‏މުސްތަގުބަލުގައި ރޮބޮޓުން، ރޮބޮޓުންނާ ހަނގުރާމަ ކުރާނެ

ހަނގުރާމައިގައި އޮޓޮނޮމަސް ސިސްޓަމްތައް ބޭނުން ކުރުމަކީ ނުރައްކާބޮޑު ކަމެއް --

ހަނގުރާމައިގައި އޮޓޮނޮމަސް ސިސްޓަމްތައް ބޭނުން ކުރުމަކީ ނުރައްކާބޮޑު ކަމެއް --

‏މިހާރު އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ އާ ޒަމާނެއްގެ ދޮރުމަތީގަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ‏‏ހަލުވި ކުރިއެރުމާއެކު، އިންސާނުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމިއްލައަށް ނިންމުންތައް ނިންމައި، އަމާޒުތައް ‏‏ފާހަގަކޮށް، ހަމަލާދޭން ކުޅަދާނަ ހަތިޔާރުތައް ތަރައްގީ ކުރަމުން އަންނަނީ ހައިރާންވާފަދަ ބާރުމިނެއްގަ އެވެ. މި ‏‏ހަތިޔާރުތަކަށް ކިޔަނީ "ލީތަލް އޮޓޮނޮމަސް ވެޕަންސް ސިސްޓަމްސް" (އެލްއޭޑަބްލިއުއެސް) ނުވަތަ "ކިލާ ‏‏ރޮބޮޓްސް" އެވެ.

އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިންޑިއާ، އިރާން، އިޒްރޭލް، ދެކުނު ކޮރެއާ އަދި ‏‏ތުރުކީ ފަދަ ގައުމުތަކުން މިފަދަ ހަތިޔާރުތައް ތަރައްގީ ކުރުމަށް ދަނީ އިންވެސްޓުކުރަމުންނެވެ.

‏މިފަދަ ހަތިޔާރުތަކުން ސިފައިންނަށް ލިބޭ ފައިދާތައް ގިނަ އެވެ. އޮޓޮނޮމަސް ހަތިޔާރުތަކަށް އިންސާނުންނަށްވުރެ ‏‏އަވަހަށް ޑޭޓާ ޕްރޮސެސްކޮށް، ނުރައްކާތަކަށް ވަގުތުން ވަގުތަސް ރައްދު ދެއެވެ. ނުރައްކާތެރި ސަރަހައްދުތަކުގައި ‏‏ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރުމުން ސިފައިންގެ ފުރާނައަށް ކުރިމަތިވާ ނުރައްކާ ކުޑަވެ އެވެ. އަދި މަދު ‏‏ސިފައިންނަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކޮންމެ ހަނގުރާމަވެރިއެއްގެ ހަރަކާތްތެރިކަން އިތުރުވެ އެވެ‏‎.‎

‏މިފަދަ ހަތިޔާރުތަކާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އޮޓޮނޮމަސް ހަތިޔާރަކުން ގޯސްކޮށް ‏‏ނިންމުމެއް ނިންމައިފިނަމަ، ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފެދެއެވެ. އަދި މިފަދަ ހަތިޔާރުތައް ބައިނަލްއަގުވާމީ ‏‏އިންސާނިއްޔަތާބެހޭ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާނެކަން ކަށަވަރުކުރުމަކީ ގޮންޖެހުމެކެވެ‏‎.‎

‏ޗައިނާއިން އޭއައި ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ އިސް ގައުމަކަށްވުމަށް 150 ބިލިއަން ޑޮލަރު ހޭދަކުރަން ‏‏ނިންމާފައިވާއިރު، އެމެރިކާއިން 4.6 ބިލިއަން ޑޮލަރު އަދި ރަޝިއާއިން 181 މިލިއަން ޑޮލަރު ހޭދަކުރަމުންދެ އެވެ. ‏‏ސައުދީ އަރަބިއްޔާއިން 2023 ވަނަ އަހަރު ދިފާއީ ކަންކަމަށް 69 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ޔޫކްރެއިން ‏‏ހަނގުރާމައިގައި ދެ ފަރާތުންވެސް އޮޓޮނޮމަސް ޑްރޯންތައް ބޭނުންކުރަމުން ދާއިރު، އިޒްރޭލް ވެސް ގައްޒާގައި ‏‏"ލެވެންޑަ" އޭއައި ސިސްޓަމް ބޭނުންކޮށްގެން 37,000 އަމާޒު ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ‏‎.‎

‏މުސްތަގުބަލުގެ ހަނގުރާމައިގައި އިންސާނުންގެ ދައުރު ކުޑަވެ، ރޮބޮޓުން، ރޮބޮޓުންނާ ދެކޮޅަށް ހަނގުރާމަކުރާ ‏‏މަންޒަރު ފެންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. މިކަމުގެ ސަބަބުން ހަނގުރާމައިގެ ބާވަތާއި ސިފަ ބަދަލުވެ، ‏‏އައު ސަލާމަތީ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ ހަތިޔާރުތައް ޒިންމާދާރުކަމާއެކު ‏‏ބޭނުންކުރުމަށް ގަވާއިދުތަކެއް އެކުލަވާލުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ‏‎.‎

‏އޮޓޮނޮމަސް ހަތިޔާރު ސިސްޓަމްތަކުގެ ތާރީހު ފެށިގެން އަންނަނީ 20 ވަނަ ގަރުނުގެ މެދުތެރެއިންނެވެ. ދެ ވަނަ ‏‏ބޮޑު ހަނގުރާމައިގައި ޖަރުމަނުވިލާތުން "ވީ-1" ގައިޑެޑް މިސައިލް ތައާރަފުކުރުމާއެކު، އަމިއްލައަށް އަމާޒު ހިފޭ ‏‏ހަތިޔާރުތަކުގެ ޒަމާން ފެށުނެވެ. ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، 1970 އަދި 1980 ގެ އަހަރުތަކުގައި ‏‏އެމެރިކާއިން "ޕެޓްރިއޮޓް" މިސައިލް ޑިފެންސް ސިސްޓަމް ފަދަ ސެމީ-އޮޓޮނޮމަސް ހަތިޔާރުތައް ތަރައްގީކުރަން ‏‏ފެށި އެވެ. ‏

‏މީގެއިތުރުން 21 ވަނަ ގަރުނުގައި، ޑްރޯން ޓެކްނޮލޮޖީގެ ކުރިއެރުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ތަރައްގީއާއެކު، ‏‏އޮޓޮނޮމަސް ހަތިޔާރުތައް އިންސާނުންގެ ބައިވެރިވުން ވަރަށް ކުޑަކޮށް ނުވަތަ އެއްވެސް ބައިވެރިވުމެއް ނެތި ‏‏ބޭނުންކުރެވޭ ހިސާބަށް ވަނީ ތަރައްގީވެފަ އެވެ. 2020 ގައި ލީބިއާގެ ހަނގުރާމައިގައި ޓާކިޝް ކަރުގު-2 ‏‏ޑްރޯންތައް ފުލީ-އޮޓޮނޮމަސް މޯޑްގައި ބޭނުންކުރެވުނު ކަމަށް އދ. ގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ. ‏

‏މިއީ އޮޓޮނޮމަސް ހަތިޔާރުތަކުގެ ޒަމާނުގެ ފެށުން ކަމުގައި ބެލެވެއެވެ. މިއަދު، ދުނިޔޭގެ ގިނަ ސަރަޙައްދުތަކުގައި ‏‏ހިނގަމުންދާ ހަނގުރާމަތަކުގައި އޮޓޮނޮމަސް ހަތިޔާރުތައް ބޭނުންކުރެވެމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ‏‏މިފަދަ ހަތިޔާރުތައް ބޭނުން ކުރުމާ ގުޅޭގޮތުން ގަވާއިދުތަކެއް އެކުލަވާލުމަށް މަސައްކަތްކުރަމުން ގެންދެ އެވެ‏‎.‎

ކޮމެންޓް

ފަހުގެ ޚަބަރު

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ދޫންޏެއްގެ އަޑާއި މުއާސަލާތު ކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް

ހިމާލަޔާ ސަރަހައްދުގައި އިންސާނީ ހަރަކާތްތަކާއި އުމްރާނީ ތަރައްގީ އިތުރުވުމުގެ ސަބަބުން، "މޮނާލް" ދޫނީގެ ގުދުރަތީ މާހައުލު ގެއްލި އެ ސަރަހައްދުގެ މަތީ ހިސާބުތަކަށް ހިޖުރަކުރަން ވަނީ މަޖުބޫރުވެފައެވެ. މީގެ އިތުރުން، އިންސާނީ އަޑުގަދަވުމުގެ ސަބަބުން އެކަތި އަނެކައްޗާ މުއާމަލާތްކުރުމަށްޓަކައި އެ ދޫނިތަކުގެ އަޑުގެ ރާގަށް ބަދަލުތަކެއް އަންނަމުންދާކަން ދިރާސާތަކުން ދައްކައެވެ.

ޔޫކޭ ކަނޑުތަކުން އަލުން ނޫއުރަހަ ކަންނެލި ފެންނަން ފަށައިފި

ޔޫކޭގެ ކަނޑުތަކުން ހުސްވެފައިވާ ނޫއުރަހަ ކަންނެލި އަލުން ފެންނަން ފެށުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަމުގެ އުންމީދީ ހެއްކެއް ކަމަށް ޑަބްލިއުޑަބްލިއުއެފްގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ. މި ކުރިއެރުން ލިބިފައިވަނީ މަސް ބޭނޭ މިންވަރު ކަނޑައެޅުމާއި މަސް އަލާވާ ސަރަހައްދުތައް ހިމާޔަތްކުރުން ފަދަ ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުންނެވެ.

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޓީ-ރެކްސްގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންނާ އެއްވަރު

ފޮސިލައިޒްޑް ދަތްތަކެއް ބޭނުންކޮށްގެން ކުރި އައު ދިރާސާއަކުން، ޓީ-ރެކްސްގެ ހަށިގަނޑުގެ އެވްރެޖް ހޫނުމިނަކީ 36 ޑިގްރީ ސެލްސިއަސްކަން ވަނީ ދެނެގަނެވިފައެވެ. މިއީ އިންސާނުންގެ ހަށިގަނޑުގެ ހޫނުމިނާ ދާދި އެއްވަރުގެ މިންވަރެއް ކަމަށްވާއިރު، މީގެ ކުރިން ޑައިނަސޯތަކަކީ ފިނި ލޭ ހުންނަ އެއްޗެއްގެ ގޮތުގައި އޮތް ގަބޫލުކުރުން މި ހޯދުމާއެކު ވަނީ ބަދަލުވެފައެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ފެނިއްޖެ

ކެލިފޯނިއާގެ އައްސޭރިފަށުގައިވާ ކަނޑުއަޑީގެ އަލިފާން ފަރުބަދައެއް ދިރާސާކުރަމުންދިޔަ ސައިންސްވެރިންނަށް، ވަރަށް މަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ކަނޑުގެ 10،000 ފޫޓަށްވުރެ ފުން ސަރަހައްދަކުން ފެނިއްޖެއެވެ. ދުރުން ކޮންޓްރޯލްކުރާ އުޅަނދެއްގެ ކެމެރާއަށް އަރާފައިވާ މި ބޯވަދިލަމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 4.1 ފޫޓު ހުރިކަމަށް ސައިންސްވެރިން އަންދާޒާކުރެއެވެ.

Newsletter

Get the latest news delivered straight to your inbox