ޔުނައިޓެޑުން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ސޭލް އަޅުވަނީ: ރިޕޯޓް

May 6, 2025, 7:32 AM
ޔުނައިޓެޑުން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ސޭލް އަޅުވަނީ: ރިޕޯޓް

މެންޗެސްޓާ (މެއި 6) - މެންޗެސްޓާ ޔުނައިޓެޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން ފަސް ކުޅުންތެރިން ފިޔަވައި މި ވަގުތު ސްކޮޑުގައި ތިބި ބާކީ ހުރިހާ ކުޅުންތެރިންނަކީ ވެސް ވިއްކާ ކުޅުންތެރިންގެ ގޮތުގައި ޔުނައިޓެޑުގެ މެނޭޖްމަންޓުން ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ އިނިއޯސް ކުުންފުނިން، މެންޗެސްޓާ ޔުނައިޓެޑްގެ ޓީމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، ވިއްކާނުލާނެ ކުޅުންތެރިންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ބްރޫނޯ ފެނާންޑޭސް، އަމަދު ޑިއާލޯ، ހެރީ މެގުއާ، ނުޒައިރު މަސްރައޮއީ އަދި ޕެޓްރިކް ޑޯގޫ އެވެ.

މީގެ ތެރެއިން، ޑޯގޫ އަކީ، ޔުނައިޓެޑްގެ ކޯޗުކަމާ ރުބެން އަމޮރިމް ހަވާލުވި ފަހުން، 35 މިލިއަން ޑޮލަރު ޖުމްލަ އެކު ދައްކާ ގޮތަށް ޖެނުއަރީ މަހުގެ ޓްރާންސްފާގައި ލެއްޗޭ އިން ގަތް ކުޅުންތެރިއެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ޔުނައިޓެޑަށް ގިނަ ބަދަލުތަކެއް އަންނާނެ އެވެ. އެ ގޮތުން، އެ ޓީމުގައި ބޮޑު މުސާރަ ލިބޭ ގޮތަށް ޓީމަށް ބޭނުންނުހިފޭ، މުސްތަގުބަލެއް ނެތް ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ވަނީ މެެނޭޖްމަންޓުގެ އިއްތިފާގުން ނިންމައިފަ އެެވެ. އެ ގޮތުން، އެ ކުޅުންތެރިން ގަތް އަގު އަނބުރާ ނުލިބުނު ކަމުގައި ވިޔަސް ބައެއް ކުޅުންތެރިން ދޫކޮށްލުމަކީ ޔުނައިޓެޑްގެ ވިސްނުމެވެ.

އޭގެ ތެރޭގައި، ގޯލްކީޕަރު އަންދްރޭ އޮނާނާ، މިޑްފީލްޑަރުން ކަމަށްވާ، ކަސެމީރޯ، މެނުއަލް އުގާޓޭ، ކްރިސްޓިއަން އެރިކްސަން ފަދަ ކުޅުންތެރިން ހިމެނެ އެވެ. ޔުނައިޓެޑްގެ އުންމީދީ ކުޅުންތެރިޔާ، ކޯބީ މައިނޫ ވެސް ބޮޑު މުސާރަ އަށް ޑިމާންޑް ކުރާތީ، މެނޭޖްމަންޓުގެ ވިސްނުމަކީ، އޭނާ އަށް ކްލަބުން ދޭ ކޮންޓްރެކްޓަށް ނުރުހޭނަމަ ވިއްކާލުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން، ޔުނައިޓެޑްގެ އާޖެންޓީނާ ފޯވާޑް، އަލެހަންދްރޯ ގާނާޗޯ ހޯދަން 65 މިލިއަން ޑޮލަރަށް ވުރެ ބޮޑު ބިޑެއް ލިބިއްޖެނަމަ، އޭނާ ވެސް ދޫކޮށްލަން ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.

ޕްރިމިއާ ލީގުގެ 15 ވަނައިގައި މި ވަގުތު އޮތް ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ވެސް އަންނަނީ ވާދަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox