ދުނިޔޭގަ ބާއްވާ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަންގައި ރާއްޖެ ބައިވެރިވަނީ!

Oct 3, 2026, 8:11 PM
ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

ރިޕަބްލިކް އޮފް ކޮރެޔާގެ އިންޗިއޮންގައި 2026 އޮކްޓޫބަރު 7 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްޓް ގްލޯބަލް ޗެލެންޖް 2026" ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ޓީމް މޯލްޑިވްސް ދަނީ ތައްޔާރުވަމުންނެވެ.

މި ބައިނަލްއަގުވާމީ ރޮބޯޓިކްސް މުބާރާތުގައި 2023 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ތަމްސީލުކުރަމުންދަނީ، ފަރސްޓް ގްލޯބަލްގެ ރާއްޖޭގެ އޮފިޝަލް ޕާޓްނަރު، ވުމަން އިން ޓެކް މޯލްޑިވްސް ގެ އިސްނެގުމުގެ ދަށުންނެވެ. އެ ޖަމްއިއްޔާގެ އިސްނެގުމާއި މަސައްކަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ގައުމުތަކާއެކު ދިވެހިރާއްޖޭގެއިންވެސް ދަނީ ބައިވެރިވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

މިއަހަރުގެ ގައުމީ ޓީމަށް ތަމްރީނު ފޯރުކޮށްދެނީ ރޮބޯޓިކްސް އާއި ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ސްޓެމް ސަރޓިފައިޑް އިންސްޓިޓިއުޓެއް ކަމަށްވާ ފޯރލޫޕް ކޯޑިންގ އެކަޑަމީ (ForLoop Coding Academy) އިންނެވެ.

Advertisement

މި ޓީމުގައި ބައިވެރިވާ 10 ދަރިވަރުންނަކީ ރާއްޖޭގެ އެކި ސަރުކާރު އަދި އަމިއްލަ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނެވެ. މި ދަރިވަރުންނަށް ހާއްސަ ފަންނީ ތަމްރީނުތައް ފޯރުކޮށްދެނީ ފޯރލޫޕް ކޯޑިން އެކަޑަމީއިންނެވެ. މިއީ ވޭތުވެދިޔަ އަހަރު ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށް ކުރެވޭ މަސައްކަތެކެވެ. އެގޮތުން، ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައި 190 އަށްވުރެ ގިނަ ގައުމުތަކުގެ ތެރެއިން ދުނިޔޭގެ ގަދަ 55 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފަ އެވެ.

ބައިނަލްއަގުވާމީ އެހީތެރިކަމުގެ އިތުރުން، ދިވެހިރާއްޖޭގެ އެކި ކުންފުނިތަކާއި ޖަމްއިއްޔާތަކުންވެސް އަންނަނީ މި ދަތުރުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ މުބާރާތުގައި ޓީމް މޯލްޑިވްސްގެ މެއިން ސްޕޮންސަރަކީ އެމް.ޑަބްލިއު.އެސް.ސީ (MWSC) އެވެ. އަދި ވިޒިޓް މޯލްޑިވްސް، އައިލެންޑް އާޓް އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން އެހީތެރިކަން ވަނީލިބިފަ އެވެ.

2026 ވަނަ އަހަރުގެ ޓީމު މެންބަރުން:

ކޮރެއާއަށް ދަތުރުކޮށް މުބާރާތުގައި ވާދަކުރާޓީމް

  • ޔޫނުސް މުޙައްމަދު އަޙްމަދު
  • އާއިޝަތު އީޝަލް އިސްމާޢީލް
  • ޒައިދާން މުހައްމަދު ޒަމީރު
  • އާއިޝަތު ބިންތި ތަލްހަތު އަހުމަދު
  • މާހިލް މުހައްމަދު ސިނާން އަލީ

ހޯމް ޓީމް:

  • ނޫރީން އަޝާ މުހައްމަދު
  • އާމިނަތު ޝާޔާން ސާލިހު
  • ހައްވާ ޔުޒުކާ ޔޫސުފު
  • އައްމާރު ބިން ޒުބައިރު
  • ޔޫސުފް ޔުއާން އަހުމަދު

އިންޗިއޮންގައި ބާއްވާ މި މުބާރާތުގައި ޓީމުން ވާދަކުރާނީ "Igniting Innovation"  މައުޟޫޢުގެ ދަށުންނެވެ. މި މައުލޫގެ ދަށުން ދަރިވަރުން ރޮބޯޓިކްސް، އީޖާދީ ވިސްނުން އަދި އިންޖީނިއަރިންގ ބޭނުންކޮށްގެން، ވާދަކުރާނީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި، އެފަދަ ހާދިސާތަކުން އަރައިގަތުމަށް ބޭނުންވާ ހައްލުތައް ހޯދުމުގެ ދާއިރާއިންނެވެ.

މި މުބާރާތުގެ މުހިންމުކަމާ ގުޅޭގޮތުން ފޯރލޫޕް ކޯޑިންގ އެކަޑަމީގެ ސީއީއޯ ރިޔާޟް ބުނެފައިވަނީ

"ފަރސްޓް ގްލޯބަލް ޗެލެންޖުގައި ބައިވެރިވުމަކީ ދިވެހިރާއްޖެއަށްލިބޭ ވަރަށް ޚާއްޞަ އަދި މުހިންމު ފުރުސަތެކެވެ. ޒުވާނުންނަށް މިފަދަމުހިންމު ފުރުސަތެއް ހޯދައިދިނުމުގައި ވުމަން އިން ޓެކް މޯލްޑިވްސްއިން ކުރައްވާ މަސައްކަތަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މި ހަރަކާތުގެ ސަބަބުން STEM ތައުލީމުގެ ފުރުސަތުތައް ފުޅާވެ ގުޅިގެން މަސައްކަތްކުރުން އަދި މައްސަލަތައް ހައްލުކުރުމުގެ އަމަލީ ހުނަރުތައް ދަރިވަރުންނަށް ދަސްވެގެންދެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އެއްފަދައިން ކުދި ޖަޒީރާ ގައުމުތަކުގެ ޒުވާނުންނަށްވެސް ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީފަދަ ދުނިޔޭގެ ބޮޑެތި ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހުށަހެޅިދާނެކަން ސާބިތުކޮށްދޭ ކަމެކެވެ."

ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 4 ވަނަދުވަހުއެވެ. ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ޓީމް މޯލްޑިވްސް އޮތީ އިންޗިއޮންގައި ދިވެހިރާއްޖޭގެ ފަހުރުވެރި ދިދަ އުފުލާލައި، ރޮބޯޓިކްސް އަދި އީޖާދީ ދާއިރާތަކުން ކުރިއަށްދިއުމަށް އިތުރު ދިވެހި ޒުވާނުންނަށް ހިތްވަރު ދިނުމަށް މިޓީމުއޮތީ ތައްޔާރަށެވެ.

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox