ވަކި ކޮޅަކަށް ޖެހިގެން ޕީއެސްއެމްއިން ހަބަރު ފަތުރާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މައި އިމާރާތް -- ފޮޓޯ: އަދަދު

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މައި އިމާރާތް -- ފޮޓޯ: އަދަދު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާއިން ވަކި ކޮޅަކަށް ޖެހިގެން ހަބަރުތައް ގެނެސްދޭ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.

އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ބަލައިގަންނަން 12 މެންބަރުން ވޯޓުދެއްވި އެވެ. އޭގެތެރޭގައި ޕީއެންސީގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޕީއެސްއެމްއާ ދެކޮޅަށް އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) އެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ޕީއެސްއެމް ހިންގަމުންދަނީ ގައުމީ މީޑިއާއެއްގެ ބަދަލުގައި ވަކި ކޮޅަކަށް ޖެހިގެން ހުރެ ކަމަށެވެ.

Advertisement

އެޑިޓޯރިއަލް މިނިވަންކަން ހިފަހައްޓަން ޕީއެސްއެމްގެ ގާނޫނުން އެ ކުންފުންނަށް ލާޒިމު ކުރާ ނަމަވެސް ތަން ހިންގަނީ އެ މިންގަނޑާ ހިލާފަށް ކަމަށް ކުޑޫގެ ގަރާރުގައި ބުނެފައިވެ އެވެ.

"[ޕީއެސްއެމް އިން] ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތާއި ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިނުދީ، ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމުނުކޮށް، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައިފި،" އެ ގަރާރުގައި ބުނެފައިވެ އެވެ.

ޕީއެސްއެމް އިން ތަކުރާރުކޮށް ކޮންމެ ދުވަހަކު ވެސް ގާނޫނާ ހިލާފުވަމުންދާތީ ކުޑޫގެ ގަރާރުގައި އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ބަހުސް ކުރުމަށެވެ.

"ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާ މައްސަލަ އަކީ، ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށްވީ ހިނދު، އަދި މި ކަމަކީ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމަކަށްވީ ހިނދު، މި ކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ހ. ގެ ދަށުން މި މައްސަލަ ހުށަހަޅަން،" އެ ގަރާރުގައި ބުނެފައިވެ އެވެ.

ޕީއެސްއެމްއަކީ ރައްޔިތުންގެ ފައިސާއިން ހިންގާ، އެތަން ހިންގުމަށް ވަކި ގާނޫނެއް ހަދާފައި އޮތް ކުންފުންޏެއް ނަމަވެސް، ޕީއެސްއެމް ހިންގަމުން ދަނީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ކުންފުންޏެއްގެ ގޮތުގަ އެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޖަމިއްޔާއަކުން ސަރުކާރަށް ފާޑުކިޔުމުން އެ ޕްރޮގްރާމް ވަގުތުން ހުއްޓާލާފައި ވެސް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox