގޮތުގައި ބެލެވިދާނެ ފަދަ ނުރައްކާތެރި މަންޒަރުތަކެކެވެ.

މި މައްސަލައާ ގުޅިގެން އީޔޫ ކޮމިޝަންގެ ރައީސް އުރްސުލާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މިފަދަ "ނުކުރެވޭނެ ފަދަ އަމަލުތައް" ޔޫރަޕުން ބަލައިނުގަންނާނެ ކަމަށެވެ. އަދި އީޔޫގެ ޓެކް ކޮމިޝަނަރު ހެންނާ ވިރްކޫނަން ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަކީ ޓެކް ކުންފުނިތަކުގެ ވިޔަފާރީގެ ތެރޭގައި ގެއްލިގެންދާނެ "ކޮލެޓަރަލް ޑެމޭޖް" އަށް ވެގެން ނުވާނެ ކަމަށެވެ.

ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ 'ސެންޓަ ފޯ ކައުންޓަރިން ޑިޖިޓަލް ހޭޓް' އިން ބުނާ ގޮތުގައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ގްރޮކް ބޭނުންކޮށްގެން 3 މިލިއަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯ ވަނީ އުފައްދާފައެވެ. ގްރޮކްގެ މި ހިދުމަތާ މެދު އާންމުންގެ ފާޑުކިޔުން އަމާޒުވީ، ވަރަށް އާދައިގެ ކޮމާންޑްތައް ބޭނުންކޮށްގެން ފަސޭހައިން މިފަދަ ފޭކް މަންޒަރުތައް އުފެއްދޭތީއެވެ.

އީޔޫގެ އިތުރުން އިނގިރޭސިވިލާތުގެ މީޑިއާ ރެގިއުލޭޓަ، އޮފްކޮމް އިން ވެސް ދަނީ އެކްސް އިން އެ ގައުމުގެ އޮންލައިން ސޭފްޓީ އެކްޓާ ހިލާފުވެފައިވޭތޯ ބަލަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން އީޔޫ އިން ވަނީ އެކްސް 120 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox