ފެނަކައިން އިން-ހައުސްކޮށް އައްޑޫގައި ހިންގި ޕްރޮޖެކްޓުތަކުން 79 މިލިއަން ރުފިޔާގެ ގެއްލުން: އޮޑިޓު

އައްޑޫ ސިޓީގައި އިމާރާތްކުރަމުން އަންނަ ސެންޓްރަލް ޕަވާ ހައުސް އިމާރާތް: މިދިޔަ އަހަރުގެ ނިޔަލަަށް ވެސް މިއިން އެއްވެސް މަޝްރޫއުގެ މަސައްކަތް ނުނިމޭ -- ފޮޓޯ: އޮޑިޓު އޮފީސް

އައްޑޫ ސިޓީގައި އިމާރާތްކުރަމުން އަންނަ ސެންޓްރަލް ޕަވާ ހައުސް އިމާރާތް: މިދިޔަ އަހަރުގެ ނިޔަލަަށް ވެސް މިއިން އެއްވެސް މަޝްރޫއުގެ މަސައްކަތް ނުނިމޭ -- ފޮޓޯ: އޮޑިޓު އޮފީސް

ދައުލަތުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން އައްޑޫ ސިޓީގައި ހިންގި ހަތަރު ޕްރޮޖެކްޓެއް އެ ކުންފުނިން މަސައްކަތް ކުރާ ގޮތަށް "އިން-ހައުސްކޮށް" ގެންދިޔުމާ ގުޅިގެން އެ ކުންފުންޏަށް 76 މިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ފެނަކައިން އައްޑޫގައި ހިންގި ހަތަރު ޕްރޮޖެކްޓުގެ ހާއްސަ އޮޑިޓުގައި، އޮޑިޓު އޮފީހުން ބަލާފައި ވަނީ ހިތަދޫގައި އިމާރާތްކުރަމުން އަންނަ ސެންޓްރަލް ޕަވާ ހައުސް އިމާރާތައި ހިތަދޫ އޮފީހުގެ އާ އިމާރާތާއި މަރަދޫފޭދޫ އޮފީހުގެ އާ އިމާރާތުގެ އިތުރުން ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި އާ ޕަވާ ހައުސް އިމާރާތް ކުރުމަށް ޕްރޮޖެކްޓަށް ކުރި ހަރަދުތަކަށެވެ.

އޮޑިޓު އޮފީހުން ބުނި ގޮތުގައި މިއިން އެއްވެސް ޕްރޮޖެކްޓެއް މިހާތަނަށް ނިމިފައި ނުވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މި ޕްރޮޖެކްޓުތައް ނިންމަން 68 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ.

މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށް އައުޓްސޯސްކޮށްގެން ކުރިއަށް ގެންދާ ނަމަ، އޮޑިޓު އޮފީހުން ބުނީ، މި ހަތަރު އިމާރާތް ނިންމުމަށް ހަރަދު ވާނީ 109 މިލިއަން ރުފިޔާ ކަމަށެވެ. އެއީ މިފަދަ ޕްރޮޖެކްޓުތަކަށް އަކަފޫޓަކުން ޖެހޭ އަދަދުން ހިސާބުކުރާއިރު ޖެހޭ އަދަދެވެ.

މި ޕްރޮޖެކްޓުތަކުގެ ތެރެއިން ނިންމަން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އަންޒާދާކުރެވެނީ ސެންޓްރަލް ޕަވާ ހައުސްގެ އިމާރާތަށެވެ. އެ ޕްރޮޖެކްޓަށް އެކަނި މިހާތަނަށް 60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ބަޔަކާ ހަވާލުކޮށްގެން ކުރި ނަމަ މަސައްކަތް އެއްކޮށް ނިންމާލެވޭނެހާ ފައިސާ ކަަމަށް އޮޑިޓު އޮފީހުން ބުންޏެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން 35 މިލިއަން ރުފިޔާ ބޭނުންވެ އެވެ.

ދެން ހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން:

  • ހިތަދޫ އޮފީހުގެ އާ އިމާރާތައް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބަޔަކާ ހަވާލުކުރި ނަމަ އެ މަސައްކަތަށް ހަރަދު ވާނީ 18 މިލިއަން ރުފިޔާ، މި އިމާރާތް ނިންމަން 10 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭ
  • މަރަދޫފޭދޫ އޮފީހުގެ އާ އިމާރާތަށް 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބަޔަކާ ހަވާލުކުރި ނަމަ މި މަސައްކަތަށް ހަރަދު ވާނީ 9 މިލިއަން ރުފިޔާ، މި އިމާރާތް ނިންމަން ފަސް މިލިއަން ރުފިޔާ އިތުރަށް ބޭނުންވޭ
  • ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި ޕަވާ ހައުސް ނިންމަން މިހާތަނަށް 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބަޔަކާ ހަވާލު ކުރި ނަމަ މި މަސައްކަތަށް ހަރަދު ވާނީ 20 މިލިއަން ރުފިޔާ، މި އިމާރާތް ނިންމަން 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވޭ

މި ހަތަރު ޕްރޮޖެކްޓު ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި އަގު ބޮޑުކޮށް މުދާ ގަތުމުގެ ކަންކަން ވެސް ހިންގާފައިވެ އެވެ. އަދި ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން މި ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާއިރު، މިކަން ކުރީ ޕްރޮޖެކްޓުތަކަށް ބޭނުންވާނެ އިންސާނީ ވަސީލަތްތަކުގެ މިންވަރު ބެލުމެއް ނެތި، ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް ކަމަށް ވެސް އޮޑިޓަރުން ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓުތައް ފެއްޓިއިރު ނަގާފައި ވަނީ 85 މުވައްޒަފުންނެވެ. ނަމަވެސް މި މަސައްކަތުގައި 273 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް އޮޑިޓުން ދައްކަ އެވެ. އަދި މިހެން އިތުރަށް ނެގި މުވައްޒަފުންނަކީ ހުސްވާ މަގާމުތަކަށް ނޫން ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox